Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓެކްސް ބޮޑުކުރުން

ޖެނުއަރީ އެކަކުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަސައްކަތްކުރަނީ

ޖީއެސްޓީ ބޮޑުކުރަނީ 6 އިންސައްތައިން 8 އިންސައްތައަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ޖުލައި 2022 | އާދީއްތަ 04:12
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން މަސައްކަތްކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ވަނީ ނިންމާފައެވެ. މިގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާއިރު، ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

Advertisement - businessAdvertisement

މި ބަދަލުތަކާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ސަރުވަޝް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން މި ބަދަލުތަކަށް އަމަލުކުރަން ފަށަން މަސައްކަތްކުރަމުންދާކަމަށެވެ.

ސަރުވަޝް ވިދާޅުވީ މިކަންކަމަށް ގެންނަ ކޮންމެ ބަދަލަކާއެކު އާންމު ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ހަގީގަތުގައި ދައުލަތުން މި އާމްދަނީ ބޭނުންކުރަނީ އާންމު ރައްޔިތުންގެ ބޭނުންތަކަށާއި، ޚިދުމަތްތަކަށް ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

އެހެންނަމަވެސް ކޮންމެ ބަދަލަކާއެކުވެސް ރަނގަޅު ކަންތައްތަކަކާއި ނުރަނގަޅު ކަންތައްތަކެއް ފެންމަތިވާއިރު، އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު އުފުލިގެން ދިއުމަކީ އަންނާނެ ސައިޑް އިފެކްޓެއް ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ މިކަންކަމަށް ބަލާފައި، މި ބަދަލަކީ މިވަގުތު ގެނައުން މުހިންމު ބަދަލެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އާންމު ރައްޔިތެއްގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ނިންމާނީ ވަރަށް ގިނަ ކަންކަމަށް ބަލައި އިތުރު އޮޕްޝަނެއް ނެތް ނަމަ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސަރުވަޝް އިތުރަށް ވިދާޅުވީ ޓީއެސްޓީ ބޮޑުކުރުމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އަބަދުވެސް ފާޅުކުރާ ކަންބޮޑުވުމަކީ ނޯޓިސް ކުޑަވުން ކަމަށެވެ. މިކަމުގައި އެފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަންވެސް ސަރުވަޝް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ރޭޓްތައްވެސް ދުނިޔޭގެ އެހެނިހެން ގައުމުތަކާއި، ސްމޯލް އައިލެންޑް ޑިވަލަޕިންގް ސްޓޭޓްތަކާއި، ޓުއަރިޒަމް ގައުމުތަކާ ބަލާއިރު ރާއްޖޭގެ ރޭޓްތައް ހުރީ ދަށްކޮށް ކަމަށް އައިމްއެފް، ވޯރލްޑް ބޭންކްފަދަ ތަންތަނުގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާކަމަށެވެ.

ޖީއެސްޓީ ޓީޖީއެސްޓީފިނޭންސް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު