Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޫނީ ޑީސީ ޔުނައިޓެޑާ ހަވާލުވުން

ރޫނީ އެމެރިކާގެ ކުލަބަކާ ހަވާލުވަނީ

ރޫނީ ކޯޗިން ކެރިއަރު ފަށާފައިވަނީ ކައުންޓީން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2022 | ހޯމަ 11:18
ވޭން ރޫނީ

ވޭން ރޫނީ | ޓްވީޓަރ

ވޭން ރޫނީ އެމެރިކާގެ ޑީސީ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާން ނިންމައިފިއެވެ.

ރޫނީ އޭނާގެ ސީނިއަރ ކެރިއަރު ހުއްޓާލީ 2021 ވަނަ އަހަރުއެވެ. ސީނިއަރ ކެރިއަރު ހުއްޓާލުމަށްފަހު ކޯޗިން ކެރިއަރު އޭނާ ފަށާފައިވަނީ އޭނާ އެންމެ ފަހުން ކުޅުނު ކުލަބް ކަމަށްވާ ޑާބީ ކައުންޓީންނެވެ. ދާދި ފަހުން އޭނާ ވަނީ އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމާފައެވެ.

ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ޑީސީ ޔުނައިޓެޑުގެ ކޯޗުކަމަށް ރޫނީ ހަމަޖެއްސުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އޭނާ ބުނި ގޮތުގައި ރޫނީ ޑާބީ ކައުންޓީ ދޫކޮށްލި ހިސާބުން ފެށިގެން ޑީސީ ޔުނައިޓެޑުން އޭނާ ގެންދަން ބޭނުންވިއެވެ. މީގެ އިތުރުން އޭނާ ބުނި ގޮތުގައި ޑީސީ ޔުނައިޓެޑުން މިހާރު ވަނީ ރޫނީއަށް ހުށަހަޅާނެ އެއްބަސްވުން ވެސް ތައްޔާރުކޮށްފައެވެ.

ރޫނީ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2002 ވަނަ އަހަރު އެވަޓަން އިންނެވެ. އޭގެ ފަހުން 2004 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ އެވަޓަން ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައެވެ. އޭނާ ވަނީ ޔުނައިޓެޑަށް ކުޅެދިން 559 މެޗުގައި 253 ލަނޑު ޖަހާފައެވެ. ރޫނީ ވަނީ ޔުނައިޓެޑާއެކު ހޭދަކުރި މުއްދަތުގައި އެ ޓީމާއެކު 16 ތައްޓެއް ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑު ދޫކޮށް 2017 ވަނަ އަހަރު އޭނާ ބަދަލުވީ ކުރީގެ ކުލަބް އެވަޓަން އަށެވެ. އެއް އަހަރު އެ ޓީމަށް ކުޅުމަށް ފަހު ދެން އޭނާ ބަދަލުވީ ޑީސީ ޔުނައިޓެޑަށެވެ. އެ ޓީމަށް ދެ އަހަރު ކުޅެދިނުމަށް ފަހު އެންމެ ފަހުން އޭނާ ބަދަލުވީ ޑާބީ ކައުންޓީއަަށެވެ.

ވޭން ރޫނީ

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2024

ބާމިންގހަމްގެ ކޯޗުކަމުން ރޫނީ ވަކިކޮށްފި

03 ޖެނުއަރީ 2024
ބާމިންގހަމްގެ ކޯޗުކަމުން ރޫނީ ވަކިކޮށްފި
12 އޮކްޓޯބަރު 2023

މަތީ ފަންތީގައި ކޯޗުކަން ކޮށްދޭން އަބަދު ވެސް ބޭނުންވޭ: ރޫނީ

12 އޮކްޓޯބަރު 2023
މަތީ ފަންތީގައި ކޯޗުކަން ކޮށްދޭން އަބަދު ވެސް ބޭނުންވޭ: ރޫނީ
11 އޮކްޓޯބަރު 2023

ބާމިންގހަމް ސިޓީގެ ކޯޗަކަށް ރޫނީ ހަމަޖައްސައިފި

11 އޮކްޓޯބަރު 2023
ބާމިންގހަމް ސިޓީގެ ކޯޗަކަށް ރޫނީ ހަމަޖައްސައިފި
08 އޮކްޓޯބަރު 2023

ވޭން ރޫނީގެ ޑީސީ ޔުނައިޓެޑް އެއްބަސްވުން ނިމުމަކަށް، ބާމިންގހަމް ސިޓީއާ ހަވާލުވަނީ

08 އޮކްޓޯބަރު 2023
ވޭން ރޫނީގެ ޑީސީ ޔުނައިޓެޑް އެއްބަސްވުން ނިމުމަކަށް، ބާމިންގހަމް ސިޓީއާ ހަވާލުވަނީ
18 ޖުލައި 2023

އެމްއެލްއެސްގައި މެސީއަށް ފަސޭހައެއް ނުވާނެ: ރޫނީ

18 ޖުލައި 2023
އެމްއެލްއެސްގައި މެސީއަށް ފަސޭހައެއް ނުވާނެ: ރޫނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު