Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް

ސާބިތުކޮށްދިނީ ކުޑަ ކުޅިވަރަކަށްވީ ނަމަވެސް، ޤައުމަށް ރީތި ނަން ހޯދައިދެވޭނެކަން

30 ޖުލައި 2022 | ހޮނިހިރު 05:16

މުބާރާތުގައި ރާއްޖެއިން ވަނީ 17 ރަން މެޑައްޔާއި، ހަތް ސިލްވާ މެޑަލްގެ އިތުރުން 18 ބްރޯންޒް މެޑަލް ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2022 | ހޮނިހިރު 05:16
މުބާރާތުގައި ވާދަކުރި ކަރާޓޭ ޓީމު

މުބާރާތުގައި ވާދަކުރި ކަރާޓޭ ޓީމު

މީގެ ކުރިން ކަރާޓޭ އަކީ ދިވެހިރާއްޖޭގައި ބަޔަކު އެހާ ބޮޑަށް ދަންނަ ކުޅިވަރަކަށް ނުވި ނަމަވެސް، މި ސަރުކާރުން އަންނަނީ އެ ކުޅިވަރުންވެސް ކުރިއަށްދާން ބޭނުންވާ އެތުލީޓުންނަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރަމުންނެވެ. ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ކަރާޓޭގެ ފަރިތަކުރުންތައް ކުރިއަށް ގެންދެއެވެ. ދާދި ފަހުން ވަނީ އިންޑިއާގައި ބޭއްވި އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް 14 އެތުލީޓުން ހިމެނޭ ދިވެހި ޓީމު އިންޑިއާ އަށް ދިޔައިރު، ދިވެހި ޓީމުގައި ހިމެނޭ 14 އެތުލީޓުންނަކީ ތިން ސްކޫލަކަށް ނިސްބަތްވާ ދަރިވަރުންނެވެ. އެއީ ޣިޔާޘުއްދީން ސްކޫލުގެ ނުވަ ދަރިވަރުންނާއި، ފިންލޭންޑް ސްކޫލުގެ ހަތަރު ދަރިވަރަކާއި މަޖީދިއްޔާ ސްކޫލުގެ އެއް ދަރިވަރެކެވެ.

މުބާރާތުގައި ދިވެހި ޓީމުން ވަނީ ޖުމުލަ 42 މެޑަލް ހޯދާފައެވެ. އެއީ 17 ރަން މެޑައްޔާއި، ހަތް ސިލްވާ މެޑަލްގެ އިތުރުން 18 ބްރޯންޒް މެޑަލްއެވެ. މިއީ ކަރޭޓޭގެ ބައިނަލްއަގުވާމީ މުބާރާތެއްގައި ދިވެހިރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

މުބާރާތުގައި މެޑަލް ހޯދި އެތުލީޓުންނަށް ބަލާއިރު، އެލްމާ މުހައްމަދު އަބްދު ﷲ ވަނީ ތިން ކެޓަގަރީއެއްގައި ބައިވެރިވެ ތިން މެޑަލް ހޯދާފައެވެ. އެއީ އިންޑިވިޖުއަލް ކަރާޓޭގައި ބައިވެރިވެ ރަން މެޑަލްއާއި، ޓީމް ކަރާޓޭ އަދި ސްޕެއަރިން ބައިން ބްރޯންޒް މެޑަލްއެވެ. އަލާނާ އައިޝާ ސާމިހް ވަނީ އިންޑިވިޖުއަލް ކަޓާއިން ސިލްވާ މެޑަލް އަދި ޓީމް ކަޓާ އިން ބްރޯންޒް މެޑަލް ހޯދާފައެވެ. ރާއްޖޭގެ މުޙައްމަދު މިޒާން އިމްދާދު ވަނީ ތިން ރަން މެޑަލް އާއި އެއް ބްރޯންޒް ހޯދާފައެވެ. މިޒާން ރަން މެޑަލް ހޯދީ އިންޑިވިޖުއަލް ކަޓާއިންނާއި ޓީމް ކަޓާ އަދި އޯޕަން ކަޓާއިންނެވެ. ސްޕެއަރިން ބައިން ވަނީ ބްރޯންޒް ހޯދާފައެވެ. ރާއްޖޭގެ މަލީސާ މަރިޔަމް ސާމިހު ވަނީ ޓީމް ކަޓާއިން ސިލްވަ މެޑަލް އާއި އިންޑިވިޖުއަލް ކަޓާ އަދި ސްޕެއަރިން ބައިން ބްރޯންޒް މެޑަލް ހޯދާފައެވެ.

ޔޫސުފް އިލާން އާޒިމް ވަނީ ދެ ރަން މެޑަލް އާއި ބްރޯންޒް މެޑަލެއް ހޯދާފައެވެ. އިލާން ރަން މެޑަލް ހޯދީ އިންޑިވިޖުއަލް ކަޓާއިންނާއި ޓީމް ކަޓާއިންނެވެ. އަދި ބްރޯންޒް މެޑަލް ހޯދީ ސްޕެއަރިން ބައިންނެވެ. އީޝަލް އަލީ ފައުޒީ ވަނީ ދެ ރަން މެޑަލް އާއި އެއް ސިލްވާ މެޑަލް އަދި އެއް ބްރޯންޒް މެޑަލް ހޯދާފައެވެ. އެއީ އިންޑިވިޖުއަލް ކަޓާ އަދި ސްޕެއަރިން ބައިގެ ރަން މެޑަލް އާއި ޓީމް ކަޓާގެ ސިލްވާ މެޑަލް އަދި އޯޕަން ކަމޫޓުގެ ބްރޯންޒް މެޑަލްއެވެ.

ރާއްޖޭގެ ޒޯހާ އަޒްކާ އަޙުމަދު ވަނީ ދެ ރަން މެޑަލް އާއި އެއް ބްރޯންޒް މެޑަލް ހޯދާފައެވެ. އެއީ ޓީމް ކަޓާ އާއި ސްޕެއަރިން ބައިން ރަން މެޑަލް އަދި އިންޑިވިޖުއަލް ކަޓާއިން ބްރޯންޒް މެޑަލްއެވެ. މީގެ އިތުރުން ރާއްޖޭގެ ރައުޝާނާ އަސްމާ ވަނީ ތިން ރަން މެޑަލް އަދި އެއް ސިލްވާ މެޑަލް ހޯދާފައެވެ. އެއީ އިންޑިވިޖުއަލް ކަޓާ، ޓީމް ކަޓާ އަދި ސްޕެއަރިން ބައިން ރަން މެޑަލް އަދި އޯޕަން ކަޓާއިން ސިލްވާ މެޑަލްއެވެ. އިޔާން އަޙުމަދު ނަސްރު ވަނީ އެއް ރަން މެޑަލް އާއި ދެ ބްރޯންޒް މެޑަލް ހޯދާފައެވެ. އެއީ ޓީމް ކަޓާގެ ރަން މެޑަލް އާއި އިންޑިވިޖުއަލް ކަޓާ އަދި ސްޕެއަރިން ކަޓާގެ ބްރޯންޒް މެޑަލްއެވެ.

މުޙައްމަދު މައާން އަޙުމަދު ޠައްލަތު ވަނީ އިންޑިވިޖުއަލް ކަޓާގައި ބައިވެރިވެ ރަން މެޑަލް ހޯދާފައެވެ. އަދި އޯޕަން ކަޓާގައި ބައިވެރިވެ ސިލްވާ މެޑަލް ހޯދާފައެވެ. މީގެ އިތުރުން ޒޯހާ ޢަބްދުﷲ ވަނީ ސްޕެއަރިން ބައިން ރަން މެޑަލް، އިންޑިވިޖުއަލް ކަޓާއިން ސިލްވާ މެޑަލް އަދި ޓީމް ކަޓާއިން ބްރޯންޒް މެޑަލް ހޯދާފައެވެ. ދެން ރާއްޖެއިން މެޑަލް ހޯދި އެތުލީޓަކީ ޔަނާލް އަޙުމަދު ހުޝާމްއެވެ. ޔަނާލް ވަނީ ޓީމް ކަޓާއިން ރަން މެޑަލް އަދި އިންޑިވިޖުއަލް ކަޓާ އާއި ސްޕެއަރިން ބައިގެ އިތުރުން އޯޕަން ކަޓާއިން ބްރޯންޒް މެޑަލް ހޯދާފައެވެ. ރާއްޖޭގެ އައިޝަތު އަރުޝީ ޝިޔާޒް ސައީދު ވަނީ ޓީމް ކަޓާއިން ސިލްވާ މެޑަލް އަދި އިންޑިވިޖުއަލް ކަޓާއިން ބްރޯންޒް މެޑަލް ހޯދާފައެވެ. މުޙައްމަދު ނަޒާން ނާޝިދު ވަނީ އިންޑިވިޖުއަލް ކަޓާ އާއި އޯޕަން ކަޓާއިން ބްރޯންޒް މެޑަލް ހޯދާފައެވެ.

މުބާރާތުގެ ރަން ވަނަ ހޯދި ޓީމު މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ރަން ވަނަތައް ހޯދި އެތުލީޓުން ދެކޭ ގޮތުގައި ލިބުނު ކާމިޔާބަކީ ވަރަށް ބޮޑު ކާމިޔާބެކެވެ. ޤައުމު ތަމްސީލުކޮށް، އަލަށް އެފަދަ ބޮޑު ފަޚުރެއް ޤައުމަށް ހޯދައިދެވުނީތީ އެ ކުދިން ތިބީ ވަރަށް އުފަލުންނެވެ. އެކުދިން ފާހަގަ ކުރި ގޮތުގައި މި ކާމިޔާބަކީ އެ ކުދިންގެ ބެލެނިވެރިންނާއި، ކޯޗުން އަދި ސްކޫލްތަކުގެ މުދައްރިސުންގެ އެހީތެރިކަމާއެކު ހޯދުނު ކާމިޔާބެއް ކަމަށެވެ.

މުބާރާތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބެލެނިވެރިޔަކު ބުނީ، އެތައް ބައިވަރު ކުދިންތަކަކާއެކު ކަރާޓޭ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވެލަން ލިބުމަކީ ދިވެހި އެތުލީޓުންނަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއަކަށް ވާނެކަމަށެވެ. މީގެ އިތުރުން ކަރާޓޭ އިން ކުރިއަށް ދާން ޝައުގުވެރިވާ ކުދިން ތިބިކަން ފާހަގަކޮށް، ބެލެނިވެރިޔާ ބުނީ ކުރިއަށް އޮތް ތަނުގައި މޮނިޓަރ ކުރެވިގެން އެ ކުދިންނަށް ޓްރެއިނިން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ އެ ކުދިންގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށެވެ. މި ދަތުރުގެ ސަބަބުން ބެލެނިވެރިންނަށް ވެސް ކަރާޓޭއާ ގުޅޭ ވަރަށް ގިނަ ކަންކަން ދަސްވިކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ. މީގެ އިތުރުން ސަރުކާރުންނާއި، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފާއި، މިނިސްޓްރީން ދެއްވާ އެއްބާރުލުން ފާހަގަކުރިއެވެ. ހަމައެއާއެކު އިންޑިއަން އެމްބަސީ އާއި މޯލްޑިވިއަން އެއާލައިން އަދި ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާގެ އިތުރުން ޓީމުގެ ސްޕޮންސަރުންގެ ޚިދުމަތް ވެސް ބެލެނިވެރިޔާ ވަނީ ފާހަގަކޮށްފައެވެ.

މި ކާމިޔާބަކީ އަދުގެ ސަރުކާރުން ދިވެހި ކުޅުވަރާއި، ކަރާޓޭ ކުރިއެރުވުމަށް ކުރާ މަސައްކަތަށް އިތުރުވެގެން ދިޔަ ބޮޅެއް ކަން ޔަގީނެވެ.

ކަރާޓޭ ޓީމްއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2022

ރާއްޖޭގެ ކަރާޓޭ ޓީމަށް 60 މެޑަލް

06 ޑިސެމްބަރު 2022
ރާއްޖޭގެ ކަރާޓޭ ޓީމަށް 60 މެޑަލް
28 ޖުލައި 2022

ރަންވަނަ ހޯދި ކަރާޓޭ ޓީމު ރާއްޖެ އަތުވެއްޖެ

28 ޖުލައި 2022
ރަންވަނަ ހޯދި ކަރާޓޭ ޓީމު ރާއްޖެ އަތުވެއްޖެ
25 ޖުލައި 2022

އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގެ އެއްވަނަ ރާއްޖެއަށް

25 ޖުލައި 2022
އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގެ އެއްވަނަ ރާއްޖެއަށް
22 އޯގަސްޓު 2017

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!
20 އޯގަސްޓު 2017

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!
31 ޖުލައި 2017

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް