Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓީޖީއެސްޓީ ބޮޑުކުރުން

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ބާއްވަން ފެނޭ: މަޓާޓޯ

މިހާރުވެސް ފަތުރުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖެ އަގުބޮޑުވުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 23 ޖުލައި 2022 | ހޮނިހިރު 03:40
މަޓާޓޯގެ ނައިބުރައީސް މުހައްމަދު ޝާޒް ވަލީދް

މަޓާޓޯގެ ނައިބުރައީސް މުހައްމަދު ޝާޒް ވަލީދް

ފަތުރުވެރިކަމުގެ ޚިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ގައުމީ އެއަރލައިންގެ ދަތުރުތައް ޔޫރަޕަށް ބޭއްވުމުން މާ ފައިދާ ބޮޑުވާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)ގެ ނައިބުރައީސް މުހައްމަދު ޝާޒް ވަލީދު ވިދާޅުވެއްޖެއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ރޭޓު ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޓީޖީއެސްޓީ 16 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވުމާއެކު، މިކަމާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝާޒް ވިދާޅުވީ، މިހާރުވެސް ފަތުރުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިވެހިރާއްޖެ އަގުބޮޑުވުން ކަމަށެވެ. ވަކިން ޚާއްސަކޮށް އެއަރ ފެއަރ އަގުބޮޑުވުމުގެ ކަންބޮޑުވުން ފަތުރުވެރިން ފާޅުކުރާކަމަށެވެ.

އީސްޓް ޔޫރަޕް ގައުމަކުން ރާއްޖެ އަންނަން ޓިކެޓެއްގެ އަގު އުޅެނީ 2،000 ޔޫރޯއާ 3،000 ޔޫރޯއާ ދެމެދުގެ އަގެއްގައި ކަމަށާއި، އަނެއްކޮޅުން ރާއްޖޭގައި ތިބުމަށްވެސް ހަމަ އެވަރުގެ ޚަރަދެއް ކުރަންޖެހޭކަމަށް ޝާޒް ވިދާޅުވިއެވެ. އޭގެ އިތުރަށް ޓީޖީއެސްޓީއާއި، ގްރީން ޓެކްސްއާއި، އެއަރޕޯޓް ޓެކްސްއަކާއި، އަދި އިތުރު ފީތަކެއް އެމީހުން އަތުން ނަގާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމަށްވާއިރު، ޓީޖީއެސްޓީ ރޭޓު އިތުރަށް ބޮޑުކޮށްފިނަމަ އެެއިން ނުބައި ނަތީޖާއެއް ނުކުންނާނެކަން، ދުރުރާސްތާއަށް ބަލާލުމުން ފެންނަކަމަށް ޝާޒް ވިދާޅުވިއެވެ.

ޝާޒް ވިދާޅުވީ، ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ރާއްޖޭގެ އަމިއްލަ އެއަރލައިންގައި ފަތުރުވެރިން ގެނައުމުގެ ވިސްނުން ގެންގުޅުން މުހިންމުކަމަށެވެ. މީގެ ކުރިން 4.8 މިލިއަން ޓޫރިސްޓުން ރާއްޖެ އައިއިރު، އެމީހުންގެ ޓިކެޓަށް އެކަނި 3.1 ބިލިއަން ޑޮލަރު އަރާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ރާއްޖެ ބޭނުންކޮށްގެން ބަޔަކު ނަގާ ފައިދާއެއްކަމަށާއި، އެހެންކަމުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ގައުމީ އެއަރލައިން ވަރުގަދަކުރަން މަސައްކަތްކުރަންޖެހޭކަމަށް ޝާޒް ވިދާޅުވިއެވެ. މޯލްޑިވިއަން އެއަރލައިނުން ޔޫރަޕަށް ދަތުރުކުރަން ފަށައިފިނަމަ މާ ފައިދާ ބޮޑުވާނެހެން ހީވާ ކަމަށް ވިދާޅުވަމުން ޝާޒް ވިދާޅުވީ، އަހަރެއްގެ މައްޗަށް 350،000 ޓޫރިސްޓުން މޯލްޑިވިއަނުން ރާއްޖެ ގެނެވިއްޖެނަމަ ރާއްޖެއަށް 200 މިލިއަން ނުވަތަ 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށެވެ. އަދި އިތުރަށް 20 ވަރަކަށް މިލިއަން ޑޮލަރު ލިބިގެންދާކަމަށާއި، މިއީ މިހާރު ޓެކްސް ބޮޑުކޮށްގެން ލިބޭނެކަމަށް ބެލެވޭ 200 މިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން، އަންނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާއިރު، ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު