Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރަށް އިދިކޮޅުގެ ފާޑުކިޔުން

މި ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ، ރައީސް ނަޝީދު ޖަލަށްލާފާނެ: އާދަމް ޝަރީފް

ސަރުކާރުގެ ނުފޫޒު ގަދަ، އަސާސްތައް ޕެރަލައިޒްކޮށްފާނެ: އާދަމް ޝަރީފް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 އޯގަސްޓު 2022 | ބުރާސްފަތި 05:24
އާދަމް ޝަރީފް

އާދަމް ޝަރީފް

މި ސަރުކާރަށް ދެވަނަ ދައުރެއް ދީފި ނަމަ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާފާނެ ކަމަށް ބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުން އެމްޑީޕީގެ ތެރެއިން ކުރީގެ ރައީސް ނަޝީދު ބާކީވަމުންދާކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ. އަދި ނުފޫޒު އޮތުމުގެ ސަބަބުން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒުފޯރުވަފާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ކަންކަން ރަނގަޅުކުރަން ވާހަކަދައްކާ މީހުން ހައްޔަރުކޮށް ކަސްތޮޅު އެޅުވޭނެ ގޮތެއް ހޯދަން ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ސަރުކާރުގެ ނުފޫޒު ގަދަ ކަަމަށާއި އެކަމުގެ ސަބަބުން މަޖިލީހުން ސަރުކާރު ޖަވާބުދާރީވުމަށް ނުކުޅެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވަނީ މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް އޮތުމަކީ މިނިވަން މުއައްސަސާތައް ސަރުކާރުގެ މުށުތެރެއަށް ލުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ވިދާޅުވެފައެވެ. އެހެންކަމުން އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވެސް ކުރާނެ ކަމަަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާނެ މާހައުލެއް ރާއްޖޭގައި ނެތް ކަމަށާއި އިދިކޮޅު ހަރަކާތްތަކަށް ފުރުސަތު ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ.

އާދަމް ޝަރީފު އުމަރުރައީސް ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

05 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް

ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް

07 އޯގަސްޓު 2025
އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ

އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ

12 ޖުލައި 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު