Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުން

ޕްރައިމަރީ މުދައްރިސުން ހޯދަން ދަތިވޭ: މިނިސްޓްރީ

ސްކޫލް ފެށޭ އިރު ހުރިހާ ސްކޫލެއްގައި މުދައްރިސުން ހަމަވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 13:36
މުދައްރިސުން ޖަލްސާއެއްގައި ބައިވެރިވަނީ

މުދައްރިސުން ޖަލްސާއެއްގައި ބައިވެރިވަނީ

ސްކޫލްތަކަށް ބޭނުންވާ ޕްރައިމަރީ ޓީޗަރުން ހޯދުމުގައި އަދިވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ ދިރާސީ އާ އަހަރު ފެށެންވާއިރަށް ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތްކޮށް މިހާރު ނިމިފައިވާ ކަމަށާއި ސްކޫލް ހުޅުވޭ އިރު ހުރިހާ ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ވެސް ހަމަވާނެ ކަމަށެވެ. އެގޮތުން ސްކޫލްތަކަށް ގެންނަން ޖެހޭ ބިދޭސީ މުދައްރިސުން ދުރާލާ ގެނެސް ނިމިފައިވާ ކަމަށާއި، ބިދޭސީ މުދައްރިސުން ތިބި ތަންތަނަށް ދިވެހި މުދައްރިސުން ހޯދުމުގެ މަސައްކަތް ވެސް ކޮށްފައިވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް އައި ބަދަލާއި އެކު މުދައްރިސުންގެ މަޤާމަށް ކުރިމަތިލާ މީހުން އިތުުރުވެ މުދައްރިސުންގެ ދަތިކަމަށް ރަނގަޅު ހައްލެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ޕްރައިމަރީ ޓީޗަރުން ހޯދުމުގައި ދަތިތައް ދިމާވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުދައްރިސުން މަދުވާ ދާއިރާތަކަކީ ކޮބާކަން ދެނެގަނެ އެ ދާއިރާތަކުން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަން އެޑިއުކޭޝަން މިނިސްޓްރީ އިން ފާހަގަކުރައްވައެވެ.

މުސާރައަށް ގެނައި ބަދަލާއެކު ދާއިރާގައި ޓީޗަރުން ހިފެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށް ގެނައި ބަދަލާ ގުޅޭ ގޮތުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓީޗަރުންނަށް ދެމުންދާ މުސާރައާއި އެމީހުން ކުރާ މަސައްކަތާއި މިހާރު ނުބައްދަލު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރައީސްގެ އިސްނެންގެވުމުގެ ދަށުން ތައުލީމީ ދާއިރާގެ ދިރާސާއެއް ހަދާފައިވާ ކަމަށާއި، އެ ދިރާސާއިން ފާހަގަވި ގޮތުގައި ތައުލީމީ ދާއިރާއަށް އަލަށް މީހުން ނުކުތުން މަދުވަނީ ލިބޭ މުސާރަ ކުޑަކަމުން ކަމަށެވެ. އެހެންކަމުން މުސާރައަށް ގެނައި ބަދަލާއެކު އަލަށް ދާއިރާއަށް މީހުން ވަނުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޓީޗަރުން މިކުރާ މަސައްކަތަކީ ހަގީގަތުގައި އަގު ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އެހެން ކަމުން މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތަށް ހައްގު އަގު ދެވޭތޯ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު މިއައި ހެޔޮ ބަދަލާއިއެކު މުދަރިއްސުންނަށް އަބުރުވެރިކަމާއިއެކު ދިރިއުޅޭވޭނެ ވަރުގެ އެއްޗެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 އިންސައްތަ ބޮޑުވާނެއެވެ.

ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ، 5 ރޭންކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 10،000ން 13،000ށް އިތުރުވެގެންދާއިރު، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 13،000ން 19،000ށް ބޮޑުވެގެންދެއެވެ. މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000ން 20،000ށް އިތުރުވެގެންދެއެވެ.

ޓީޗަރުންގެ މުސާރައަށް މި އައި ބޮޑު ބަދަލުގެ އަސަރު ރާއްޖޭގައި މަސައްކަތްކުރާ 6815 ޓީޗަރުންގެ މުސާރައިން ފެންނާނެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު