Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުވުކުރެއްވުން

ފެބްރުއަރީގެ އެކެއްގެ އަމުރު ތަންފީޒުކުރި ނަމަ ހަމަނުޖެހުން އުފެދި އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އަށް އައީސް: ރައީސް ޔާމީން

11 އޯގަސްޓު 2022 | ބުރާސްފަތި 21:30

ފެބްރުއަރީ 1 ގެ އަމުރު ތަންފީޒް ނުކުރަން ނިންމީ އެއީ ޤާނޫނާއި ޚިލާފު ނިންމުމަކަށް ވުމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 އޯގަސްޓު 2022 | ބުރާސްފަތި 21:30
ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ

ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ

"ފެބްރުއަރީ 1"ގެ އަމުރު ތަންފީޒު ކުރި ނަމަ ރާއްޖޭގައި ގިނަ ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި ހަމަނުޖެހުން އުފެދި އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެ އަށް ވަނީސް ކަމަށް ކުރީގެ ރައީސް އަދި ޕީޕިއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުވުކުރައްވާ ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އޭރު ސުޕްރީމްކޯޓުން އެ އަމުރު ނެރުނު އިރު ކޯޓުގައި ތިއްބެވި ފަނޑިޔާރުން ތިއްބެވީ އޭރުގެ ވެރިކަން ބަދަލުކުރުމަށް ވާގިވެރިވެގެން ކަމަށެވެ. އެ އަމުރަކީ ބަޤާވާތެއް ކަމަށް ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އޭރު ފުލުހުންނާއި ބައެއް އިދާރާތަކުގެ ވެރިން ވެސް ތިބީ ދުރާލާ އެ އަމުރު ތަންފީޒުކުރުމަށް ތައްޔާރުވެގެން ކަމަށެވެ.

Advertisement - newsAdvertisement

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި އިތުރު ބައެއް ކަންކަން ހިމެނޭ ހެން ސުޕްރީމްކޯޓުން ނެރުނު އެ އަމުރު ތަންފީޒު ނުކުރުމަށް އޭރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން އޭރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އެ ދެ މީހުން ވަނީ ޖަލަށް ލާފައެވެ. އަދި ސުޕްރީމް ކޯޓުގެެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ އަމުރު އޭގެ ތިން ދުވަސް ފަހުން ބާތިލްކުރީ ދެން ތިއްބެވި ފަނޑިޔާރުން އިއްތިފާގުންނެވެ.

ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެ އަމުރު ނެރުނީ ބާރުގަދަ، ނުފޫޒު ހުރި ސިޔާސީ ބޭފުޅުން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ކަަމަށެވެ. އަދި އެ ދުވަހު ފަނޑިޔާރުން އެމްބަސީތަކުގެ ބޭފުޅުންނަށް ގުޅިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ އެއްބަސްވުން ތަންފީޒުކުރި ނަމަ ރާއްޖޭގައި ހަމަނުޖެހުން ހިނގީސް ކަމަށާއި އެކަމުގެ ނަތީޖާ ގޯސްވީސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1, 2018 ގެ އަމުރު ލިޔުނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކަމަށް މީގެ ކުރިން ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

2018 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އޭރު އެކި މަސައްކަލަތަކުގައި ގިނަ ސިޔަސީ ބޭފުޅުން ވަނީ ޖަލަށް ލާފައެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ އިސްނެގުމާއި އެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެންޓި ޑިފެކްޝަން ބިލް ފާސްކުރުމާއި އެކު އޭރު މަޖިލީހުގައި ތިބި 12 މެމްބަރުންގެ ގޮނޑި ގެއްލުމުން، އެ މެމްބަރުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

1 ފެބްރުއަރީ 2018ގައި ސުޕްރީމްކޯޓުން ނެރުނު އަމުރަކީ އެ ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އަދި ހައްޔަރުކޮށްފައިތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އަންގާ ނެރުނު އަމުރެކެވެ.

ރައީސް ޔާމީންޕީޕީއެމް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
25 ޖޫން 2025

ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން ޕީއެންސީން ކުރިކަމެއް - އެމްޑީޕީ

25 ޖޫން 2025
ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން  ޕީއެންސީން ކުރިކަމެއް - އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް