Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް

ރަންވަނަ ހޯދި ކަރާޓޭ ޓީމު ރާއްޖެ އަތުވެއްޖެ

28 ޖުލައި 2022 | ބުރާސްފަތި 15:38

މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދިއިރު، 17 ރަން މެޑަލް، 7 ރިހި މެޑަލް އަދި 18 ލޯ މެޑަލް ހޯދާފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 ޖުލައި 2022 | ބުރާސްފަތި 15:38
އޭޝިއަން ކަރާޓޭ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމު

އޭޝިއަން ކަރާޓޭ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމު

އިންޑިއާގައި ކުރިއަށްދިޔަ އޭޝިއަން ކަރާޓޭ މުބާރާތުގެ އެއްވަނަ ހާސިލްކުރި ރާއްޖޭގެ ކަރާޓޭ ޓީމު އެނބުރި ރާއްޖެއަށް އަތުވެއްޖެއެވެ.

ޓީމު ރާއްޖެއައީ މިރޭ 7:15ހާއިރުއެވެ. މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދިއިރު، 17 ރަން މެޑަލް، 7 ރިހި މެޑަލް އަދި 18 ލޯ މެޑަލް ހޯދާފައިވެއެވެ. އެނބުރި ގައުމަށް އައުމަށްފަހު، މުބާރާތުގައި ބައިވެރިވި ރާއްޖޭގެ އެތުލީޓުން ބުނީ މިއީ އެ އެތުލީޓުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ބާއްވާ މިފަދަ ގިނަ މުބާރާތްތަކަކުން ފުރުސަތު ލިބުމުގެ މުހިންމުކަން ފާހަގަކުރިއެވެ.

ރާއްޖެއިން މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އިންޑިއާގެ 10 ސްޓޭޓެއްގެ މައްޗަށް ކުރިހޯދައިގެންނެވެ. މިއީ ބައިނަލްއަގުވާމީ ކަރާޓޭ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ވާދަކުރި ރާއްޖެ ޓީމުގައި ހިމެނެނީ 14 އެތުލީޓުންނެވެ. އެއީ ޣިޔާސުއްދީން ސްކޫލުގެ 9 ދަރިވަރުންނާއި، ފިންލޭންޑް ސްކޫލުގެ 4 ދަރިވަރުންނާއި މަޖީދިއްޔާ ސްކޫލުގެ ދަރިވަރެކެވެ.

ރާއްޖެއިން މުބާރާތުގައި ވާދަކޮށް، މެޑަލް ހޯދި އެތުލީޓުންނަކީ އެލްމާ މުހައްމަދު އަބްދުﷲ، އަލާނާ އައިޝާ ސާމިހް، މަލިސާ މަރްޔަމް ސާމިހް، މުހައްމަދު މިޒާން އިމްދާދު، ޔޫސުފް އިލާން އާޒިމް، އީޝަލް އަލީ ފައުޒީ، ޒޯހާ އަޒްކާ އަހުމަދު، ރައުޝާނާ އަސްމާ، އިޔާން އަހުމަދު ނަސްރު، މުހައްމަދު މައާން އަހުމަދު ތައްލަތު، ޒޯހާ އަބްދުﷲ، ޔަނާލް އަހުމަދު ހުޝާމް، އައިޝަތު އަރްޝީ ޝިޔާޒް ސައީދު އަދި މުހައްމަދު ނަޒާން ނާޝިދުއެވެ.

ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރީ; އަންދްރާ ޕްރަދޭޝް، ކެރެލާ، ޓަމިންނާޑޫ، ކަރްނަޓަކާ، ޓެލަންގަނާ، ގުޖްރާތު، މަހާރަޝްތްރާ، މަދްޔާ ޕްރަދޭޝް، ޖާގަންޑް ޓީމް، އަދި ޕަންޖާބެވެ.

މިއީ ރާއްޖޭގައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދިނުމަށް އަދުގެ ސަރުކާރުން ކުރާ މަސައްކަތަށް އިތުރުވެގެންދާ ބޮޅެކެވެ.

ކަރާޓޭ ޓީމްއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2022

ރާއްޖޭގެ ކަރާޓޭ ޓީމަށް 60 މެޑަލް

06 ޑިސެމްބަރު 2022
ރާއްޖޭގެ ކަރާޓޭ ޓީމަށް 60 މެޑަލް
30 ޖުލައި 2022

ސާބިތުކޮށްދިނީ ކުޑަ ކުޅިވަރަކަށްވީ ނަމަވެސް، ޤައުމަށް ރީތި ނަން ހޯދައިދެވޭނެކަން

30 ޖުލައި 2022
ސާބިތުކޮށްދިނީ ކުޑަ ކުޅިވަރަކަށްވީ ނަމަވެސް، ޤައުމަށް ރީތި ނަން ހޯދައިދެވޭނެކަން
25 ޖުލައި 2022

އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގެ އެއްވަނަ ރާއްޖެއަށް

25 ޖުލައި 2022
އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގެ އެއްވަނަ ރާއްޖެއަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް