Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝިއާގެ މަރު

ޝިއާގެ ރަހުމަތްތެރިންގެ ދުލުން: "އަބަދުވެސް ފެންނަނީ ހިނިތުންވެފައި ހުންނަ މަންޒަރު"

އޭނާއަކީ ވަރަށް ހުނަރުވެރި ކުއްޖެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2022 | އާދީއްތަ 13:47
ޝިއާއަކީ އެންމެންނާ ގުޅޭ ސަކަމިޒާޖެއްގެ ކުއްޖެއް - ރައްޓެހިން

ޝިއާއަކީ އެންމެންނާ ގުޅޭ ސަކަމިޒާޖެއްގެ ކުއްޖެއް - ރައްޓެހިން

ހޮނިހިރު ދުވަހުގެ ރޭ އެތައް ބައެއްގެ އަރާމު ނިދި ގެއްލުވާލި ޚަބަރަކީ މާލޭގެ ގެއެއްގައި މަރާލާފައި އޮތް އަންހެނެއް ފެނުނު ޚަބަރެވެ. ހެންވޭރުގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެ އަންހެންމީހާގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް ދެކެވެންފެށި ޚަބަރުތައް ވެގެންދިޔައީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ހަގީގަތަކަށެވެ. މައްސަލައިގެ ތަފްސީލްތައް ހާމަވަމުން ދިޔަ ވަރަކަށް އެނގިގެން ދިޔައީ ފިތްކަނޑައިގެންދާ ފަދަ ވާހަކަތަކެކެވެ. މަރުވި އަންހެންމީހާއަކީ ޒުވާން އަންހެންކުއްޖެއްކަމާއި، އަނިޔާވެރިގޮތަކަށް އޭނާ މަރާލި މީހާއަކީ ދިވެހި ޒުވާނެއްކަން އެނގުނު ހިސާބުން ލިބުނު ނުތަނަވަސްކަންވީ އިތުރެވެ. މިއީ މި ގަރުނުގައިވެސް ދިވެހިން ނުދެކޭހާ އަނިޔާވެރި، ލާ އިންސާނީ މަރެކެވެ.

ޒަޚަމްތަކަކާއެކު އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ ޏ. ފުވައްމުލަކަށް އުފަން ޝިއާއު މުހައްމަދު ސައީދު (ޝިއާ)، (22އ)އެވެ. އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫއަށް އުފަން، ރާއްޖޭގެ މަޝްހޫރު ސްކޭޓަރ އަލީ ޝާހިލް (23އ)އެވެ. ޝިއާގެ މަރުގެ ޚަބަރުވެގެން ދިޔައީ އޭނާގެ ގާތް މީހުންނަށް ލިބުނު ކުއްލި ޝޮކަކަށެވެ. ރަށުގައި ތިބި އޭނާގެ އާއިލާ މީހުންނާއި ގާތްތިމާގެ މީހުންނަށް ޝިއާގެ މަރުގެ ޚަބަރު ވެގެން ދިޔައީ ގަބޫލުކުރަން ދަތިކަމަކަށެވެ.

އަނިޔާވެރި ގާތިލެއްގެ ރަހުމުކުޑަަކަމުގެ ޝިކާރައަކަށްވެގެން ދިޔަ ޝިއާއަކީ އުންމީދުން ފުރިގެންވާ ހުނަރުވެރި ޒުވާނެކެވެ. މިއުޒިކާއި ފަންނުވެރި މަސައްކަތްތަކަށް ޝައުގުވެރިކަން ބެހެއްޓި ޝިއާއަކީ ވަރަށް ޕޮޒިޓިވް ވިސްނުމެއްގެ މީހެކެވެ. "ރާއްޖެ އެމްވީ"އާ ވާހަކަދެއްކި އޭނާގެ އެކުވެރިން ޝިއާ ފާހަގަކުރަނީ ހިތްވަރުގަދަ، ދިމާވާ ކަންކަމާ ވަރަށް ކެރިގެން ކުރިމަތިލާ މީހެއްގެ ގޮތުގައެވެ. އޭނާއަކީ ހިތްހެޔޮ، އެންމެންނާވެސް ގުޅޭ މިޒާޖެއްގެ މީހެއްކަަމަށް އޭނާގެ އެކުވެރިޔާ ވަނީ ބުނެފައެވެ.

މާލޭގައި ގިނަ ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި "ޔޫތު ބަޒް"ގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ޝިއާއަކީ ވަރަށް ޝައުގުވެރިކަމާއެކު ހޮސްޕިޓަލިޓީގެ ދާއިރާގައި މަސައްކަތްކުރި އުންމީދީ ޒުވާނެކެވެ. ދިވެހިންގެ ޒުވާނުން އެ ބުއިމަކަށް ލޯބިކުރާ ކޮފީ، އެކި ގޮތް ގޮތަށް ތައްޔާރުކުރުމަކީ ވަރަށް ގަޔާވެގެން އޭނާ ކުރި މަސައްކަތެކެވެ. ޝިއާގެ އިތުރު އެކުވެރިޔަކު "ރާއްޖެ އެމްވީ"އަށް ކިޔައިދިންގޮތުގައި، ޝިއާއަކީ އާއްމުން ބަލައިގަންނަފަދަ ބަރިސްތާއަކަށްވުމަށް އޭނާ އަބަދުވެސް މަސައްކަތްކުރިއެެވެ.

ޝިއާގެ އާއިލާ މެމްބަރަކު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ނެތްކަން ގަބޫލުކުރަން އަދިވެސް އާއިލާއަށް ދަތިކަމަށެވެ. އަދި މި ވަގުތު އާއިލާއިން އެދެނީ އޭނާގެ މަރުގެ ތަފްސީލްތައް އާއިލާ މެމްބަރުންނާ ހިއްސާނުކުރުންކަމަށާއި، މިއީ އާއިލާއަށް ވަރަށް ދަތި ވަގުތެއްކަމަށް ވުމުން، އެކަމަށް އިހުތިރާމްކުރުން އެދޭކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާގެ މަރާގުޅޭ ދޮގު ޚަބަރު ނުފެތުރުމަށްވެސް އާއިލާއިން ވަނީ އެދިފައެވެ.

ޝިއާގެ މަރާ ގުޅިގެން ފުލުހުންވެސް ވަނީ، މިހާތަނަށް އައިއިރު ބައެއް މީޑިއާތަކުން އޭނާގެ މަރާގުޅިގެން ހަގީގަތާޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން އެ ދެ މީހުން ކައިވެނިކޮށްގެން އުޅޭކަމަށް ބުނާ ވާހަކައަކީވެސް ހަގީގަތާޚިލާފު ވާހަކައެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޝިއާގެ މަރާގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުން އައިނަމަވެސް، އަދި މި މައްސަލައަކީ ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ވާތީ، މިހާތަނަށް ގިނަ މައުލޫމާތު އާއްމުންނާ ހިއްސާކޮށްފައެއްނުވެއެވެ. އެެހެންނަމަވެސް ފުލުހުން ވަނީ، ޝިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ޝާހިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ހުރީ މަސްތުގެ ހާލަތުގައިކަމަަށް ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018
ގާރީގެ މަޖުބޫރީ ހާލާތު ޝާފިއުގެ ދުލުން: ފާރިސް ގޮޅިއަކަށް ފެއްތުން!

ގާރީގެ މަޖުބޫރީ ހާލާތު ޝާފިއުގެ ދުލުން: ފާރިސް ގޮޅިއަކަށް ފެއްތުން!

09 ނޮވެމްބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު