Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-ޓައިވާން

އަސްކަރީ ތަމްރީންތައް މަޑުޖެހުނަސް ޗައިނާގެ ނުރައްކާ ކުޑައެއްނުވޭ: ޓައިވާން

11 އޯގަސްޓު 2022 | ބުރާސްފަތި 15:31

ޗައިނާގެ ފަރާތުން އެގައުމަށް އޮތް ނުރައްކާ ކުޑަނުވާކަމަށް ބުރާސްފަތި ދުވަހު ޓައިވާންގެ ރައީސް ސައި އިންގވެން ވަނީ ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 އޯގަސްޓު 2022 | ބުރާސްފަތި 15:31
ޓައިވާންގެ ރައީސް ސައި އިންގވެން

ޓައިވާންގެ ރައީސް ސައި އިންގވެން

ޗައިނާގެ އަސްކަރީ ތަމްރީން ހަރަކާތްތަކަށް މަޑުޖެހުމަށް އައިނަމަވެސް އެގައުމަށް ޗައިނާގެ ނުރައްކާ ކުޑަނުވާކަމަށް ޓައިވާނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ޓައިވާންގެ ރައީސް ސައި އިންގވެން ވަނީ، ޗައިނާއިން ޓައިވާން ކައިރީގައި ހިންގާ އަސްކަރީ ހަރަކާތްތައް މަޑުމަޑުން ހުއްޓުމަކަށް އަންނަ މަންޒަރު ފެނިގެން ދިޔަނަމަވެސް، ޗައިނާގެ ފަރާތުން އެގައުމަށް އޮތް ނުރައްކާ ކުޑަނުވާކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ މިދިޔަ ހަފުތާގައި ޓައިވާނަށް ކުރެއްވި ދަތުރުފުޅާއެކު، ޗައިނާއިން ވަނީ ޓައިވާނާ ކައިރީގައި އެގައުމުން ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައެވެ. އެގޮތުން މި ތަމްރީންތަކުގެ ތެރޭގައި ބެލެސްޓިކް މިސައިލް ލޯންޗުކުރުމާއި ލައިވް ވަޒަން ބޭނުންކުރުން ފަދަ ކަންތައްތައް ވަނީ ފެނިފައެވެ. އަދި ޗައިނާ އަސްކަރިއްޔާގެ، އެއްގަމާއި ވައިގެ އަދި ކަނޑުމަތީގެ އުޅަނދުތައް ވަނީ ފެނިގެން ގޮސްފައެވެ.

އަންގާރަ ދުވަހު ޓައިވާންގެ ފޮރިން މިނިސްޓަރު ޖޯސެފް ވޫ ވަނީ އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ސްޕީކަރ، ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާއިން ފަށައިގެން އުޅޭ އަސްކަރީ ހަރަކާތްތަކަކީ، އެގައުމުން ޓައިވާނަށް އަރައި ޓައިވާން ހިފުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ވޫ ވަނީ ޗައިނާއިން އެގައުމަށް އަރައި އެގައުމު ހިފަން ގަސްދުކުރާ ދުވަހެއް ނޭނގުނު ނަމަވެސް، ޗައިނާއިން މިހާރު ކުރަމުން އެ ދާ މަސައްކަތްތަކަށް ޓައިވާނުން ޖެހިލުންނުވާކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން މިހާރު ބޮޑެތި އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދާކަން ފާހަގަކުރައްވައި ވޫ ވަނީ، އެގައުމުގެ އަސްކަރިއްޔާއިން މިސައިލް ހަމަލާތަކާއި ސައިބަރ ހަމަލާތަކުގެ އިތުރުން، ދޮގު މައުލޫމާތު ފެތުރުމާއި އިގުތިސާދީގޮތުން ޓައިވާނަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

މިހާރު ޗައިނާއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް ނިންމުމަށްފަހު ޓައިވާން ސަރަހައްދުގައި އިތުރު ދިގު މުއްދަތުގެ ހަރަކާތްތައް ކުރިއަށްގެންދަން މަސައްކަތްކުރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވޫ ވަނީ ވިދާޅުވެފައެވެ. މިއީ ޗައިނާއިން ގެންގުޅޭ ޖިއޯ ސްޓްރެޓީޖިކް އަމާޒުތައް ޓައިވާނުން ބޭރަށް މުޅި ސަރަހައްދަށް ފެތުރުމަށް އެގައުމުން ވިސްނުން ގެންގުޅޭ ކަމުގެ ހެތްކެއް ކަމަށާއި، މިއީ ޓައިވާންގެ އިތުރުން މުޅި އެސަރަހައްދަށްވެސް އޮތް ނުރައްކަލެއް ކަމަށް ވޫ ވިދާޅުވިއެވެ.

ވޫ ވަނީ މިގޮތަށް ކަންތައް ވިޔަ ނުދިނުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް