Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތުން

ގޮތަބަޔާ ވަޑައިގަތީ ހިމާޔަތް ހޯއްދަވައިގެނެއްނޫން: ސިންގަޕޫރު

ގޮތަބަޔާ ސިންގަޕޫރުގެ ހިމާޔަތަށް އެދިވަޑައިގެންފައިނުވާކަމަށް އެ ގައުމުން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖުލައި 2022 | ބުރާސްފަތި 13:26
ގޮތަބަޔާ ރާޖަޕަކްސަ

ގޮތަބަޔާ ރާޖަޕަކްސަ | -

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތީ ހިމާޔަތް ހޯއްދަވައިގެން ނޫންކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ނެރެފައިވާ ބަޔާނެއްގައި ވަނީ، ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށާއި، އެ ހުއްދަ އެމަނިކުފާނަށް އަރުވާފައިވާކަމަށެވެ. އަދި އެމަނިކުފާނު ސިންގަޕޫރުގެ ސަރުކާރުގައި ހިމާޔަތަށް އެދިވަޑައިގެންފައި ނުވާކަމަށާއި އެފަދަ ހިމާޔަތެއް ދީފައި ނުވާނެކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިންގަޕޫރަކީ އާއްމުކޮށް މީހުންނަށް ހިމާޔަތް ދޭ ގައުމެއް ނޫންކަމަށްވެސް އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ގޮތަބަޔާ ފިއްލަވައިގެން އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެންމެ ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. ރާއްޖޭގައި 1 ދުވަސް ހޭދަކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގަތީ ބުރާސްފަތި ދުވަހުގެ ހަވީރު 5:30ހާއިރުއެވެ.

ލަންކާގެ ނޫހެއްކަމަށްވާ ނިއުސް ކަޓާގައި ސިންގަޕޫރުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ގޮތަބަޔާ އެ ގައުމުގައި ދެތިން ދުވަހު މަޑުކުރައްވާނެކަމަށެވެ.

ބޭރުގެ މީޑިއާތައް ރިޕޯޓްކުރާގޮތުގައި ގޮތަބަޔާ ސިންގަޕޫރުގައި މަޑުކުރެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ ސައޫދީ އަރަބިއްޔާއަށެވެ. އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް އަރުވާފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ގައުމުގެ ރައްޔިތުން ހާލުގައި ޖެއްސުމަށްފަހު ގޮތަބަޔާ ފިއްލަވައިގެން ރާއްޖެވަޑައިގަތުމުން ލަންކާ ރައްޔިތުން ވަނީ ރާއްޖެއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް ވަނީ އެކަން ކުށްވެރިކޮށް މުޒާހަރާކޮށްފައެވެ.

ގޮތަބަޔާ ރާޖަޕަކްސަސިންގަޕޫރުސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
05 އޯގަސްޓު 2025

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

05 އޯގަސްޓު 2025
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
02 އޯގަސްޓު 2025

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި

02 އޯގަސްޓު 2025
ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި
17 ޖުލައި 2025

ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!

17 ޖުލައި 2025
ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!
01 ޖުލައި 2025

މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!

01 ޖުލައި 2025
 މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!
01 ޖުލައި 2025

ރާއްޖެ އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ

01 ޖުލައި 2025
ރާއްޖެ އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެ
30 ޖޫން 2025

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

30 ޖޫން 2025
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
30 ޖޫން 2025

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި

30 ޖޫން 2025
ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި
30 ޖޫން 2025

އޯކިޑް ހައިބްރިޑަކަށް، ރައީސުލްްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފި

30 ޖޫން 2025
އޯކިޑް ހައިބްރިޑަކަށް، ރައީސުލްްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު