Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާގެ ނާއިބު ރައީސް

އިންޑިއާގެ ނާއިބު ރައީސްގެ މަގާމަށް އިންތިޚާބުވި ޖަގްދީޕްއަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ

ޖަގްދީޕް ވާނީ އިންޑިއާގެ 14 ވަނަ ނާއިބު ރައީސްއަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 އޯގަސްޓު 2022 | އާދީއްތަ 02:10
ޖަގްދީޕް ދަންކަރު

ޖަގްދީޕް ދަންކަރު

އިންޑިއާގެ ނާއިބު ރައީސްގެ މަގާމަށް އިންތިޚާބުވި ޖަގްދީޕް ދަންކަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ޑިމޮލްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކެންޑިޑޭޓް ޖަގްދީޕް އެގައުމުގެ ނާއިބު ރައީސްކަމަށް އިންތިޚާބުވެފައިވާކަމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާއިން ވަނީ ދައްކާފައެވެ. އޭނާއަށް 500 އަށްވުރެ ގިނަ ވޯޓު ލިބިފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މިއާއެކު ޖަގްދީޕް ވާނީ އިންޑިއާގެ 14 ވަނަ ނާއިބު ރައީސްއަށެވެ.

ޖަގްދީޕުގެ ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެފައިވާއިރު، ރައީސް ވަނީ ނާއިބު ރައީސްކަމާއެކު މަތިވާ މަސްއޫލިއްޔަތުތަކުގައި ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު މިހާރުވެސް އޮތް ވަރަށް ގާތް ގުޅުން އިތުރަށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަން ޔަގީންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އައު ނާއިބު ރައީސެއް ހޮވުމުގެ އިންތިޚާބު ހޮނިހިރު ދުވަހު ބާއްވާފައިވާއިރު، އެގައުމުގެ އައު ރައީސްގެ މަގާމަށް ދްރޫޕަދީ މުރުމޫ ވަނީ އައްޔަންކުރައްވާފައެވެ. 64 އަހަރުގެ މުރުމޫ އިންޑިއާގެ ރައީސްކަމުގެ މަގާމު ކާމިޔާބުކުރެއްވީ އިދިކޮޅުން ވާދަކުރެއްވި ކެންޑިޑޭޓް ޔަޝްވާންތް ސިންހާ އާ ވާދަކުރައްވައެވެ. މިއާއެކު މުރުމޫ އަކީ އިންޑިއާގެ ގަބީލާއަކަށް ނިސްބަތްވާ ފުރަތަމަ އިންޑިއާގެ ރައީސްއެވެ. އަދި އިންޑިއާގެ ދެވަނަ އަންހެން ރައީސްއެވެ.

ޖަގްދީޕް ދަންކަރުއިންޑިއާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު