Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑުގެ ކުޅުންތެރިން ދަނޑު ދޫކޮށް ދިޔުން

މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިޔަ ކުޅުންތެރިންނަށް ޓެން ހާގް ފާޑު ކިޔައިފި

4 އޯގަސްޓު 2022 | ބުރާސްފަތި 03:32

ޓެން ހާގް ބުނީ އެންމެންނަކީ އެއް ޓީމެއް ކަމަށާއި، ފަހު ވަގުތާ ޖެހެންދެން ޓީމާއެކު މަޑުކުރަން ޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޯގަސްޓު 2022 | ބުރާސްފަތި 03:32
ޔުނައިޓެޑުގެ ކުޅުންތެރިންނާއެކު ޓެން ހާގް

ޔުނައިޓެޑުގެ ކުޅުންތެރިންނާއެކު ޓެން ހާގް

ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިޔަ މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިންނަށް އެރިކް ޓެން ހާގް ފާޑު ކިޔައިފިއެވެ.

އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ މެދު ތެރެއިން ދަނޑު ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެއެވެ. ދަނޑު ދޫކޮށް އޭނާ ދިޔައީ، މެޗުގެ ފުރަތަމަ 11 ގައި ހިމެނުމަށްފަހު، ފުރަތަމަ ހާފަށްފަހު އޭނާ ބަދަލުކޮށްފައި ވަނިކޮށެވެ. ރޮނާލްޑޯގެ އިތުރުން އެހެން ކުޅުންތެރިން ވެސް ދަނޑު ދޫކޮށް ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ޓެން ހާގް ބުނީ އެއްވެސް ހާލެއްގައި އެއީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ އެއްވެސް މީހަކަށް އެކަން ބަލައިނުގަނެވޭނެ ކަމަށެވެ. މީގެ އިތުރުން ޓެން ހާގް ބުނީ އެންމެންނަކީ އެއް ޓީމެއް ކަމަށާއި، ފަހު ވަގުތާ ޖެހެންދެން ޓީމާއެކު މަޑުކުރަން ޖެހޭނެ ކަމަށެވެ.

މިދިޔަ ސީޒަން ނިމުމާއެކު ރޮނާލްޑޯ ވަނީ ޓީމު ދޫކޮށްލަން ބޭނުންވާކަަމަށް އަންގާފައެވެ. ނަމަވެސް ޔުނައިޓެޑުން އެންގީ އޭނާ ދޫކޮށް ނުލާނެ ކަމަށެވެ. އެގޮތަށް އަންގައި ބަދަލުވާނެ ކުލަބެއް ހޯދުމަށް ދަތިތަކަކާ ދިމާވެ، އެންމެ ފަހުން ރޮނާލްޑޯ ވަނީ އެނބުރި ޓީމާ ގުޅިފައެވެ. ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ތެރޭގައި ހިމެނޭ ގިނަ ކުލަބުތަކުން ރޮނާލްޑޯ ގެންދާކަށް ބޭނުނެއް ނުވިއެވެ.

އައު ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑު ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްއެރިކް ޓެން ހާގް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް