Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޗަރުން ނުލިބޭ މައްސަލަ

ބައެއް ސްކޫލްތަކުގައި ރިލީފް ޓީޗަރުންގެ ނިސްބަތް ހުރީ 20-30 އިންސައްތާގައި – ދިރާސާ

ދިވެހި ދާއިމީ މުދައްރިސުންގެގޮތުގައި 5807 މުދައްރިސުން ކިޔަވައިދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖުލައި 2022 | ހޮނިހިރު 13:15
އިސްކަންދަރު ސްކޫލް

އިސްކަންދަރު ސްކޫލް

ތަމްރީނުނުވާ ރިލީފް ޓީޗަރުންގެ ނިސްބަތް ހުރީ 20 އިންސައްތައާ 30 އިންސައްތައާ ދޭތެރޭގައިކަމަށް، ތައުލީމީ ދާއިރާގެ ދިރާސީ ރިޕޯޓުގައި ބުނެފިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި, ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި، އޭގެ ސަބަބުތައް ދެނެގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައި ބުނެފައިވަނީ؛ ދިވެހިރާއްޖޭގައި ދަރިން ބިނާކުރުމުގެ މުހިންމު ދައުރު އަދި ގައުމީ ވާޖިބު އަދާކުރުމަށް 9000ށްވުރެ ގިނަ މުދައްރިސުން އަންނަނީ 91،000ށްވުރެ ގިނަ ކުދިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވަމުންކަމަށެވެ.

Advertisement - newsAdvertisement

އެއީ ސަރުކާރާއި ރައްޔިތުން އަދި އަމިއްލަ ފަރާތްތަކުން ހިންގާ 3000ށްވުރެ ގިނަ މަދަރުސާތަކުގައި ކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން 8000ށްވުރެ ގިނަ މުދައްރިސުންނާއި 78،000ށްވުރެ ގިނަ ދަރިވަރުންނަކީ ސަރުކާރުން ހިންގާ ސްކޫލްތަކަށް ނިސްބަތްވާ މުދައްރިސުންނާއި ދަރިވަރުންކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މުޅި ދިވެހިރާއްޖެގައި 91،278 ދަރިވަރުން ކިޔަވަމުން ގެންދާކަމަށެވެ. މީގެ ތެރެއިން 87 އިންސައްތަ ދަރިވަރުން ކިޔަވަމުންދަނީ ސަރުކާރު ހިންގާ 214 ސްކޫލްގައެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ؛ ތަމްރީނުނުވާ ރިލީފް ޓީޗަރުން ގިނަ އަދަދަކަށް ގެންގުޅެންޖެހޭކަމަށް ސަރުކާރުން ހާމަކޮށްފައިވާކަމަށެވެ. އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާވެސް ފާހަގަކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި ވޭތުވެދިޔަ 6 އަހަރަށް ބަލާއިރު ރިލީފް ޓީޗަރުންގެ އަދަދުތައް މުޅި ސްކޫލް ނިޒާމުގައި ހުރީ އެވްރެޖްކޮށް 9.2 އިންސައްތައިގައި ކަމަށް ބުނެފައިވެއެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، ރިލީފް ޓީޗަރުން އެންމެ ގިނައިން މަސައްކަތްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއީ 12.7 އިންސައްތައެވެ. ދެން އެންމެ ގިނައިން މަސައްކަތްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެއީ 10.8 އިންސައްތައެވެ. ވޭތުވެދިޔަ 2 އަހަރަށް ބަލާއިރު 2020 ވަނަ އަހަރު 8.9 އިންސައްތަ، އަދި 2021 ވަނަ އަހަރު މި އަދަދު ހުރީ 8.3 އިންސައްތައިގައެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ ވަކިވަކި ސްކޫލްތަކަށް ބަލާއިރު، މި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން ބައެއް ސްކޫލްތަކުގައި 20 އިންސައްތަ، އަދި ބައެއް ސްކޫލްތަކުގައި 30 އިންސައްތައަށްވުރެ ގިނައިން ރިލީފް ޓީޗަރުން ތިބިކަމަށް ދައްކައެވެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބަލާއިރު، 28.8 އިންސައްތަ ސްކޫލްގައި ރިލީފް ޓީޗަރުން  އެވްރެޖަށްވުރެ މަތިން ތިބިއިރު، 71.2 އިންސައްތަ ސްކޫލްގައި 71.2 އިންސައްތައަށްވުރެ ދަށުން ތިބިކަމަށް ދައްކައެވެ.

ނޮވެމްބަރު 2021އާ ހަމައަށް ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދިން މުދައްރިސުންގެ އަދަދަށް ބަލާއިރު، ދިވެހި ދާއިމީ މުދައްރިސުންގެ ގޮތުގައި 5807 މުދައްރިސުން ކިޔަވައިދީފައިވެއެވެ. އެއީ 70.9 އިންސައްތައެވެ. މީގެ ތެރެއިން މުދައްރިސާއިންގެ އަދަދަކީ 4664އެވެ. މުދައްރިސުންގެ އަދަދަކީ 1143އެވެ.

ތަމްރީނުނުވާ ޓީޗަރުންގެ އަދަދަކީ 683 ނުވަތަ 8.3 އިންސައްތައެވެ. އެއީ 597 މުދައްރިސާއިންނާއި 86 މުދައްރިސުންނެވެ. ކޮންޓްރެކްޓްކޮށްފައިވާ ބިދޭސީ މުދައްރިސުންގެ އަދަދަކީ 1708އެވެ. އެއީ 596 މުދައްރިސާއިންނާއި 1112 މުދައްރިސުންނެވެ. ނޮވެމްބަރ 2021އާ ހަމައަށް، އެކުޖުމްލަ 8198 މުދައްރިސުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވެފައިވާއިރު، މީގެ ތެރެއިން މުދައްރިސާއިންގެ ޖުމްލަ އަދަދަކީ 5857އެވެ. އެއީ 71.4 އިންސައްތައެވެ. މުދައްރިސުންގެ އަދަދަކީ 2341އެވެ. އެއީ 28.6 އިންސައްތައެވެ.

ސަރުކާރުން ހިންގާ 214 ސްކޫލުގައި ކިޔަވައިދިނުމަށް ދިވެހި ނަސްލުގެ 6490 މުދައްރިސުންނާއި 1708 ބިދޭސީ މުދައްރިސުން ހަރަކާތްތެރިވާއިރު، 20.8 އިންސައްތައިގެ ފަރަގެއް އެބަހުއްޓެވެ. މުދައްރިސާއިންނާއި މުދައްރިސުންގެ ފަރަގަށް ބަލާއިރު، ވޭތުވެދިޔަ 10 އަހަރުވެސް ގާތްގަޑަކަށް މުދައްރިސާއިންނާއި މުދައްރިސުންގެ މެދުގައި ފަރަގު ހުރިކަމަށް ދިރާސާގައި ބުނެފައިވާއިރު، ބިދޭސީ މުދައްރިސުން ނުހިމަނައި މި ފަރަގު ހުރީ 81.1 އިންސައްތައިގައެވެ. އަދި ހުރިހާ މުދައްރިސުންގެ ނިސްބަތުން މި އަދަދު ހުރީ 71.4 އިންސައްތައިގައެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ މުދައްރިސުންނާއި އެނޫންވެސް ފަންނީ މުވައްޒަފުން ބޭނުންވާވަރަށް ލިބުން ދަތިވެފައިވާއިރު، މި ދާއިރާއިން ވަކިވެގެންދާ އަދަދުތައްވެސް ގިނަކަމަށެވެ. ވޭތުވެދިޔަ 7 އަހަރު (2015ން 2021ށް) އެކިއެކި ސަބަބުތަކަށްޓަކައި 18 ޑެޕިއުޓީ ޕްރިންސިޕަލުންނާއި، 46 ޕްރިންސިޕަލުން ސަރުކާރު ސްކޫލްތަކުން ވަކިވެފައިވެއެވެ. ވޭތުވެދިޔަ 7 އަހަރު ސަރުކާރު ސްކޫލްތަކުން އެކި ގިންތީގެ ޖުމްލަ 1197 މުދައްރިސުން ވަކިވެފައިވެއެވެ. ވަކިވި މުދައްރިސުންގެ ތެރެއިން 1100 ނުވަތަ 92 އިންސައްތަ މީހުންނަކީ ޓީޗަރ ގިންތީގައި ތިބި މީހުންނެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2015 ވަނަ އަހަރު 33 ޓީޗަރުން މަގާމުން ވަކިވެފައިވެއެވެ. 2016 ވަނަ އަހަރު 357 ޓީޗަރުންނާއި 3 ސީނިއަރ ޓީޗަރުން މަގާމުން ވަކިވެފައިވެއެވެ. 2017 ވަނަ އަހަރު 169 ޓީޗަރުންނާއި 11 ސީނިއަރ ޓީޗަރުން މަގާމުން ވަކިވެފައިވާއިރު، 2018 ވަނަ އަހަރު 148 ޓީޗަރުންނާއި 14 ސީނިއަރ ޓީޗަރުން މަގާމުން ވަކިވެފައިވެއެވެ. 2020 ވަނަ އަހަރު 149 ޓީޗަރުންނާއި 25 ސީނިއަރ ޓީޗަރުން މަގާމުން ވަކިވެފައިވެއެވެ. 2020 ވަނަ އަހަރު 109 ޓީޗަރުންނާއި 13 ސީނިއަރ ޓީޗަރުން މަގާމުން ވަކިވެފައިވެއެވެ.

ސްކޫލުމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު