Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަލްޓަން ޕާކް

އެންމެ ފަހުން ސަލްޓަން ޕާކް ތަރައްގީ ކުރަން ދިވެހި ސިފައިނަށް

ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ އެމްޓީސީސީއާ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 15 ޖޫން 2017 | ބުރާސްފަތި 07:29
ސަލްޓަން ޕާކްގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު މުއިއްޒު ބައްލަވާލައްވަނީ

ސަލްޓަން ޕާކްގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު މުއިއްޒު ބައްލަވާލައްވަނީ

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަވާލު ކޮށްގެން ތަރައްގީ ކުރަން ފެށި މާލޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޕާކް ކަމަށްވާ ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަޝްރޫޢު މިހާރު ކުރަމުން ދަނީ ދިވެހި ސިފައިން ކަން ރާއްޖެއެމްވީ އަށް އެނގިއްޖެއވެެ.

ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ސިފައިންނާ ހަވާލުކޮށްގެން ކަން ހާމަވެގެން ދިޔައީ ދާދި ފަހުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަލްޓަން ޕާކްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު ހައުސިން މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ފޮޓޯތަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެނގިފައިވާ ގޮތުގައި ސަލްޓަން ޕާކުގެ މަސައްކަތް ސިފައިގެ ކުންފުންޏެއް ކަމަށްވާ ސިވެކްއާ ހަވާލުކުރީ މިއަހަރުގެ ޖުލައި 26 ގައި މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލަން ސަރުކާރުން ބޭނުންވާތީ އެވެ. ނަމަވެސް ސިފައިންނާ މިމަސައްކަތް ހަވާލުކުރި ވަކި ދުވަހެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި ނިންމާނެ ކަމަށާއި މިދިޔަ އަހަރުގެ މިނިވަންދުވަހާ ގުޅުވައިގެން ސަލްޓަންޕާކު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ސަލްޓަން ޕާކް ތަރައްގީކުރާއިރު އެތަނުގެ ޑިޒައިން ކޮންސަލްޓެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ހިއްސާވާ ހޮޓަލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އެވެ.

ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަޝްރޫޢު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ އެމްޓީސީ އިން ބުނީ އެ ކުންފުނިން ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓާލީ ސަރުކާރުން އެ މަސައްކަތް ނިންމަން ބޭނުންވާ ތާރީހަށް އެ ކުންފުންޏަށް އެ މަސައްކަތް ނުނިންމޭނެތީ ކަމަށެވެ. އެގޮތުން ސަލްޓަން ޕާކް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ވަރަށް ގިނަ ސާމާނު ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެނު ކަމަށް އެމްޓީސީސީން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވިއެވެ.

އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ނިންމަން ބޭނުންވަނީ މއަހަރުގެ ޖޫން ނުވަތަ ހުލައި މަހަށް ކަމަށާއި ނަމަވެސް އެ ކުންފުނއެކަން ކުރެވެން ނެތުމުން ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު މަސައްކަތް ދޫކޮށްލީ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެ މަސައްކަތް ކުރަމުން ދަނީ ސިފައިންގެ ކުންފުންޏެއް ކަމަށް ސިވެކް އިން ކަމަށެވެ.

ސިފައިން ލައްވާ ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ ކުރިއަށްދާ ސަބަބު ސާފް ކުރުމަށް ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި މައުލޫމާތު ސާފް ކުރުމަށް މެސެޖް ކުރި ނަމަވެސް އެ މެސެޖަކަށް ވެސް ޖަވާބް ދެއްވާފައެއް ނުވެއެވެ.

ސަލްޓަން ޕާކްގެ ތަރައްގީގެ މަޝްރޫއު ނިމޭއިރު އެތަނުން ބޮޑު ބަދަލެއްް ފެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެގޮތުން ޕާކް ތަރައްގީކުރާއިރު އެތަނުގައި ފިނިފެންމާ ބަގީޗާއަކާއި، ސްނޯއާއި ފިނީގެ އިހްސާސް ކުރެވޭ ގޮތަށް އަދި އެތަނުގައި ސްކޭޓް ވެސް ކުރެވޭ ގޮތަށް ވިންޓަ ކޯނައެއް ހެދުމާއި، ގްރީން ޓަނަލް ވޯކްވޭއެއްގެ އިތުރުން ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ފައްވާރެއް ވެސް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި ޕާކް ތަރައްގީކުރާނީ ދިވެހި ސަގާފީ ގޮތްތައް ހިމަނައިގެން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ސަލްޓަން ޕާކަކީ މާލޭގައި ތަރައްގީ ކުރާ އެންމެ ބޮޑު އެންމެ ފެންވަރު ރަގަޅު ޕާކު ކަމަށާއި އެޕާކު ހެދުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ސަލްޓަން ޕާކަކީ މާލޭގައި ތަރައްގީ ކުރާ އެންމެ ބޮޑު ޕާކު ކަމަށާއި އެތަން ނިންމުމަށް ވަރަށް ގިނަ މަސައްކަތް ވެސް ކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ ސަލްޓަން ޕާކުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްދާ ކަމަށާއި އަމާޒަކީ ވީހާވެސް އަވަހަށް މަސައްކަތް ނިންމައި ޕާކު އާންމުންނަށް ހުޅުވާލުން ކަމަށެވެ.

މިދިޔަ އަހަރުގެ ފިތުރުއީދުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން ދެއްވި ހިތޯބުގައި ސަލްޓަން ޕާކާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ޙަރަކާތްތެރިވެވޭނެ އުފާވެރި ތަނަކަށް ސަލްޓަން ޕާކް ވަރަށް އަވަހަށް ބަދަލުކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ޢީދުދުވަހު ހަދިޔާއެއްގެ ގޮތުގައި ސަލްޓަން ޕާކް އެކުދިންނަށް ބޭނުންކުރެވޭ، ފޫހިފިލާ ތަނަކަށް ހައްދަވައިދެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވި ކަމަށެވެ. ނަމަވެސް ޕާރކް ތަރައްޤީކުރުން ލަސްވެގެންދިއުމުން ޢީދުދުވަހަށް ކުޑަކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ދެވޭ ގޮތް ނުވީ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސަލްޓަން ޕާކަކީ، ކުޑަކުދިން، އެދޭ ގޮތަށް، ޙަރަކާތްތެރިވެވޭނެ އުފާވެރި ތަނަކަށް އެތަން މިދިޔަ އަހަރުގެ ތެރޭގައި ބަދަލުވެގެންދާނެކަން ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ސަލްޓަން ޕާކް ތަރައްޤީ ކުރައްވަން ސަރުކާރުން ނިންމަވާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އެތަނުގެ މެއިން އެންޓްރެންސާއި، ފިނިފެންމާ ބަގީޗާއަކާއި، ކުޑަކުދިން ކުޅޭ ސަރަޙައްދަކާއި، ގާރޑް ރޫމެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި އެތަނުގައި ހުރި "އުސްގެކޮޅު" ހެއްދެވުމަށް ނިންމަވާފައި ވަނީ ކުޑަކުދިންނަށް ތާރީޚް ދަސްކޮށްދިނުމަށެވެ. ދެވަނަ ފިޔަވަހީގައި ހިމެނޭ ވިންޓަރ ތީމްގެ އިތުރުން، ޓްރީ ހައުސްއަކާއި، ވޯކް ވޭސްތަކާއި، އިތުރު ފިނިފެންމާ ބަގީޗާތަކެއް ވެސް ހެދުމަށް ނިންމާފައިވެއެވެ.

ސަލްޓަން ޕާކްގެ މަސައްކަތްތަކަށް ސިފައިން ނެރެފައިވާއިރު އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ކޮންވެންޝަން ސެންޓަރުގެ މަސައްކަތް އަވަސްކުރުމަށް ސިފައިން ނެރުމާ ގުޅިގެން އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތަކުގައި އެވާހަކަ ދައްކާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު