Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން

އިންޑިއާ ކަނޑުގެ ގައުމުތަކުގެ ސަލާމަތަށް އޮތް ގޮންޖެހުންތައް ގިނަ: ޑރ. ޑޭވިޑް

ބޮޑެތި ގައުމުތަކުގެ މެދުގައި ހިނގާ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2022 | ހޯމަ 14:12
ޑރ. ޑޭވިޑް ބްރިއުސްޓަރ - ފޯރަމްގައި ވާހަކަފުޅުދައްކަވަނީ

ޑރ. ޑޭވިޑް ބްރިއުސްޓަރ - ފޯރަމްގައި ވާހަކަފުޅުދައްކަވަނީ

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކަށް ކުރިއަށް އޮތްތަނުގައި އޮތް ގޮންޖެހުންތައް ގިނަވާނެކަމަށް، ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ ޑރ. ޑޭވިޑް ބްރިއުސްޓަރ ވިދާޅުވެއްޖެއެވެ.

ޑރ. ޑޭވިޑް މިފަދައިން ވިދާޅުވީ ރާއްޖެ ޓިވީގެ ފަށާއިރު ޕްރޮގްރާމްގައި، ޑިފެންސް މިނިސްޓްރީން ހުށަހަޅާ "ނޭޭޝަނަލް މެރިޓައިމް ސެކިޔުރިޓީ ސްޓްރެޓެޖީ" އާއި "ޑިފެންސް ވައިޓް ޕޭޕަރ"އާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. އެ ދިރާސާތައް އެކުލަވާލުމުގަ ކަމާގުޅުންހުރި ފަރާތްތަކާއެކު އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ޑރ. ޑޭވިޑްއަކީ އޮސްޓްރޭލިއާގެ ގައުމީ ޔުނިވަރސިޓީގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް އޭނާ ވަނީ ކުރައްވާފައެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށްވުމުން ބައިނަލްއަގުވާމީ މައިދާނުގައި ހިނގާކަންކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަމަށެވެ. އެގޮތުން އިންޑިއާއާއި ޗައިނާ އަދި އެމެރިކާފަދަ ގައުމުތަކުގެ މެދުގައި ހިނގާ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑޭވިޑް ވަނީ ރާއްޖެފަދަ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތަފްސީލަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އިގުތިސާދީ އަދި މޫސުމީ ހިރާސްތައްފަދަ ކަންކަމަކީ ދުރު މުސްތަގުބަލުގައި ގައުމުތަކުގެ ސިޔާދަތަަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓްރީން އެކުލަވާލާފައިވާ "ނޭޝަނަލް މެރިޓައިމް ސެކިއުރިޓީ ސްޓްރެޓެޖީ"އާއި "ޑިފެންސް ވައިޓް ޕޭޕަރ"އާ ބެހޭގޮތުން ސްޓޭކްހޯލްޑަރުންނަށް ހުށަހަޅާފައިވާ ސިޔާސަތުތަކަކީ، ދިވެހިރާއްޖޭގެ ދިފާއާއި ދިވެހިރާއްޖޭގެ މެރިޓައިމް ޑޮމެއިންގެ ސަލާމަތަށްޓަކައި ސަރުކާރުން އެކަށައަޅާފައިވާ ވިޝަންގެ ބިންގަލުގެ ގޮތުގައި އެކުލަވާލާ ލިޔުންތަކެކެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު