Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުދައްރިސުންގެ މަސައްކަތް

މުދައްރިސުން ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ކުޑަވަނީ 4 ސަބަބަކާހެދި

މުދައްރިސުންނަށް ވަރކް-ލައިފް ބެލެންސް ނުކުރެވި، އެމީހުންގެ ދިރުއުޅުމަށް ވެސް ނޭދެވޭ އަސަރުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ޖުލައި 2022 | އާދީއްތަ 01:52
ސްކޫލް ދަރިވަރުން ފީލްޑަށް ނުކުމެ

ސްކޫލް ދަރިވަރުން ފީލްޑަށް ނުކުމެ

މުދައްރިސުން ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ކުޑަވާ މައިގަނޑު 4 ސަބަބު ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި، ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައެވެ.

Advertisement - newsAdvertisement

މި ދިރާސާގައި މުދައްރިސުން ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ކުޑަވާ މައިގަނޑު 4 ސަބަބުން ފާހަކޮށްފައިވެއެވެ. އެގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ 95 އިންސައްތަ ބުނަނީ އެއީ މުސާރައާއި އިނާޔަތްތައް ނިސްބަތުން ކުޑަވުމެވެ. އަދި ވަރކްލޯޑް ބޮޑުވުމާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުން ކަމަށް 70 އިންސައްތަ މީހުން ގަބޫލުކުރެއެވެ. ހައްގުތައް ކަށަވަރު ނުވުމާއި ހައްގުތަކަށް ރައްކާތެރި ނުވާކަމަށް 48 އިންސައްތަ މީހުން ގަބޫލުކުރި އިރު ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތް ކަމަށް 32 އިންސައްތަ މީހުން ގަބޫލުކުރެއެވެ.

ދިރާސާގައި ބައިވެރިވި 91 އިންސައްތަ މުދައްރިސުންނަކީ ކިޔަވައިދިނުމަށް ޝައުގުވެރިކަން ހުރެގެން އެންމެ ފުރަތަމަ ކުރިމަތިލާފައިވާ މީހުންނެވެ. ނަމަވެސް މުދައްރިސްކަމުގައި އެވްރޭޖްކޮށް ދިވެހި ނަސްލުގެ މުދައްރިސުން 14 ވަރަކަށް އަހަރު ހޭދަކުރާ އިރު، ޝައުގުވެރިކަން ހުންނަ މުދައްރިސުންގެ ނިސްބަތް އެވްރޭޖްކޮށް ހުރީ 74 އިންސައްތައިގައެވެ. ކިޔަވައިދިނުމުގެ ފަންނުގައި ދެމިހުރުމަށް ޝައުގުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުދިންދެކެ ލޯބިވުން، ރަނގަޅު ޖީލެއް ބިނާކުރުން، ކިޔަވައިދިނުމުން އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުން ހިމެނެއެވެ. މިއީ އިންޓްރިންސިކް އަދި އެލްޓްރުއިސްޓިކް ޝައުގުވެރިކަމެވެ.

މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން މުދައްރިސުން ފާހަގަކުރި މައިގަނޑު 4 ސަބަބުތަކުގެ ތެރޭގައި އެހެން ދާއިރާތަކާ އަޅާ ބަލާއިރު މުސާރަ އާއި އިނާޔަތްތައް ދަށްވަމުން ދިއުމާއި، އިތުރުގަޑީގެ ފައިސާ 10 އިންސައްތައުގައި ހިފެހެއްޓިގައި ހުރުން އަދި އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ އިތުރުން ދިވެހިންނާއި ބިދޭސީ މުދައްރިސުންގެ އިނާޔަތްތަކުގެ ފަރަގު ހުރުން ހިމެނެއެވެ.

ވަރކްލޯޑް އިތުރުވެފައިވުމުގެ ސަބަބުން ވަރަށް ގިނަ މުދައްރިސުންނަށް ވަރކް-ލައިފް ބެލެންސް ނުކުރެވި، އެމީހުންގެ ދިރުއުޅުމަށް ވެސް ނޭދެވޭ އަސަރުކޮށް، އަމިއްލަ އާއިލާއަށާއި ދަރިންނަށް އަޅާލާންވާ ވަރަށް އަޅާނުލެވޭކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މި ތީމްގެ ދަށުން ހޯދުމުގެ އެންމެ މުހިންމު 4 ކަމުގެ ތެރެގައި ވަޒީފާގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން އިތުރުވުމާއި، ކުއްލިކުއްލިއަށް ނިންމަންޖެހޭ މަސައްކަތް ގިނަވުމުގެ އިތުރުން އާދަޔާ ހިލާފަށް އިތުރު ހަރަކާތްތައް ގިނަވުމާއި، އައު ޕޮލިސީތަކުން ޒިންމާތަކެއް އިތުރުވުން ހިމެނެއެވެ.

ދިރާސާގައި ބޭނުންކުރި ސަރވޭގެ ބައިވެރިންގެ ތެރެއިން 48 އިންސައްތަ މުދައްރިސުން ފާހަގަކުރި ގޮތުގައި މުދައްރިސުންގެ ހައްގުތައް ކަށަވަރުނުވުމަކީ އަދި އެ ހައްގުތަކަށް އިހްތިރާމުނުކުރުމަކީ މުދައްރިސުން މި ދާއިރާއަށް ޝައުގުވެރިކަން ކުޑަވާ ސަބަބެއްކަމަށް ބުނެފައިވެއެވެ. އަދި ތައުލީމީ ދާއިރާއަށް އަދި ވަކިން ހާއްސަކޮށް މުދައްރިސުންނާ މެދު ގަދަރު ކުޑަވާނެހެން އަދި އިހްތިރާމު ކުޑަވާނެހެން އަމަލުކުރެވޭ އަދި މުހާތަބުކުރެވޭ ހާލަތްތައް ސްކޫލުގެ މާހައުލުގެ ތެރެއިންނާ މުޖްތަމައުއިން އެކި މިންވަރަށް އެކި ހާލަތްތަކުގައި ދިމާވަމުންދާކަމަށް ވެސް މުދައްރިސުން ފާހަގަކޮށްފައިވެއެވެ.

މަސައްކަތްކުރާ ތަނާއި، ވަސީލަތްތަކުގެ ތީމުގެ ދަށުން ކިޔަވައިދިނުމުގެ ފަންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި، ސްޓާފްރޫމުގެ ހާލަތު ދަށްވުން، އިންޓަރނެޓުގެ ސްޕީޑް ލަސްވުން، ކިޔަވައިދިނުމުގައި ބޭނުންވާ ތަކެތި ނުލިބުން އަދި ލެބޯޓަރީތަކާއި ލައިބްރަރީތަކުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ނުކުރެވުން ހިމެނެއެވެ.

ޓީޗަރުންމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު