Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ކޮންގްރެސް

އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް އެދިއްޖެ

18 އޯގަސްޓު 2022 | ބުރާސްފަތި 11:14

އެ މަންދޫބުން ބައިވެރިވެއްޖެނަމަ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އޯގަސްޓު 2022 | ބުރާސްފަތި 11:14
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން | އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީގައި އާޒިމް ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށާއި، ކޮންގްރެސްގެ ކޮމްޕޮސިޝަން އެކުލަވާލެވިފައިވާގޮތަށް ރިޔާއަތްކުރާއިރު ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ވޯޓިންގ ޑެލިގޭޓުންގެގޮތުގައި ތަމްސީލުކުރުމުގެ ފުރުސަތު ދެވިފައިވާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބަޔާންކުރެވުނު ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހޭނީ ގޮފި ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިޚާބެއް ބޭއްވުމަށްފަހު ކަމަށާއި، ކޮންގްރެސްގައި ގޮފި ތަމްސީލުކުރާ ގޮފީގެ ރައީސް ނުވަތަ ނައިބު ރައީސް ވާންޖެހޭނީ ބަޔާންކުރިގޮތަށް އިންތިޚާބުވެފައިވާ ފަރާތަކަށްކަން ސާފުކޮށް އެނގޭކަމަށްވެސް ސިޓީގައިވެއެވެ.

ކަން އެހެން އޮތްއިރު ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ގޮފިތަކުގެ ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއްގޮތަށް އިންތިޚާބުވެފައިވާ ފަރާތްތައް ނޫންކަމަށާއި، އަދި ގޮފިތަކުގެ ކޮންގްރެސްގައި ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު މިވަގުތާއި ހަމައަށްވެސް ހިއްސާކޮށްފައިނުވާތީ، އެ ފަރާތްތައް ކުރިއަތް އޮތް ކޮންގްރެސްގައި ބައިވެރިވެއްޖެނަމަ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ހުކުރު ދުވަހު ބާއްވާ ކޮންގްރެސްއަށް ނޮމިނޭޓްކޮށްފައިވާ ގޮފިތައް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާމެދު، ޕާޓީއަށް ނިސްބަތްވާ ގިނަ މެމްބަރުގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްފަހުގައި ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިޔުމަށް ވަނީ އެދިފައެވެ.

ކޮންގްރެސްއަށް ގޮފިތަކުން ހުށައެޅިފައިވާ މަންދޫބުން އިންތިޚާބުކުރިގޮތާއި އެ މަންދޫބުންގެ ތަފްސީލު ހިމެނޭ ލިސްޓެއްވެސް ހިއްސާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

އެމް.ޑީ.ޕީ ކޮންގްރެސް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

އެމްޑީޕީ ކޮންގްރެސް: މިހާރު ވެސް 986 ކޮންގްރެސްމަނުން އެބަތިބިކަމަށް ޝިފާޒް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2026
އެމްޑީޕީ ކޮންގްރެސް: މިހާރު ވެސް 986 ކޮންގްރެސްމަނުން އެބަތިބިކަމަށް ޝިފާޒް ވިދާޅުވެއްޖެ
22 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ މާލެ ސިޓީ ހޯލުގައި ޓެންޓު ޖަހައިގެން، ސަރުކާރުން ހުރަސް އެޅިޔަސް ކޮންގްރެސް ކުރިއަށްދާނެ

22 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ މާލެ ސިޓީ ހޯލުގައި ޓެންޓު ޖަހައިގެން، ސަރުކާރުން ހުރަސް އެޅިޔަސް ކޮންގްރެސް ކުރިއަށްދާނެ
10 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކޮންގްރެސް އޮކްޓޯބަރު 1 އިން 3 އަށް ބާއްވަން ނިންމައިފި

10 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކޮންގްރެސް އޮކްޓޯބަރު 1 އިން 3 އަށް ބާއްވަން ނިންމައިފި
02 އޯގަސްޓު 2026

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި

02 އޯގަސްޓު 2026
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި
20 އޯގަސްޓު 2022

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

20 އޯގަސްޓު 2022
މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ
19 އޯގަސްޓު 2022

ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

19 އޯގަސްޓު 2022
ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު
19 އޯގަސްޓު 2022

އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022
އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް
19 އޯގަސްޓު 2022

އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު

19 އޯގަސްޓު 2022
އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު
19 އޯގަސްޓު 2022

ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022
ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް
19 އޯގަސްޓު 2022

އެމްޑީޕީއަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތް – ރައީސް ޞާލިޙް

19 އޯގަސްޓު 2022
އެމްޑީޕީއަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތް – ރައީސް ޞާލިޙް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް