Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޗަރުންގެ މަސައްކަތް

ރަސްމީ ގަޑިން ބޭރުން މަސައްކަތް ކުރާ ޓީޗަރުންނަށް 'ޓީޗަރ އެލަވަންސް' ހަމަޖެއްސުމަށް ހުށަހަޅައިފި

ބިދޭސީ މުދައްރިސުންނާ ރަށުން ބޭރުގައި މަސައްކަތް ކުރާ ދިވެހި ނަސްލުގެ މުދައްރިސުންނަށް ލިބޭ އިނާޔަތްތައް ތަފާތު ނުކުރުން ނުވަތަ ތަފާތު ކުޑަ ކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ޖުލައި 2022 | އާދީއްތަ 08:25
ރަސްމީ ގަޑިން ބޭރުން މަސައްކަތް ކުރާތީ އެކަމަށް އެކަށޭނެ ހައްލެއް ގެނައުމަށް އެދިފައިވޭ

ރަސްމީ ގަޑިން ބޭރުން މަސައްކަތް ކުރާތީ އެކަމަށް އެކަށޭނެ ހައްލެއް ގެނައުމަށް އެދިފައިވޭ

މުދައްރިސުންގެ މުސާރު ބޮޑުވުމުން، ރަސްމީގަޑީގެ ބޭރުން ކިޔަވައިދިނުމާ ގުޅޭ ގިނަ މަސައްކަތެއްގައި މުދައްރިސުން ސްކޫލާއި ސްކޫލުން ބޭރުގައި މަސްއޫލުވާންޖެހޭނެ ކަމަށް ބަލައި، އެކަށީގެންވާ ރަނގަޅު މިންވަރެއްގެ ފިކްސްޑް "ޓީޗަރ އެލަވަންސެއް" ހަމަޖެއްސުމަށް ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި އޭގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައެވެ.

Advertisement - newsAdvertisement

މި ރިޕޯޓުގެ ހުށަހެޅުންތަކުގައި ބުނެފައިވަނީ މި ދިރާސާއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ކުރަންޖެހޭ މަސައްކަތަށް ބަލާއިރު، އެމީހުންގެ މުސާރައަށާއި އިނާޔަތްތަކަށް ރަނގަޅު ބަދަލެއް ނައިސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އިތުރުގަޑިއަށްދޭ ފައިސާ 10 އިންސައްތައިގައި ހިފަހެއްޓިފައި ވުމާއި، ދެވަނަ ވަޒީފާއެއް އަދާކުރުން މަނާކުރާތީ އެޑިއުކޭޝަން މިނިސްޓްރީން ފަންނީ އިދާރާތަކުގެ ކަމާ ގުޅުން ހުރި މުވައްޒަފުންނަށް ދޭ އެލަވަންސް (ނޮން-ޕްރެކްޓިސް އެލަވަންސް) ފަދަ އިނާޔަތްތައް ތައުލީމީ ދާއިރާގައި ނުލިބޭކަން ވެސް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުގެ އެހެނިހެން ބައެއް އިދާރާތަކުގައި އިތުރުގަޑިއަށް ދޭ ފައިސާ ތައުލީމީ ދާއިރާގައި ދޭ ރޭޓަށްވުރެ މަތީ ރޭޓްތަކުގައި އެބަހުރި ކަމަށް ބުނެފައިވެއެވެ. މިފަދަ ސަބަބުތަކާއި ހުރެ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަންނީ މުވައްޒަފުން މި ދާއިރާއަށް ޝައުގުވެރިކަން ކުޑަވެ މުދައްރިސުންނާއި ފަންނީ މުވައްޒަފުން ލިބުން ދަތިވެފައިކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީ މުދައްރިސުންނާއި، ތަމްރީނު ނުވާ ވަގުތީ މުދައްރިސުން ދާއިރާގައި މަސައްކަތް ކުރަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މުސާރައަށް ހެޔޮ ބަދަލެއް ނާންނަތާ އަހަރުތަކެއް ފަހުން، މުދައްރިސުންގެ މުސާރަ 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މުދައްރިސުންގެ ފަންނުގެ އިތުރުގަޑި ކަނޑައެޅުމަކީ ފަސޭހަ ކަމެއް ނޫންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކިޔަވައިދިނުމުގެ ފަންނަކީ މުދައްރިސުން ކްލާސްރޫމުގައި ކިޔަވައިދޭ ވަގުތަށްވުރެ އިތުރުން ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުން ދެވޭ އިތުރުގަޑީގެ ފައިސާއަކީ އެއްވެސް ލިމިޓެއް ނެތި ދޫކުރެވޭ، ވަކި މިންގަނޑެއް ކަނޑަނޭޅޭ ކަމަކަށްވުމަކީ މުޅި މާލީ ނިޒާމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި ކުރަންޖެހޭ މަސައްކަތަށް ކަނޑައެޅޭ އެކަށީގެންވާ މުސާރައާއި އިނާޔަތް ދިނުމަށްފަހު، އިތުރު ގަޑީގެ އުޖޫރަ ދެވޭ ރޭޓްތައް އިންސާފުވެރި އަދި ހަމަހަމަ ނުވަތަ ހާމަނައިޒޭޝަން އަންނާނެ ފަދަ ގޮތަކަށް ސިޔާސަތު ބައްޓަން ކުރުން މުހިންމު ކަމަށް ވަނީ ބުނެފައެވެ. އިތުރުގަޑިއަށް އުޖޫރަ ދޭނަމަ، ހުރިހާ ދާއިރާއަކަށް ވެސް ހަމަހަމަ ކަމާއެކު ލިބޭނެ އުސޫލެއް ގެންގުޅުންޖެހޭކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. ހަމަހަމަ ކަމާއެކު އުޖޫރަތައް ނުދެވޭނެމަ، އިޖްތިމާއީ އަދާލަތު ގެއްލި، ދުރު މުސްތަގުބަލަކަށް ގައުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މިކަން ހައްލުކުރުމަށް އެއް ހުށަހެޅުން ހުށަހަޅާފައިވާ އިރު، 5 ކަމެއް ތަފްސީލުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރާ ފަރާތްތަކަށް، ކުރާ މަސައްކަތާ އެކަށޭނެ ރަނގަޅު މުސާރައަކާއި އިނާޔަތްތައް ހަމަޖެއްސުމެވެ.

ޓީޗަރުންމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު