Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްދަރު ހާމަކުރުން

މަސްދަރު ހާމަކުރަންޖެހޭ މައްސަލައިގައި ޤާނޫނު އިސްލާޙުކުރުމަށް މަސައްކަތްކޮށްދޭނަން - ރައީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 ޖުލައި 2022 | އާދީއްތަ 10:00
ނޫސްވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

ނޫސްވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅާފައި ވުމާއިއެކު، އެކަމާ މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޙިއްޞާކުރައްވައިފިއެވެ.

މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

މިބައްދަލު ކުރެއްވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލު ކުރެއްވުމުގައި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ، ހެއްކާބެހޭ ޤާނޫނުގައި ހުރި، ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މިގޮތުން، އެޤާނޫނުގައި މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން، ޤައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާ މެދު ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

އަދި ހެއްކާބެހޭ ބިލް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް އިރު، އެމްޖޭއޭއިންނާއި ނޫސްވެރިން ބޭނުންވީ، މަސްދަރު ހާމަކުރުމާއި ގުޅޭ މާއްދާ ބިލުން މުޅިން އުނިކުރުމަށްކަމުގައި ވީނަމަވެސް، އެކަމާ މެދު އެފަރާތްތަކުން ދެކޭގޮތް މިހާރު ބަދަލުވެފައިވާ ކަމަށާއި، އެއީ އޮންނަން ޖެހޭނެ މާއްދާއެއްކަމުގައި މިހާރު ދެކޭކަމުގައި އެމްޖޭއޭއިން ވަނީ މި ބައްދަލުވުމުގައި ފާހަގަކޮށްފައެވެ. ނަމަވެސް މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން ޤާނޫނަށް ބައެއް އިސްލާޙްތައް ގެނައުމަށް ނޫސްވެރިން ބޭނުންވާކަން އެމްޖޭއޭގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާއި އެކަމުގެ ބޭނުން ސާފުކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި މިސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޤައުމުގައި ހަމަޖެހުން ޤާއިމްކޮށް ހުރިހާ ފަރާތްތަކަކަށްވެސް ރައްކާތެރިކަން ހޯދައިދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ވާހަކަތައް އަޑުއައްސަވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހެއްކާއި ބެހޭ ޤާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ޤައުމީ ސަލާމަތާއި ގުޅުންހުރި ކުށްތައް، ޤާނޫނުގައި ސާފުކޮށް ބަޔާންކޮށް، ޤާނޫނު އިސްލާޙުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަަމަށެވެ. މީގެ އިތުރުން މިހާރު އެކުލަވާލެވެމުންދާ މީޑިއާގެ ބިލާއި ގުޅޭ ގޮތުންވެސް ނޫސްވެރިންގެ ޚިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ބަންޑާރަ ނައިބު، އިބްރާހީމް ރިފްޢަތު ވަނީ ހެއްކާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް އަދި 6 މަސް ދުވަސް އެބައޮތްކަން ފާހަގަ ކުރައްވައި، އެޤާނޫނުން ނޫސްވެރިންނަށް ލިބިދޭ ހައްޤުތަކާއި މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނެ ގޮތްތަކާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ގޮތްތައްވެސް ސާފުކޮށް ދެއްވާފައެވެ.

އަދި ހެއްކާއި ބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ، މިނިވަން ދިމިޤުރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމުގައިވެސް ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު ވިދާޅުވިއެވެ.

ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2022/11) ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައި ވަނީ 18 ޖުލައި 2022 ގައެވެ.

ހެއްކާބެހޭ ބިލުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޖޭއޭ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު