Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް

އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގެ އެއްވަނަ ރާއްޖެއަށް

ދިވެހި އެތުލީޓުން ވަނީ އެކި ކެޓަގަރީތަކުގައި ވާދަކޮށް ޖުމުލަ 17 ރަން މެޑައްޔާއި، ފަސް ސިލްވާ މެޑަލްގެ އިތުރުން 16 ބްރޯންޒް މެޑަލް ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2022 | ހޯމަ 03:22
އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ޓީމު

އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ޓީމު

އިންޑިއާގެ ޓަމިލްނާޑޫގެ ތިރުނަވެލީގައި ހުންނަ ވީ.އޯ.ސީ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ އޭޝިއަން ކަރާޓޭ މުބާރާތުގެ އެއްވަނަ ދިވެހިރާއްޖެއިން ހޯދައިފިއެވެ.

ރާއްޖެއިން މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އިންޑިއާގެ 10 ސްޓޭޓެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ބައިނަލްއަޤުވާމީ ކަރާޓޭ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ވާދަ ކުރި ރާއްޖެ ޓީމުގައި ހިމެނެނީ 14 އެތުލީޓުންނެވެ. އެއީ ޣިޔާޘުއްދީން ސްކޫލުގެ ނުވަ ދަރިވަރުންނާއި، ފިންލޭންޑް ސްކޫލުގެ ހަތަރު ދަރިވަރަކާއި މަޖީދިއްޔާ ސްކޫލުގެ އެއް ދަރިވަރެކެވެ.

ދިވެހި އެތުލީޓުން ވަނީ އެކި ކެޓަގަރީތަކުގައި ވާދަކޮށް ޖުމުލަ 17 ރަން މެޑައްޔާއި، ފަސް ސިލްވާ މެޑަލްގެ އިތުރުން 16 ބްރޯންޒް މެޑަލް ހޯދާފައެވެ. ރާއްޖެއިން މުބާރާތުގައި ވާދަކޮށް، މެޑަލް ހޯދި އެތުލީޓުންނަކީ އެލްމާ މުޙައްމަދު ޢަބްދުﷲ، އަލާނާ އައިޝާ ސާމިހް، މަލިސާ މަރްޔަމް ސާމިހް، މުޙައްމަދު މިޒާން އިމްދާދު، ޔޫސުފް އިލާން އާޒިމް، އީޝަލް އަލީ ފައުޒީ، ޒޯހާ އަޒްކާ އަޙުމަދު، ރައުޝާނާ އަސްމާ، އިޔާން އަޙުމަދު ނަސްރު، މުޙައްމަދު މައާން އަޙުމަދު ޠައްލަތު، ޒޯހާ ޢަބްދުﷲ، ޔަނާލް އަޙުމަދު ހުޝާމް، އައިޝަތު އަރްޝީ ޝިޔާޒް ސައީދު އަދި މުޙައްމަދު ނަޒާން ނާޝިދުއެވެ.

މުބާރާތުގައި ވާދަކުރި ޓީމުތަކަކީ ރާއްޖޭގެ އިތުރުން އަންދްރާ ޕްރަދޭޝް، ކެރެލާ، ޓަމިންނާޑޫ، ކަރްނަޓަކާ، ޓެލަންގަނާ، ގުޖްރާތު، މަހާރަސްތްރާ، މަދްޔާ ޕްރަދޭޝް، ޖާގަންޑް ޓީމް، އަދި ޕުންޖާބްއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އާދިއްތަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓަމިންނާޑުގެ ޕާލަމަންޓު ސްޕީކާއެވެ. މި ރަސްމިއްޔާތުގައި ވަނީ ދިވެހި ޓީމަށް ޓްރޮފީ ހަވާލުކޮށްފައެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 23 ން 24 ގެ ނިޔަލަށެވެ.

މިއީ ރާއްޖޭގައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދިނުމަށް އަދުގެ ސަރުކާރުން ކުރާ މަސައްކަތަށް އިތުރުވެގެންދާ ބޮޅެކެވެ.

ކަރާޓޭ ޓީމްއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2022

ރާއްޖޭގެ ކަރާޓޭ ޓީމަށް 60 މެޑަލް

06 ޑިސެމްބަރު 2022
ރާއްޖޭގެ ކަރާޓޭ ޓީމަށް 60 މެޑަލް
30 ޖުލައި 2022

ސާބިތުކޮށްދިނީ ކުޑަ ކުޅިވަރަކަށްވީ ނަމަވެސް، ޤައުމަށް ރީތި ނަން ހޯދައިދެވޭނެކަން

30 ޖުލައި 2022
ސާބިތުކޮށްދިނީ ކުޑަ ކުޅިވަރަކަށްވީ ނަމަވެސް، ޤައުމަށް ރީތި ނަން ހޯދައިދެވޭނެކަން
28 ޖުލައި 2022

ރަންވަނަ ހޯދި ކަރާޓޭ ޓީމު ރާއްޖެ އަތުވެއްޖެ

28 ޖުލައި 2022
ރަންވަނަ ހޯދި ކަރާޓޭ ޓީމު ރާއްޖެ އަތުވެއްޖެ
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު