Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސްގެ ގާބިލުކަން އިތުރުކުރުން

ކަސްޓަމްސްގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން

އިދާރާތަކާ ގުޅިގެން ބައެއް އޮޕަރޭޝަންތައް ހިންގާފައިވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖުލައި 2022 | ހޮނިހިރު 08:08
ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު

ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ، ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ ޚިދުމަތްތައް ކުރިއަރާފައިވާކަމަށެވެ. 

ނިޔާޒް ވިދާޅުވީ، ކަސްޓަމްސްގެ މަސައްކަތްތަކަށް ހުރި މައިގަނޑު ގޮންޖެހުމަކީ ވަސީލަތްތައް ނެތުމުގެ ދަތިކަން ކަމަށެވެ. އެގޮތުން ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުޑަ ގައުމަކަށްވާއިރު، ބަނދަރުތަކުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އަދިވެސް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ގައުމަކަށްވާއިރު، ބޯޑަރު ބެލެހެއްޓުމުގައި އެކި ގޮތްގޮތުން ކަސްޓަމްސްއަށް ގޮންޖެހުން ބޮޑު ކަންކަން ކުރިމަތިވާކަންވެސް ފާހަގަކުރެއްވިއެވެ. ނިޔާޒް ވިދާޅުވިގޮތުގައި މުޅި އެ މަސައްކަތުގައި ސިފައިންގެ ކޯސްޓްގާރޑާއި އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ.

ދާދި ފަހުންވެސް އެ އިދާރާތަކާ ގުޅިގެން ބައެއް އޮޕަރޭޝަންތައް ހިންގާފައިވާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން، މުވައްޒަފުންގެ ދަތިކަންވެސް ކުރިމަތިވެފައިވާއިރު، އެކަން ހައްލުކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ 2021 ވަނަ އަހަރާއި، މިހިނގާ 2022 ވަނަ އަހަރުވެސް މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ހަމައެކަނި އެއަރޕޯޓަށް ބަލާއިރުވެސް، ކަސްޓަމްސްގެ މުވައްޒަފުންނަށް ބަލަހައްޓަންޖެހޭ ތަންތަން ނުހަނު ގިނަ ކަމަށެވެ. ވަކިން ޚާއްސަކޮށް ބައެއް ރީޖަނަލް އެއަރޕޯޓުތައް ކުރިއަށް އޮތް ތަނުގައި އިންޓަރނޭޝަނަލް ވެގެންދާއިރު، ވަސީލަތްތަކާއި މުވައްޒަފުންގެ ދަތިކަމާއި ބަލައި ފާސްކުރުމަށް ބޭނުންވާ އެކި މެޝިނަރީތަކުގެ ދަތިކަން އޮވެދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ދާދި ފަހުންވެސް ޖަޕާން ސަރުކާރާއި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު، ކަސްޓަމްސްގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމްސްގެ އޮފީސްތައް ހުންނަ ސަރަހައްދުތަކުގެ ތެރޭގައި މާލޭގެ އިތުރުން ހއ. އުލިގަމާއި ހދ. ހަނިމާދޫއާއި ކުޅުދުއްފުށި ސިޓީއާއި ނ. މާފަރާއި ލ. ގަމާއި ގއ. ވިލިނގިއްޔާއި ސ. ހިތަދޫއާއި ސ. ގަން ހިމެނެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު