Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާއާއި ރާއްޖޭގެ ގުޅުން

100 މިލިއަން ޑޮލަރުގެ އެހީއާއެކު ކެންސަރު ހޮސްޕިޓަލުގެ މަސައްކަތްވެސް ނިންމާލެވޭނެ: ރައީސް

މިއީ އިންޑިއާއިން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލޯނަށް އިތުރުކުރި އަދަދެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 އޯގަސްޓު 2022 | އަންގާރަ 09:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކުރަން ނިންމާފައިވާ އިތުރު 100 މިލިއަން ޑޮލަރުގެ ތެރެއިން ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ހިމެނޭހެން ގިނަ މަސައްކަތްތަކެއް ނިންމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން ވަނީ 800 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ. މި ލޯނަށް 100 މިލިއަން ޑޮލަރު އިތުރުކޮށްދެއްވަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ނިންމަވާފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ހޯމަ ދުވަހު އިންޑިއާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު 100 މިލިއަން ޑޮލަރު ދޫކުރަން ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. މިއީ މުހިންމު ތަރައްގީގެ މަޝްރޫއުތަކެއް ނިންމުމަށް އެހީވާނެ ކަމެއް ކަމަށާއި، އޭގެ ތެރޭގައި ލ. އަތޮޅުގައި ގާއިމްކުރާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތާއި، ހަނިމާދޫ އެއަރޕޯޓް އެކްސްޕެންޝަން މަސައްކަތްތައް ނިންމުމަށް އެހީއަކަށް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ދަތުރުފުޅުގައި އިންޑިއާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ބައްލަވާލައްވާފައިވާނެކަން ފާހަގަކުރައްވާފައެވެ. ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެންދިއުމާއި، 4،000 ސޯޝަލް ހައުސިން ޕްރޮޖެކްޓަކީ ދެގައުމުގެ ގުޅުން ވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ 119 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓެއްގެ މަސަައްކަތް ކުރަން ނިންމާފައިވާތީ ރައީސް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން، ސައިބަރ ސެކިއުރިޓީ ދާއިރާ، ޑިޒާސްޓަރ މެނޭޖްމެންޓުގެ ދާއިރާ، އަދި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ދާއިރާއިން އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން މި ދާއިރާތައް ކުރިއަރައިގެންދާނެކަން ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތް ގައުމުކަން ފާހަގަކުރައްވާފައެވެ. ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، ވަކިން ޚާއްސަކޮށް ކޮވިޑް-19ގެ ހާލަތުގައި އިންޑިއާއިން ފޯރުކޮށްދިން އެހީ ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
11 އޮކްޓޯބަރު 2024

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

11 އޮކްޓޯބަރު 2024
މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟
08 އޮކްޓޯބަރު 2024

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

08 އޮކްޓޯބަރު 2024
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް
08 އޮކްޓޯބަރު 2024

އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު

08 އޮކްޓޯބަރު 2024
އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު