Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫގެ އަހަރީ ދުވަސް

މިއަދުން ފެށިގެން މުޅި މާލެއަށް އުރީދޫ 5ޖީ ލިބޭނެ

ޕޯސްޓްޕެއިޑް 800 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް 5ޖީ ލިބޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2022 | ހޯމަ 07:53
އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސެއިން ނިޔާޒް

އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސެއިން ނިޔާޒް

މިއަދުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދަކަށް 5ޖީ ލިބޭނެކަން އެކުންފުނިން އިއުލާނުކޮށްފިއެވެ.

އުރީދޫއަށް 17 އަހަރު ފުރުމާއި ގުޅިގެން ހޯމަ ދުވަހު ބޭއްވި ހަފްލާގައި މިކަން ލޯންޗުކޮށްފައިވާއިރު، މިއާއެކު 5 ޖީ ސަޕޯޓްކުރާ ފޯނުތައް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑް 800 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް މިހާރު 5ޖީ ލިބޭނެއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ މާލޭގެ ހުރިހާ ސަރަހައްދަކަށް 5ޖީ ފޯރުކޮށްދިނުމަކީ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ. ދެވަނަ ފިޔަވަހީގެ ތެރެއިން ހުޅުމާލެއާއި، ވިލިމާލެއަށް މި ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށާއި، އަދި ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް 5 ޖީ ތައާރަފުކުރެވިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ނިމުމުގެ ކުރިން އިތުރު 6 ރަށަކަށް ފައިބަރ ސަބްމެރިން ކޭބަލް ގުޅާލެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވިދާޅުވީ މިހާރު ރާއްޖޭގެ ޑޭޓާ ކެޕޭސިޓީ ބިލްޑްކުރާ މިންވަރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށެވެ. އެ ޑިމާންޑު ވަރަށް ބޮޑުވެފައިވާކަމަށާއި، އެހެންކަމުން މި ޑިމާންޑަށް ކޭޓަރ ކުރަން މަސައްކަތްކުރަންޖެހޭކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މި ޑިމާންޓަށް ކޭޓަރ ކުރުމަށް ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އަޅާފައިވާ ސަބްމެރިން ކޭބަލް އިތުރު ރަށްތަކަށް އަޅަން ނިންމާފައިވާކަމަށެވެ. މި ކޭބަލް އިތުރު 6 ރަށަކަށް ގުޅާލަން ނިންމާފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. އެ ރަށްތަކަކީ މާފުށި، ވެލިދޫ، މާމިނގިލި، ދުވާފަރު، ކުޑަހުވަދޫ އަދި ދަނގެއްޗެވެ. އަންނަ އަހަރު ނިމުމުގެ ކުރިން މި ރަށްތަކަށް ސަބްމެރިން ކޭބަލް އެޅިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީސް ކޭބަލް ކުޅުދުއްފުއްޓާ ސިންގަޕޯރއާ ދެމެދު ގާއިމްކުރެވިގެންދާނެކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ މިއީ އޭޝިއާއިން ބޭރު ގައުމަކާ ޕީސް ކޭބަލް ގުޅިގެންދާ ފުރަތަމަ ފަހަރު ކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި، ވަކިން ޚާއްސަކޮށް ގޭމް ކުޅޭ ކަސްޓަމަރުންނަށާއި، ސްޓްރީމިންތައް ބެނުންކުރާ ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ފަސޭހަތައް ވެގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު