Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ނ. އަތޮޅުގައި ގާއިމްކުރަނީ

9 އޯގަސްޓު 2022 | އަންގާރަ 02:28

މި އެއްބަސްވުމުގެ ދަށުން މުވައްޒަފުން ނެގުމަށް އިއުލާން ކުރުމާއި، މުވައްޒަފުން ނެގުމުގެ އެންމެހާ ކަންތައްތައް ކުރާނީ އެލްއާރުއޭއިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 އޯގަސްޓު 2022 | އަންގާރަ 02:28
ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި ނ. އަތޮޅު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި ނ. އަތޮޅު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް އަތޮޅު ފެންވަރުގައި ގާއިމްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އާއެކު ނ. އަތޮޅު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު ނ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރުއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަރ، އަހްމަދު މިޒްހަތް ނައީމްއެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ ދަށުން ލޭބަރ ރިލޭޝަންސްގެ ކަމާގުޅޭ ޔުނިޓެއް ގާއިމްކޮށް އެ އޮތޯރިޓީ މުވައްޒަފުން ނޫނު އަތޮޅުގައި ބައިތިއްބާ ހިދުމަތް ދިނުމުގެ މަސައްކަތް އެ އަތޮޅު ކައުންސިލުން ކުރާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ މިޒްހަތް ވިދާޅުވީ، މިއީ އެ އޮތޯރިޓީގެ ފަރާތުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެލްއާރްއޭގެ އޮފިސަރުން ނ. އަތޮޅުގައި ގާއިމްވެތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވަނީ އަތޮޅުގައި ލަގްޒަރީ ފެންވަރުގެ ރިސޯޓުތައް ގިނަވުމާއެކު، މުވައްޒަފުންގެ މައްސަލަތައް ގިނަވާނެ ކަމަށް ބަލާފައިކަމަށް އޭނާ ވިދާޅުވިއެވެ.

ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، އެލްއާރްއޭ އަކީ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ކަންތައްތަކާއި، ބިދޭސީން ގެންގުޅެމުންދާ ގޮތާއި، މުވައްޒަފުންގެ މުސާރަ މިނިމަމް ވޭޖް ގަވާއިދަށް ފެތޭތޯ ބަލައި މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ބެލުމަށް ހުންނަ އިދާރާއެއް ކަމަށާއި، މި އިދާރާ އަތޮޅުތެރެއަށް ތައާރަފްވުމުން އަތޮޅުތެރޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރެވިގެން ދާނެ ކަމަށެވެ. އަދި ނ. އަތޮޅުގައި ގާއިމްކުރެވޭ އެލްއާރްއޭ ޔުނިޓްގެ ހިދުމަތް ވަރުގަދަކުރެވި، ރަށު ކައުންސިލްތަކާއެކުވެސް ޔުނިޓުން ކުރަމުންދާ މަސައްކަތްތައް ގުޅި ލާމެހި، އަތޮޅުތެރޭގައި ގަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންވެސް ގަވާއިދުގެ ތެރެއަށް ގެނެވޭނެ ގޮތެއް ކައުންސިލްތަކާއި ގުޅިގެން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނ. އަތޮޅުގައި އެލްއާރްއޭގެ ޑެސްކެއް ގާއިމްކުރުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަށުން މުވައްޒަފުން ނެގުމަށް އިއުލާން ކުރުމާއި، މުވައްޒަފުން ނެގުމުގެ އެންމެހާ ކަންތައްތައް ކުރާނީ އެ އޮތޯރިޓީންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

02 ޖޫން 2017

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

02 ޖޫން 2017
ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި
26 މެއި 2017

ލ. އަތޮޅުގައި ދެ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ

26 މެއި 2017
ލ. އަތޮޅުގައި ދެ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ
30 އެޕްރީލު 2017

ތ.އަތޮޅުގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފި

30 އެޕްރީލު 2017
ތ.އަތޮޅުގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފި
27 އެޕްރީލު 2017

އެމްޑީޕީން ނ. އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ މިލަދޫގައި

27 އެޕްރީލު 2017
އެމްޑީޕީން ނ. އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ މިލަދޫގައި
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
14 ފެބުރުއަރީ 2017

މަޖްބޫރުން ޕީޕީއެމަށް ވައްދާ މައްސަލަ ލޭބަރ ރިލޭޝަންސް އަށާއި އިލެކްޝަނަށް

14 ފެބުރުއަރީ 2017
މަޖްބޫރުން ޕީޕީއެމަށް ވައްދާ މައްސަލަ ލޭބަރ ރިލޭޝަންސް އަށާއި އިލެކްޝަނަށް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް