Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝިންޒޯ އަބޭގެ ތައުޒިޔާގެ ދަފްތަރު

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

އަބޭ އަވަހާރަކޮށްލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 19 ޖުލައި 2022 | އަންގާރަ 07:18
ޝިންޒޯ އަބޭގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވަނީ

ޝިންޒޯ އަބޭގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވަނީ

ޖުލައި މަހުގެ 8 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޝިންޒޯ އަބޭ ސިފަކުރައްވާފައި ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ. އަދި، އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްކަމަށާއި، ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެކަމުގައި އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

Advertisement - newsAdvertisement

ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރައްވާފައިވާ އަބޭއަށް ހަމަލާ ދީފައިވަނީ ނާރާ ސިޓީގައި އޮތް ސިޔާސީ ރެލީއެއްގައި ހުންނަވަނިކޮށް ވަރަށް ކައިރިންނެވެ. އެގޮތުން އެމަނިކުފާނަށް ބަޑިން ހަމަލާދިން މީހާ ހުރީ އެމަނިކުފާނާ އެންމެ 10ވަރަކަށް ފޫޓުގެ ދުރުމިނުގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ޖަޕާންގެ ދައުލަތުގެ މީޑިއާ އެންއެޗްކޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަބޭ އަށް ހަމަލާދިނީ ފިރިހެނެކެވެ. އަދި އޭނާ ހަމަލާދިނުމަށް ބޭނުންކުރި ބަޑިއަކީ އަމިއްލައަށް ހަދާފައިވާ އެއްޗެކެވެ. މި ހަމަލާއާއި ގުޅިގެން 41 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ޓެޓްސުޔާ ޔަމަގާމި ނަމަކަށް ކިޔާ މި މީހާ ފުލުހުން ކައިރި ބުނެފައިވަނީ އޭނާ އަބޭ އާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، ބޭނުންވީ އަބޭ އަވަހާރަ ކޮށްލަން ކަމަށެވެ.

ޖަޕާނަކީ ސިޔާސީ ހަމަނުޖެހުންތަކާއި ބަޑީގެ ހަމަލާތައް މަދު ޤައުމަކަށްވާއިރު އެފަދަ ޤައުމެއްގައި ސިޔާސީ އިސްވެރިއަކު އަވަހާރަކޮށްލަން ހަމަލާއެއް ދިނުމަކީ ސެކިއުރިޓީގެ އިހުމާލު ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި އެހާ ކައިރީގައި ހުރެ ހަމަލާދިނުމުގެ ފުރުސަތު ލިބުނުކަމީ އެހެން ސިޔާސީ ފަރާތްތަކާއި ޤައުމުގެ އިސް ބޭފުޅުންނަށް ވެސް ރައްކާތެރިކަން ނެތުްކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެ ޤައުމުގައި ވީއައިޕީ ފަރާތްތަކަށް ނުރައްކަލެއް އޮތްކަން ކަށަވަރު ނުވަނީސް ސެކިއުރިޓީ ދެނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް މިއީ ޖަޕާނު ފަދަ ބޮޑު ޤައުމެއްގައި އެ ފަންތީގެ ބޭފުޅަކަށް ސެކއިރުޓީ ދޭން ޖެހޭ ގޮތް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

25 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު