Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޝީދާއި ޔާމީންގެ ގުޅުން

ވެރިކަން "ދުއްވާލުމަށް" އޮތް މަގަކީ ނަޝީދާއި ގުޅިގެން މަސައްކަތްކުރުން ކަމުގައިވާނަމަ، ޔާމީނު އެކަން ކުރާނެ – ޝަރީފް

ވެރިކަން ދުއްވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 06:57
ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ބޭއްވި ރަސްމިޔާތުގައި ރައީސް ނަޝީދާއި ސަލާމް ކުރައްވަނީ

ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ބޭއްވި ރަސްމިޔާތުގައި ރައީސް ނަޝީދާއި ސަލާމް ކުރައްވަނީ

ސަރުކާރު ބަލިކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ދުއްވާލުމަށް އޮތް މަގަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކުގައި މަސައްކަތް ކުރުންކަމުގައިވާނަމަ، އެކަން ރައީސް އަބްދުﷲ ޔާމީން ކުރައްވާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ ސަރުކާރާއި އެމްޑީޕީ އަދި ރައީސް ނަޝީދާއި ރައީސް ސާލިހުގެ އަމިއްލަފުޅު ކަންކަމުގެ ތެރެއަށް ޕީޕީއެމްއިން ނުވަންނާނެކަމަށް ރައީސް ޔާމީން ދައްކާފައިވާ ވާހަކަފުޅަކީ ހަގީގަތެއް ނޫން ކަމަށެވެ. ޕީޕީއެމަކީ ވެސް ވެރިކަން ހޯދަން މަސައްކަތް ކުރާ ބައެއް ކަމަށާއި، އެމްޑީޕީ ތެރޭގައި ހަމަނުޖެހުމެއް އޮންނަކަމުގައިވާނަމަ، އެކަމުގައި އިތުރަށް ހުޅު ރޯކުރަން ޕީޕީއެމުން މަސައްކަތް ކުރާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ބަލާލީމަ ވެސް އެކަން އެނގޭނެ ކަމަށާއި، ޕީޕީއެމްގެ މެންބަރުން ދައްކާ ވާހަކަތަކުން އެކަންކަން ވަރަށް ސާފުވާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު އާއެކު ސިޔާސީ މަސައްކަތްކުރުމަކީ ވުމަށް ނުވުން ކައިރިކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅާއި ގުޅިގެން ޝަރީފް ވިދާޅުވީ ސަރުކާރު ބަލިކުރުމަށް، ރައީސް ސާލިހުގެ ވެރިކަން ދުއްވާލުމަށް އޮތްމަގަކީ އެއީކަމުގައިވާނަމަ އެކަން ކުރައްވާނެ ކަމަށާއި، އަދި އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ޔާމީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދާއެކު މަސައްކަތްކުރައްވަފާނެތޯ އާއި ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. މިސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީން އާއި ޕީޕީއެމްއިން ގަބޫލުކުރާ ފިކުރާއި އިސްލާމީ ސިފަތައް ހިމެނޭ ރާއްޖޭގެ ވެއްޓަށް ފެތޭ ޑިމޮކްރަސީ އާއި ރައީސް ނަޝީދު ގަބޫލުކުރައްވާ ހަމަތައް ތަފާތުކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އާއި ޔާމީން އާ އެއްބަސްވެވޭ އެއް އިސްލާހަކީ ރާއްޖެއަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމުކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަ އާންމު ހައްގުތައް ކަމަށްވާ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަންފަދަ ހައްގުތަކުގައި ޚިޔާލުތަފާތުވުން ނޯންނާނެކަމަށެވެ. ނަމަވެސް ވަރަށް ބޮޑެތި ކަންކަމުގައި ރައީސް ނަޝީދާއި ޚިޔާލު ތަފާތުވުންތައް އެބަހުރިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން އެފިކުރުތައް އެއް ގަލަކަށް ނާރާކަމަށްވާނަމަ ރައީސް ނަޝީދާއެކު މަސައްކަތްކުރާތަން ފެންނާނެކަމަށް ވިސްނިވަޑައިނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިއަދުގެ ރާއްޖޭގެ ހާލަތާއި ކަންކަން ހުރި ގޮތާއި ވިސްނުމަށް ބަލާއިރު މިއީ ވުމަށްވުރެ ބޮޑަށް ނުވުން ކައިރިކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު