Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްރީން ޓެކްސް

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

މަޖިލިސް ހުޅުވުމާއެކު ބިލު މަޖިލީހަށް ފޮނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2022 | ބުރާސްފަތި 10:40
މާފުށީގައި ހުރި ގެސްޓް ހައުސްއެއް

މާފުށީގައި ހުރި ގެސްޓް ހައުސްއެއް

ޓުއަރިޒަމް ގާނޫނަށް ގެނައި އިސްލާހަކާގުޅިގެން، ގްރީން ޓެކްސް ނެގުން ފަސްކުރަންޖެހުނު މައްސަލަ ހައްލުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓުއަރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި، ގްރީން ޓެކްސް ނަގަންފަށާ ތާރީޚުގެ ގޮތުގައި 1 ޖެނުއަރީ 2023 އޮތުމާއެކު، އެ މައްސަލައިގައި ފުށުއެރުންތަކެއް ހުރެގެން އެކަން އެޓާރނީ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި މަޖިލިސް ހުޅުވެންވާއިރަށް، އެކަމާގުޅިގެން ހުށަހަޅަންޖެހޭ ބިލު ތައްޔާރުކުރަމުންދާ ކަމަށާއި މަޖިލިސް ހުޅުވުމާއެކު ބިލު މަޖިލީހަށް ފޮނުވާނެކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement - newsAdvertisement

ގްރީން ޓެކްސް ނެގުން މަޑުޖައްސާލަން ޖެހިފައިވަނީ އެ ގާނޫނުގެ 35 ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހާ ގުޅިގެންނެވެ.

މި އިސްލާހު ގެނައުމުގެ މައިގަނޑު މަގުސަދަކީ، ރަށްރަށުގައި ހިންގާ ޓުއަރިސްޓް ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ގެސްޓް ހައުސްތަކުން ނަގާ ގްރީން ޓެކްސް 3 ޑޮލަރުން 6 ޑޮލަރަށް ބަދަލުކުރުމަށް ހުށަހެޅި އިސްލާހެކެވެ.

އިސްލާހުގެ 35 ވަނަ މާއްދާގެ (ކ)ގައި ބުނެފައިވަނީ 1 ޖަނަވަރީ 2023ން ފެށިގެން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، ރިސޯޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، މީހުން ދިރިރުޅޭ ރަށްތަކުގައި ހިންގާ 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެކަމަށެވެ.

އަދި މި މާއްދާގެ (އ)ވެސް ވަނީ އިސްހާލުކޮށްފައެވެ. 35 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ މި މާއްދާގެ (ކ)ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، 1 ޖަނަވަރީ 2023ން ފެށިގެން، މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެކަމަށެވެ.

މިކަމާގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ، ގްރީން ޓެކްސް ނެގުން ހުއްޓާލަން ނިންމާފައިނުވާކަމަށާއި، ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައި އެ މާއްދާގައި އޮތްގޮތުން ގްރީން ޓެކްސް ނަގަން ފަށާނެކަމަށް ބުނެފައިވަނީ 1 ޖެނުއަރީ 2023ން ފެށިގެން ކަމަށްވުމާއެކު، އެ ކަމުގައި ދެބަސްވުންތަކެއް އެބަހުރި ކަމަށެވެ. އަދި ގާނޫނު އިސްލާހުކޮށް ތަސްދީގުކޮށްފައިވާއިރު، އެ މައްސަލަ ހައްލުކުރަންޖެހޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގްރީން ޓެކްސް މައްސަލަ ހައްލުކުރެވޭނީ ރައްޔިތުންގެ މަޖިލިސް ހުޅުވައި އެ މާއްދާ އިސްލާހުކުރެވިގެން ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

1 ނޮވެމްބަރ 2015ގައި އަމަލުކުރަން ފެށި ގްރީން ޓެކްސް ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވަނީ، ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުން ކޮންމެ މަހަކަށް ދައްކަންޖެހޭ ގްރީން ޓެކްސް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކަންޖެހޭނެކަމަށެވެ. އަދި ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއިން ފުރުމުގެ ކުރިން އެ އުޅަނދު ދިވެހިރާއްޖޭގައި ހޭދަކުރި މުއްދަތަށް ދައްކަންޖެހޭ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބޭރުގެ ޓޫރިސްޓް އުޅަނދެއްގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގައި މީރާއަށް ދެއްކުމަކީ އެ އުޅަނދެއްގެ ލޯކަލް އޭޖެންޓުގެ ޒިންމާއެއްކަމަށް ބުނެފައިވެއެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި އެ އުޅަނދަކުން އިތުރަށް ދައްކަންޖެހޭ އެއްވެސް އަދަދެއް ނުވަތަ ޖޫރިމަނާއެއް ވާނަމަ، އެ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ދެއްކުމަކީވެސް ލޯކަލް އޭޖެންޓުގެ ޒިންމާއެކެވެ.

އަދި ޓޫރިސްޓް އުޅަނދެއް ޗާޓަރުކޮށްފައިވާ ހާލަތުގައި ހާލަތުގައި އެ އުޅަނދުގައި ތިބޭ ގެސްޓުންގެ ފަރާތުން ގްރީން ޓެކްސް ދެއްކުމަކީ އެ އުޅަނދު ހިންގާ ފަރާތުގެ ޒިންމާއެކެވެ. މިގަވާއިދުގެ ބޭނުމަށް، ޓޫރިސްޓް އުޅަނދެއް ޗާޓަރުކޮށްފައިވާ ކަމުގައި ބަލާނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގައި، ޓޫރިސްޓް އުޅަނދެއް ޗާޓަރުކުރުންކަމަށް ބުނެފައިވާ ހާލަތުގައެވެ.

ނިމިގެންދިޔަ އެޕްރީލް މަހުގައި އެކަނި ވެސް ގްރީން ޓެކްސްގެ ގޮތުގައި 87.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި 379.5 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

ގްރީން ޓެކްސްމޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު