Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޓާލިންގ ސިޓީ ދޫކޮށްލުން

ވަދާއީ މެސެޖަކާއެކު ސްޓާލިންގ ޗެލްސީއަށް ބަދަލުވެއްޖެ

ސްޓާލިން ބުނީ އޭނާ ސިޓީއަށް އައީ 20 އަހަރުގައި، ސިޓީ ދޫކޮށް އޭނާ ދަނީ މީހެއްގެ ގޮތުގައި ހުރެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2022 | ބުރާސްފަތި 03:33
ސްޓާލިންގ

ސްޓާލިންގ

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި އިންގްލޭންޑުގެ ވިންގަރ ރަހީމް ސްޓާލިންގ އެ ޓީމު ދޫކޮށް ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ހަތް އަހަރު ދުވަހު ސިޓީއަށް ކުޅުމަށްފަހު ސްޓާލިންގ އެ ޓީމު ދޫކޮށް ޗެލްސީއަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސްޓާލިންގ ޗެލްސީގައި މަޑުކުރާނެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. ސްޓާލިންގ އަކީ ޗެލްސީގެ އައު އޯނަރު ޓޮޑް ބޮހްލީ ޓީމާ ހަވާލުވި ފަހުން އެ ޓީމުން ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ސިޓީ ދޫކޮށްލަން ނިންމައި ސްޓާލިންގ ފޮނުވި ވަދާއީ މެސުޖުގައި އޭނާ ބުނީ ސިޓީގައި ހޭދަކުރި ހަތް އަހަރާއި، އެ ޓީމާއެކު ކާމިޔާބުކުރެވުނު 11 ތައްޓަކީ އޭނާގެ އުމުރު ދުވަހުގެ ހަނދާނެއް ކަމަށެވެ. ސްޓާލިންގ ވަނީ ސިޓީގައި އޭނާގެ ކުރިއެރުމަށް މަސައްކަތް ކޮށްދިން ކޯޗިން ސްޓާފުންނާއި، ޓީމުގެ ކުޅުންތެރިންނާއި، އެހެނިހެން ސްޓާފުންގެ އިތުރުން ޓީމުގެ އެންމެހައި ސަޕޯޓާރުންނަށް ޝުކުރު އަދާކޮށްފައެވެ.

ސްޓާލިންގ ވަނީ ސިޓީގައި ހޭދަކުރި ދުވަސްތަކުގައި ކުރިމަތިލާން ޖެހުނު އުސްގަނޑުތަކާއި އަޑިގަނޑުތަކަށް ޝުކުރު ކުރާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އަޑި ގަނޑުތަކާއި ދިމާވި ވަގުތުތަކުގައި އޭނާގެ ހިތްވަރު ޓެސްޓުވެގެން ދިޔަކަން ފާހަގަކޮށް ސްޓާލިންގ ބުނީ، އޭނާއަށް މިއަދު މީހުންގެ ކުރިމަތީގައި ހުރެވެނީ އޭގެ ސަބަބުން ކަމަށެވެ. މެސެޖު ނިންމާލަމުން ސްޓާލިން ބުނީ އޭނާ ސިޓީއަށް އައީ 20 އަހަރުގައި ކަމަށާއި، ސިޓީ ދޫކޮށް އޭނާ ދަނީ މީހެއްގެ ގޮތުގައި ހުރެކަމަށެވެ. އަދި އޭނާ ވަނީ ސިޓީގެ ޖަރޒީގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެެއް ކަމަށް ބުނެފައެވެ.

ލިވަޕޫލުން ސީނިއަރ ކެރިއަރު ފެށި ސްޓާލިންގ ސިޓީއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ޓީމަށް 339 މެޗު ކުޅެދީ 131 ލަނޑު ޖަހައިދީފާއެވެ. އެ މުއްދަތުގައި އޭނާ ވަނީ ސިޓީއާއެކު 11 ތައްޓެެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއެކު 21-2020 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައެވެ.

މެންޗެސްޓަރ ސިޓީރަހީމް ސްޓާލިންޗެލްސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު