Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާޖް ގްނަބްރީގެ ކުރިމަގު

ބަޔާންގައި މަޑުކުރަން ގްނަބްރީ ނިންމައިފި

ގްނަބްރީ ވަނީ އިތުރު ހަތަރު އަހަރު ބަޔާންގައި މަޑުކުރަން އެއްބަސްވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖުލައި 2022 | ހޮނިހިރު 04:57
ގްނަބްރީ ޓްރޮފީއަކާއެކު

ގްނަބްރީ ޓްރޮފީއަކާއެކު

ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ ޖަރުމަނުގެ ވިންގަރ ސާޖް ގްނަބްރީ އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ.

ގްނަބްރީ ބަޔާން އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހުސްވި ޖޫން މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެއާއިއެކު ބަޔާނުން ވަނީ އޭނާއަށް ކުލަބުގައި މަޑުކުރުމަށް އެދި އައު އެއްބަސްވުމެއް ހުށައަޅާފައެވެ. ނަމަވެސް، ނިމުނު ސީޒަނަށްފަހު އޭނާ ބަޔާން ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް އޭރު ވަނީ ފެތުރިފައެވެ. އެކަމުގައި ބަޔާން އާއި ގްނަބްރީއާ ދެމެދު އޭރު ޚިޔާލު ތަފާތުވުންތަކެއް އޮތް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެކަމާ ގުޅޭ ގޮތުން ބަޔާންގެ ރައީސް ހާބާޓް ހައިނާ އޭރު ބުނީ، ބަޔާނުން ގްނަބްރީއާ މަޝްވަރާކުރަމުން އަންނަކަމަށާއި، އޭނާއާ ދެމެދު އެއްބަސްވުމަކަށް އޭދެވިފައި ނުވާކަމަށެވެ. އޭރު ހާބާޓް ބުނީ ބަޔާނުން އުންމީދުކުރަނީ ގްނަބްރީ ބަޔާންގައި މަޑު ކުރާނެ ކަމަށެވެ.

މަޝްވަރާތަކަށްފަހު ގްނަބްރީ މިހާރު މިވަނީ ބަޔާންގައި މަޑުުކުރަން ނިންމާފައެވެ. ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި އޭނާ ބަޔާންގައި އިތުރު ހަތަރު އަހަރު މަޑުކުރާނެއެވެ. އެހެންކަމުން ބަޔާން އާއިއެކު އޭނާ ދެން ހަދާ އެއްބަަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ އިތުރުން ރޮމާނޯ ބުނި ގޮތުގައި އައު އެއްބަސްވުމުގައި ގްނަބްރީ ވަރަށް އަވަހަށް ސޮއިކުރާނެއެވެ.

އުމުުރުން 26 އަހަރުގެ ގްނަބްރީ ބަޔާނަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އާސެނަލް އަށް ވެސް ކުޅެފައެވެ. ބަޔާން އަށް ބަދަވި ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ޓީމަކަށް ކުޅެފައެވެ. ގްންބަރީ ވަނީ ބަޔާނަށް 171 މެޗު ކުޅެދީ 63 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ ބަޔާން އާއިއެކު ޖަރުމަނު ލީގު ހަތަރު ފަހަރު، ޖަރުމަނު ކަޕް ދެ ފަހަރު، ޖަރުމަނު ސުޕަ ކަޕް ދެ ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއް ފަހަރު ހޯދާފައެވެ.

ސާޖް ގްނަބްރީބަޔާން މިއުނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު