Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނީ ބަހުގެ ޚިދުމަތް ފެށުން

މިނީ ބަސް ދުއްވާ މަގުތަކުގެ ޕާކިން ޒޯންތައް ހުސްކުރުމުގެ މަސައްކަތް ފަށައިފި

4 އޯގަސްޓު 2022 | ބުރާސްފަތި 08:17

ބަސް ސްޓޮޕްތައް ބެހެއްޓޭނީ މިހާރު ހުރި ބައެއް ޕާކިން ޒޯންތައް އެހެން ތަންތަނަށް ބަދަލުކޮށްގެން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 އޯގަސްޓު 2022 | ބުރާސްފަތި 08:17
އައު ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފެށުން

އައު ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފެށުން

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބަސް ދުއްވާ މަގުތަކުގައި ހުރި ޕާކިން ޒޯންތައް ހުސްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން މިނީ ބަހުގެ ޚިދުމަތް މާލެ ތެރޭގައި ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ސަރުކާރާ ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ. މި ޚިދުމަތް ފަށައިގަތުމަށް ބެނުންވާ ބަސްތައް މިހާރު ވަނީ ލިބިފައެވެ. 

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަސް ސްޓޮޕްތައް ބެހެއްޓުމުގެ މަސައްކަތަށް, މިހާރު ހުރި ބައެއް ޕާކިން ޒޯންތައް އެހެން ތަންތަނަށް ބަދަލުކުރަންޖެހެއެވެ. އަދި ބަސް ސްޓޮޕްތައް ބެހެއްޓިގެންދާނީ އެއަށްފަހުގައެވެ. ސަރުކާރުން މިހާރު ވަނީ ޕާކިން ޒޯންތައް ބަދަލުކުރާނެ ބިން ސިޓީ ކައުންސިލަށް ދީފައެވެ. މިއާއެކު ޕާކިންތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަން މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މިނީ ބަހުގެ ޚިދުމަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ 50 އަހަރުގެ ސަރވިސް އެގްރީމަންޓްގެ ދަށުން ދެވޭ ޚިދުމަތެކެވެ. ފެންވަރު ރަނގަޅުކޮށް ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތުގެ ތެރޭގައި އާރްޓީއެލް ފެރީއާއި ބަހުގެ ޚިދުމަތް ހިމެނެއެވެ.

އެމްޓީސީސީން މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ފެށުމަށެވެ. އެހެންނަމަވެސް މި ޚިދުމަތް ފެށޭނީ މިކަމަށް ބޭނުންވާ ބަސް ސްޓޮޕްތައް ގާއިމްކުރެވުނީމަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑުކުރެވިފައިވާ ފެންވަރު ރަނގަޅު އައު 41 ބަސް ވަނީ ރާއްޖެގެނެސްފައެވެ. މި ބަސްތަކަކީ ބޮޑުމިނާއި ޖާގައިގެގޮތުން ބަލާއިރު، ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބަސްތަކެކެވެ. އެއަރ ކޮންޑިޝަން ކުރެވިފައިވާ މި ބަސްތަކުގައި އެއްފަހަރާ 20 މީހުންނަށް ދަތުރުކުރެވޭނެއެވެ.

31 ޖުލައި 2022 ވަނަ ދުވަހު އަތޮޅުތަކަށް އާރްޓީއެލް ބަހުގެ ޚިދުމަތް ދޭން ފެށުނުނަމަވެސް، 14 އޯގަސްޓް 2022 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނީ ރޫޓުތައް ތަޖުރިބާކުރުމުގެ ދަތުރުތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މުއްދަތުގައި ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން، 3 އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ މީހުންނަށް އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.

މިނީ ބަސްމާލޭ ސިޓީ ކައުންސިލްއާރްޓީއެލް އެމްޓީސީސީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް