Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ މަނަވަރު ލަންކާއަށް ދިއުން

އިންޑިއާގެ ކަންބޮޑުވުންތަކާއެކު ވެސް ޗައިނާގެ މަނަވަރު ލަންކާއަށް ގޮސްފި

17 އޯގަސްޓު 2022 | ބުދަ 04:55

ޗައިނާގެ ޔުއާން ވޭންގް 5 ހަމްބަންޓޯޓާގައި ބަނދަރުކުރުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ އޮގަސްޓް 11ން 16ށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 އޯގަސްޓު 2022 | ބުދަ 04:55
ޗައިނާގެ ދިރާސާ ކުރުމަށް ހާއްސަ މަނަވަރު ޔުއާންގް ވާންގް 5

ޗައިނާގެ ދިރާސާ ކުރުމަށް ހާއްސަ މަނަވަރު ޔުއާންގް ވާންގް 5

އިންޑިއާގެ ކަންބޮޑުވުންތަކާއެކުވެސް ޗައިނާގެ ރީސަރޗް މަނަވަރު 'ޔުއާން ވޭންގް 5' ލަންކާގައި ބަނދަރުކޮށްފިއެވެ.

ޔުއާން ވޭންގް 5 ލަންކާގެ ހަމްބަންޓޯޓާގެ ބަނދަރަށް ކައިރިކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނުކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޗައިނާގެ މަނަވަރު ލަންކާގައި ބަނދަރުކުރުމަށް އެގައުމުން ހުއްދަ ދީފައި ވަނީ ހޮނިހިރު ދުވަހުއެވެ. މިމަނަވަރު ލަންކާގެ ބަނދަރުގައި އޮންނާނެ ކަމަށް ބުނެފައި ވަނީ އޮގަސްޓް 16ން 22ށެވެ.

ޗައިނާގެ މަނަވަރެއް އިންޑިއާ ކަނޑުގައި، އިންޑިއާއާ އެހާ ގާތު ބަނދުރުކުރުމާ ގުޅޭގޮތުން މިދިޔަ މަހު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. މިއީ އެގައުމުގެ ސަލާމަތީ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހިމޭނޭ ކަމެއް ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު އެސް. ޖައިޝަންކަރް، ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ އަރިހު ދަންނަވާފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ދެގައުމުގެ މިނިސްޓަރުންގެ ދެމެދު މިމަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ މިމަހުގެ ކުރީ ކޮޅު ދެބޭފުޅުންވެސް ކެމްބޯޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިމަޝްވަރާތަކަށްފަހު ލަންކާއިން ވަނީ އިތުރު މަޝްވަރާތައް ކުރުމަށް ޗައިނާގެ މަނަވަރު ލަންކާގައި ބަނދަރުކުރުން މަޑުޖައްސާލުމަށް އޮގަސްޓް 5 ވަނަ ދުވަހު އެގައުމަށް އަންގާފައެވެ. ޗައިނާގެ ޔުއާން ވޭންގް 5 ހަމްބަންޓޯޓާގައި ބަނދަރުކުރުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ އޮގަސްޓް 11ން 16ށެވެ.

މިގޮތަށް މަނަވަރު ބަނދަރުކުރުން ފަސްކުރުމަށް ޗައިނާއަށް އެންގި ސަބަބެެއް ލަންކާ ސަރުކާރުން ސީދާ ހާމަކޮށްފައެއް ނުވެއެވެ.

ޔުއާން ވޭންގް 5 އަކީ ދިރާސާ ކުރުމަށް ހާއްސަ ބޯޓެއް ނަމަވެސް ޗައިނާގެ ޖާސޫސީ މަސައްކަތް ވެސް އެ ބޯޓުން ކުރާކަމުގެ ކަންބޮޑުވުން އިންޑިއާއިން ވަނީ ފާޅުކޮށްފައެވެ.

ޗައިނާއިން ލަންކާގައި ބިނާކޮށް، ހިންގަމުންދާ ހަމްބަންޓޯޓާ ބަނދަަރު އަަސްކަރީ ބަނދަރެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކުރެއެވެ. ޖުމްލަ 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން އެޅި އެ ބަނދަރަކީ އޭޝިއާ އާއި ޔޫރަޕާ ދެމެދުގަައިވާ މައި ޝިޕިން ރޫޓް ކަައިރީގައި އޮންނަ ބަނދަރެކެވެ.

ޗައިނާސްރީލަންކާއިންޑިއާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް