Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޕާނުން ރާއްޖެއަށް ވެހިކަލް ހަދިޔާ ކުރުން

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖަޕާނުން 3 ވެހިކަލް ހަދިޔާކޮށްފި

މި އުޅަނދުތައް ހަދިޔާ ކޮށްފައިވަނީ އެމްއޭޕީޑީއަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 އޯގަސްޓު 2022 | އަންގާރަ 02:09
ޖަޕާނުން ހަދިޔާކުރި ވެހިކަލްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖަޕާނުން ހަދިޔާކުރި ވެހިކަލްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ 3 އެއްގަމު އުޅަނދު، ޖަޕާނުން ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

ހޯމަ ދުވަހު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން މި އުޅަނދު ތައް ހަދިޔާ ކުރީ މޯލްޑީވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީޒް (އެމްއޭޕީޑީ) އަށެވެ. އެގޮތުން، ޖަޕާނު ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަދިޔާ ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު މިޑޯރީ ޓަކެއޫޗީއެވެ.

Advertisement - newsAdvertisement

މި އުޅަނދުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭޮޕީޑީގެ އިސް ބޭފުޅުންނާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އާއި އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާނުން ހަދިޔާ ކުރި މި އުޅަނދުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އަރައި ފޭބޭ ގޮތަށް ތައްޔާރު ކޮށްފައިވާ އުޅަނދުތަކެކެވެ. އެހެންކަމުން މި އުޅަނދުތައް ބޭނުންކޮށްގެން ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ އެތުލީޓުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުކޮށް ހެދޭނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2024

ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

17 ސެޕްޓެމްބަރު 2024
ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ
20 ޑިސެމްބަރު 2022

ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު

20 ޑިސެމްބަރު 2022
ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު
20 ޑިސެމްބަރު 2022

ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

20 ޑިސެމްބަރު 2022
ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
20 ޑިސެމްބަރު 2022

އާންމުންނަށް ފެންނަގޮތަށް ބަޖިޔާ ގައު އަލުން ބަހައްޓައިފި

20 ޑިސެމްބަރު 2022
އާންމުންނަށް ފެންނަގޮތަށް ބަޖިޔާ ގައު އަލުން ބަހައްޓައިފި
30 މެއި 2022

ޖަޕާނު ސަރުކާރުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

30 މެއި 2022
ޖަޕާނު ސަރުކާރުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު