Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރުން

"ބެންޒެމާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑް!"

ސުޕަ ކަޕްގެ ފައިނަލްގައި ޖެހި ލަނޑާއެކު ބެންޒެމާ ވެފައިވަނީ ރެއާލަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2022 | ބުރާސްފަތި 04:04
ކަސެމީރޯ އަދި ބެންޒެމާ

ކަސެމީރޯ އަދި ބެންޒެމާ

ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑް ކަމަށް އޭނާ އާ އެއް ޓީމަކަށް ކުޅެމުން އަންނަ ބްރެޒިލްގެ ކަސެމީރޯ ބުނެފިއެވެ.

ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި ރެއާކުން ވަނީ ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފާޓް 2-0 އިން ބަލިކޮށް ތަށި އުފުލާލާފައެވެ. ރަނގަޅު ފޯމެއްގައި މިހާރު ހުރި ބެންޒެމާ ވަނީ އެ ފުޓުބޯޅަ މެޗުގައި ރެއާލަށް ލަނޑެއް ޖަހައިދީފައެވެ. މީގެ އިތުރުން ނިމުނު ސީޒަނުގައި ބެންޒެމާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ރެއާލާއެކު އޭނާ ވަނީ ސްޕެނިޝް ލީގާއި. ކޮޕަ ޑެލްރޭގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ރެއާލަށް ކުޅެދިން 46 މެޗުގައި ބެންޒެމާ ވަނީ 44 ލަނޑު ޖަހައި، 15 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ސުޕަ ކަޕް ކާމިޔާބުކޮށް، ތައްޓަކާއެކު އައު ސީޒަން ފެށުމަށްފަހު ވާހަކަ ދައްކަމުން ކަސެމީރޯ ބުނީ މިއަހަރުގެ ބެލެންޑޯ ހައްގުވާ ކުޅުންތެރިޔަކީ ބެންޒެމާ ކަމަށެވެ. ކަސެމީރޯ ބުނީ މީގެ ކުރިން ރެއާލުން ބެންޒެމާ އަށް މާ ބޮޑު ސަމާލުކަމެއް ނުދެނީ، އޭރު ޓީމުގައި އެތައް ލަނޑު ޖަހާ ކުޅުންތެރިޔަކު ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑަކީ ބެންޒެމާ ކަމަށް އޭނާ ބުންޏެވެ.

ކަސެމީރޯގެ އިތުރުން ވެސް ގިނަ ކުޅުންތެރިންނާއި، ކޯޗުން އަންނަނީ މިއަހަރުގެ ބެލެންޑޯ ހައްގު ކުޅުންތެރިޔަކީ ބެންޒެމާކަމަށް ބުނަމުންނެވެ.

ސުޕަ ކަޕްގެ ފައިނަލްގައި ރެއާލަށް ޖަހައިދިން ލަނޑާއެކު ބެންޒިމާ ވެފައިވަނީ ރެއާލް މެޑްރިޑަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. ރައުލް ފަހަތަށް ޖައްސާލުމަށްފަހު ބެންޒިމާ އެމަޤާމްގައި އޮތީ 324 ލަނޑާއެކުއެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ ރޮނަލްޑޯއެވެ. އޭނާ ވަނީ ރެއާލްއަށް 450 ލަނޑު ޖަހައިދީފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު