Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވީޑިއޯއިން ފެންނަނީ ސަލީމް އެއް ނޫން: ފުލުހުން

ވީޑިއޯއިން ފެންނަ އެއްވެސް މީހަކީ ސަލީމް ނޫންކަން ސާފުކޮށް އެނގޭ: ފުލުހުން

ދިޔަރެސް އާ ދެކޮޅަށް ހުށަހެޅި އަބުރުގެ ބަދަލު ހޯދުމުގެ ދައުވާ ސިވިލް ކޯޓުން ވަނީ ބަލައިގެންފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 17:21
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

އެއް ޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯއެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ފެންނަ ކަމަށް "ދިޔަރެސް" ނޫހުން ރިޕޯޓް ކުރިނަމަވެސް ތަހުގީގުތަކުން އެ ވީޑީއޯއިން ފެންނަނީ ސަލީމް ނޫންކަން ސާފުކޮށް އެނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ އެ ވީޑިއޯގައި ސަލީމް ފެންނަ ކަމަށް ދިޔަރެސް ނޫހުގައި ރިޕޯޓް ކުރުމުން އެ މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ފުލުހަށް ހުށަހަހެޅުއްވުމުން، އެ މައްސަލަ ބެލުމަށްފަހު ފޮނުވި ޖަވާބުގެ ސިޓީގައެވެ. ފުލުހުން ސަލީމުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ވީޑިއޯގެ މައްސަލައަކީ ފުލުހުން ތަހުގީ ކުރަމުންދާ މައްސަލައެއް ކަމަށާއި އެ ވީޑިއޯގައި ފެންނަ އެކަކީ ސަލީމްކަމަށް ރާއްޖޭގައި ނެރެމުން އަންނަ ނޫހަކުން ރިޕޯޓް ކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްކަމުގައި ތަހުގީގަށް ބެލެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

މި ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމުން ވީޑިއޯއިން ފެންނަ ދެ މީހުންގެ ތެރެއިން އެއްވެސް މީހަކީ ސަލީމް ނޫންކަން ސާފުކޮށް އެނގޭކަމަށާއި މި މައްސަލައިގައި ވީޑިއޯ ރެކޯޑް ކޮށްފައިވާ ތަނުގެ މައުލޫމާތު ތަހުގީގަށް ހޯދާފައިވާއިރު އެއީ ސަލީމްގެ ބެލުމުގެ ދަށުން ހިންގާ ރާއްޖެ ޓީވީ ހިމެނޭ އިމާރާތް ނުވަތަ އޮފީސް ނޫންކަން ވެސް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯއެއްގައި ސަލީމް ފެންނަ ކަމަށް ނޫހަކުން ރިޕޯޓް ކޮށްފައިވަނީ، ބިދޭސީއަކު ރާއްޖޭގެ ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާއްމުވި ވަގުތަކަށްވެފައި، އެ ވީޑިއޯތަކުގައި ސީޔާސީ އަދި ދައުލަތުގެ އެކި ފެންވަރުގެ މަގާމުތަކުގައި ހިމެނޭ މީހުން ތިބިކަން ހާމަވި ދަނޑިވަޅެއްގައި ކަމުން އެއީ ސަލީމަށް އަމާޒުކޮށްގެން ނުރަނގަޅު ނިޔަތެއްގައި ވަކި ކަހަލަ މަންފާއެއް ހޯދައި، އަބުރު ނަގާލުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދެކޭނަމަ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ތަހުގީގުން ލިބޭ މައުލޫމާތުތައް ކޯޓަށް ބޭނުންވާނަމަ އެ މައުލޫމާތު ކޯޓާއި ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުންގެ ޖަވާބުގެ ސިޓީގައި ވަނީ ބުނެފައެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގައި ހިމެނޭ ދެ މީހުންގެ ތެރެއިން އެކަކީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަމަށް ރިޕޯޓް ކޮށްފައިވަނީ ރާއްޖޭގެ ނޫހެއް ކަމަށްވާ "ދިޔަރެސް" އިންނެވެ. މި މައްސަލައާއި ގުޅިގެން ދިޔަރެސް ނޫހާއި އެ ނޫހުގެ މަސްއޫލުވެރިންނާ ދެކޮޅަށް ސަލީމް ވަނީ ސިވިލް ކޯޓަށް އަބުރުގެ ބަދަލު ހޯދުމުގެ ދައުވާ ވެސް ހުށައަޅުއްވާފައެވެ. ސިވިލް ކޯޓުން ވަނީ މި މައްސަލަ މިހާރު ބަލައިގެންފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު