Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތަލަވުން

ތަލަވުމާއި ނުވުން ގުޅިފައިވަނީ ހަމަ އެންމެ ކަމަކާ!

27 ޖުލައި 2022 | ބުދަ 06:30

ޓީޖީއެފް-ބީޓާ އަކީ އިސްތަށިތައް ބައިވެ، މަރުވެދާ ދިއުން ކޮންޓްރޯލް ކުރާ ކެމިކަލްއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 27 ޖުލައި 2022 | ބުދަ 06:30
އިސްތަށިގަނޑަކީ އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން، އޭގެ ޒާތުގައި އަމިއްލައަށް ފައިބާ، އަލުން ފަޅާ އިޔާދަވަމުންދާ ހަމަ އެކަނި ގުނަވަން

އިސްތަށިގަނޑަކީ އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން، އޭގެ ޒާތުގައި އަމިއްލައަށް ފައިބާ، އަލުން ފަޅާ އިޔާދަވަމުންދާ ހަމަ އެކަނި ގުނަވަން

ތަލަވުމަކީ އެކަމަކާ ބައެއް މީހުން ހިތާމަ ކުރާ ކަމަކެވެ. އަނެއް ބަޔަކަށް އެއީ ފެޝަނެކެވެ. ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައިވީ ނަމަވެސް، ތަލަވުމާއި ނުވުން ގުޅިފައިވަނީ ހަމަ އެންމެ ކެމިކަލްއަކާ ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ.

އިނގިރޭސިވިލާތަށް ބަލާއިރު ފިރިހެނުންގެ އާބާދީގެ 3 ބައިކުޅަ 1 މީހުންނަކީ ތަލަވުމާ ކުރިމަތިލާންޖެހޭ ބައެކެވެ. ކަން މިހެން އޮތް އޮތް އިރު، ތަލައާ ގުޅިފައިވާ ކެމިކަލްއަކީ، ފާރު ފަސޭހަ ވުމުގެ ދުވެލިވެސް ހަލުވިކޮށްދޭ ކެމިކަލްއެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ރިވާސައިޑްގެ ދިރާސާ ޓީމުގެ ހޯދުންތަކުން ދައްކާ ގޮތުގައި، ބޮލުގެ އިސްތަށިތައް ބައިބައިވެ، މަރުވުމުގެ ޒިންމާ އުފުލަން ޖެހެނީ ހަމަ އެންމެ ކެމިކަލްއެކެވެ.

ބަޔޯފިޒިކަލް ޖާނަލްގައި އާންމުކޮށްފައި ވާ ދިރާސާ ކުރިއަށް ގެންދިއުމުގައި، ދިރާސާ ޓީމުން ވަނީ އިންސާނާގެ އިސްތަށިގަނޑަށް ހާއްސަ ސަމާލުކަމެއް ދީފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެހެނީ އިސްތަށިގަނޑަކީ އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން، އޭގެ ޒާތުގައި އަމިއްލައަށް ފައިބާ، އަލުން ފަޅާ އިޔާދަވަމުންދާ ހަމަ އެކަނި ގުނަވަނަށް ވުމެވެ.

ސައެންސްވެރިން ވަނީ މިކަމާ ގުޅިފައިވާ، ޒާތެއްގެ ޕްރޮޓީންއެއް ހޯދާފައެވެ. އެއަށް ދީފައިވާ ނަމަކީ ޓީޖީއެފް-ބީޓާއެވެ. އެއީ އިސްތަށިތައް ބައިވެ، މަރުވެދާ ދިއުން ކޮންޓްރޯލް ކުރާ ކެމިކަލްއެވެ.

ދިރާސާގެ މުސައްނިފެއް ކަމަށްވާ ކީޝުއާން ވޭންގް ބުނާ ގޮތުގައި ޓީޖީއެފް-ބީޓާއިން އަދާކުރާ، ވަރަށް ތަފާތު 2 ޒިންމާއެއް އޮވެއެވެ. އެއީ އާންމު މީހަކަށް ވިސްނޭނެ ފަދަ ތިލަ އިބާރާތަކުން ދަންނަވަނީނަމަ، އާ އިސްތަށި ފެޅުވުމާއި، އިސްތަށިތައް މަރާލުމުގެ ޒިންމާއެވެ.

އެކަން ތަފްސީލު ކޮށްދެމުން ވޭންގް ބުނީ އިސްތައްޓެއް އޭގެ ޒާތުގައި މަރުވި ކަމުގައި ވީ ނަމަވެސް، ބޮލު ތެރޭގައިވާ އޭގެ ސްޓެމް ސެލް ރިވާޒް ހުސް ނުވާ ކަމަށެވެ. ދިރިހުރި ސްޓެމް ސެލްއަށް ސިގުނަލް ލިބޭ ހިސާބުން ބައިވެ، އާ އިސްތައްޓެއް ފަޅައެވެ. އެހެން ކަމުން އިސްތަށީގެ ސްޓެމްސެލް ހަރަކާތްތެރި ކުރުވައިގެން، އިސްތަށި ފެޅުން އިތުރު ކުރެވިދާނެ ކަމަށް ދިރާސާގެ މުސައްނިފުން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް މިއީ އަދި ވަކި ހާއްސަ ދިރާސާތަކެއް ކުރިއަށް ގެންދަން ޖެހޭ ދާއިރާއެކެވެ.

ތަލަވުންބޮލުން އިސްތަށި ފޭބުންޓީޖީއެފް-ބީޓާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖޫން 2017

ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ

30 ޖޫން 2017
ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ
17 މެއި 2017

ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި

17 މެއި 2017
ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި
01 މެއި 2017

ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!

01 މެއި 2017
ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!
19 އެޕްރީލު 2017

ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި "ޑަންގަލް"  ދައްކާލަން ހަމަޖެހިއްޖެ

19 އެޕްރީލު 2017
ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި "ޑަންގަލް"  ދައްކާލަން ހަމަޖެހިއްޖެ
22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
20 މާރިޗު 2017

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން
18 ފެބުރުއަރީ 2017

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި
12 ފެބުރުއަރީ 2017

އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް

12 ފެބުރުއަރީ 2017
އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް
29 ޖެނުއަރީ 2017

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

29 ޖެނުއަރީ 2017
ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި
28 ޖެނުއަރީ 2017

"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި

28 ޖެނުއަރީ 2017
"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް