Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް

އެމްޑީޕީ ކޮންގްރެސް މި މަހު 19ގައި

ކޮންގްރެސްގައި 1200 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2022 | ހޮނިހިރު 12:19
އެމްޑީޕީން ބޭއްވި ކޮންގްރެސް ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީން ބޭއްވި ކޮންގްރެސް ޖަލްސާއެއްގެ ތެރެއިން

މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް މި މަހު 19ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހުގެ ރޭ 08:00ން 11ށެވެ. އަދި ކޮންގްރެސް ނިންމުމަށް ހަަމަޖެހިފައިވަނީ 21 އޮގަސްޓުގެ ރޭގަނޑު 08:00ން 11:30ށެވެ.

Advertisement - newsAdvertisement

އެމްޑީޕީ އިން ކޮންގްރެސް ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ވެސް ހުޅުވާލިއެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ ހަމަވެފައެވެ. އެމްޑީޕީން ވަނީ ކޮންގްރެސްގައި 1200 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރި ވެވޭނީ އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، ޕްރޮވިންސް ތަކުގެ ރައީސުންނާއި، ނައިބުރައީސުންގެ އިތުރުން ދާއިރާ ތަކުގެ ރައީސުންނާއި، އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނާއި، ގޮފިތަކުގެ ރައީސުންނަށް އެކަންޏެވެ.

މި އަހަރު ބާއްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަވަމުން ގެންދާ އެޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ މެމްބަރުން ހިމަނައިގެން އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މިދެންނެވި ރައީސުން ވާންވާނީ ގޮފި ޤަވައިދުގެ 3.3 ވަނަ މާއްދާ ބުނާގޮތަށް އިންތިޚާބުވިތާ 5 އަހަރު ފުރިފައިނުވާ ގޮފި ރައީސުންނަށް ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.

29 މެއި 2022 ގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލިހުގެ މިދައުރުގެ 4 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ގޮތުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ބަލަމުންދާ ޕާޓީގެ ދަފުތަރުގައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނިފައިވުމުގެ ސަބަބުން އެ ޕާޓީގެ އިންތިހާބުތަކާއި ޕްރައިމަރީތަކުގައި އެ ޕާޓީއާއި ވާދަކުރާ ޕާޓީތަކުގެ މެންބަރުންނަށް ފަހިވާގޮތަށް ކެންޑީޑޭޓުން ހޮވުމުގެ ފުރުސަތު އޮތުމާއި، އެ ޕާޓީއަށް މާލީ އެއްވެސް މަންފާއެއް ނުކުރާގޮތަށް ހަމައެކަނި އިންތިހާބުތަކުގައި ވޯޓުލާ އެތައް ހާސް ބަޔަކު އެބަތިއްބެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ޕާޓީގެ މެންބަރުކަން ބާތިލްވަނީ ޕާޓީގެ މެންބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތެރިވުމުންނެވެ. އަދި ސިޔާސީ ޕާޓީގެ މެންބަރަކަށް ނުހުރެވޭނެކަމަށް އޮންނާތީވެ މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 54،599 މެންބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެންތިބި 39،911 މީހުންނަށް އެމްޑީޕީގެ މެންބަރުކަން ސައްހަކުރުމަށް ތިންމަސް ދިނުމަށާއި، މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެންޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީން ވަކިކުރުމަށް ވަނީ ގަރާރުގައި ބުނެފައެވެ.

މީގެއިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މެންބަރުކަން ގަބޫލުކޮށް 18 ވަނަ މާއްދާގައި ބުނާ ހައްގުތައް ލިބޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 10ގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

އެމް.ޑީ.ޕީ ކޮންގްރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

20 އޯގަސްޓު 2022
ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

19 އޯގަސްޓު 2022
އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް

އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022
އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު

އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު

19 އޯގަސްޓު 2022
ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް

ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު