Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ބޮޑު މޮޅެއް ހޯދައި ނިއު އެއްވަނަ އަށް

21 ޖުލައި 2022 | ބުރާސްފަތި 04:18

މިއީ ސަސްޕެންޝަނުން ސަލާމަތްވި ފަހުން ނިއު އިން ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2022 | ބުރާސްފަތި 04:18
ނިއު އިން ކުޅުނު މެޗުގެ ތެރެއިން

ނިއު އިން ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ލޮރެންޒޯގެ ސްޕޯޓްސް ކުލަބުގެ މައްޗަށް ބޮޑު ނަތީޖާއަކުން ކުރި ހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އެއްވަނަ އަށް ޖެހިލައިފިއެވެ.

ގިނަ ދުވަސްތަކެއް ސަސްޕެންޝަންގައި އޮތުމަށްފަހު އެނބުރި އައިސް މި އަހަރުގެ ދެވަނަ ޑިވިޝަންގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި ޓީނޭޖް އަތުން މޮޅުވީ އެއް ނަންބަރު ޓާފްގައެވެ. ބުދަ ދުވަހުގެ ރޭގެ މެޗަކީ ސަސްޕެންޝަންގެ ފަހުން ގަލޮޅު ރަސްމީ ދަނޑުގައި ނިއު ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި ނިއުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެ، ބެރުގެ އަޑުން މުޅި ދަނޑު ގުގުމާލާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ނިއު އިން ލޮރެންޒޯ ބަލިކުރީ 6-0 ންނެވެ. ފުރަތަމަ ހާފުގައި ނިއު އިން ވަނީ ފަސް ލަނޑު ޖަހާފައެވެ. ހަ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެވަނަ ހާފުގައެވެ.

ފުރަތަމަ ހާފުގައި ނިއުގެ ލަނޑުތައް ޖެހީ ގާނާ މިޑްފީލްޑަރު ތޯރިގު، މުހައްމަދު ލިޔާހު، އަދި ކޯފޫއެވެ. މީގެ ތެރެއިން ތޯރިގު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ނިއުގެ ހަވަނަ ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ޖެހީ އަލީ އަޒުމީއެވެ.

މުބާރާތުގައި ނިއުގެ މެޗެއް ދެން އޮންނާނީ 24 ވަނަ ދުވަހުއެވެ. އެ މެޗުގައި އެ ޓީމުން ނުކުންނީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ވިކްޓަރީ އަކީ ވެސް ސަސްޕެންޝަންގައި އޮތުމަށްފަހު، އެކަމުން ސަލާމަތްވެ ދެވަނަ ޑިވިޝަންގައި ކުޅޭ ޓީމެކެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބް މޮޅުވިއިރު، ދެވަނަ މެޗުގައި ވަނީ އެލްޓީ އަތުން އެއްވަރުވެފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް