Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންގްލަދޭޝްގެ ވެއިޓަރު މަރާލުން

އާބިދަށް ކުރާ ދައުވާ: ހެކިން ހާޒިރު ނުކުރެވިގެން ކެންސަލް

ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 26 ޖޫން 2022 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖުލައި 2022 | ހޯމަ 07:21
ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލަ ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށެވެ. އެހެންނަމަވެސް، އަޑުއެހުން ކެންސަލްވެފައިވަނީ މައްސަލައިގެ ހެކިން ހާޒިރު ނުކުރެވިގެންކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 26 ޖޫން 2022 ގައެވެ. އެ އަޑުއެހުމުގައި ގާޒީ ޝަފީއު ވަނީ އިބްތިދާއީ މަރުޙަލާ ފައްޓަވައި، އޭނާއަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ.

އެއަށްފަހު ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އިއްވާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ މަރުގެ އަދަބެވެ.

ކުށުގައި ބައިވެރިވެއްޖެކަން ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އާބިދު ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭ ކަމަަށާއި، ޤަސްތު މަރުގެ ދައުވާއަށް އިންކާރު ކުރާކަމަށް އޭނާ ބުނެއެވެ.

އޭނާ ދައުވާއަށް އިންކާރު ކުރުމާއެކު ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.

މި މައްސަަލައާ ގުޅިގެން ދައުލަތުން ހެކި ރައްކާތެރި ކުރުމުގެ އަމުރެއްވެސް ހުށައަޅާފައިވެއެވެ. އެއީ މި މައްސަލައިގެ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓެވެ.

މި މައްސަލައިގައި ހިމެނޭ ގިނަ ހެކިންނަކީ ޕާކިސްތާނު އަދި ބަންގްލަދޭޝް ރައްޔިތުންކަން ފާހަގަކޮށް އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝަރީއަތުގެ މަރުޙަލާ ފެށުމުގެ ކުރިން ހެކިބަސް ކުރީބައިގައި ނެގުމަށް އެދިފައެވެ. ވުމާއެކު، ގާޒީ ޝަފީއު ވަނީ މި މައްސަލައިގައި ހިމެނޭ 11 މީހުންގެ ހެކިބަސް ނަގަން ފެށުމަށް ނިންމަވާފައެވެ. އެއީ ފަހަށް ރައްކާ ކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ދަށުން ނަގާ ހެކިބަސްތަކެކެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު