Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޓާލިންގ ޗެލްސީއަށް

ޗެލްސީއާއި ސިޓީން ސްޓާލިންގެ އަގާމެދު އެއްބަސްވުމަކަށް!

ސްޓާލިންގ ޗެލްސީއަށް ބަދަލުވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 10 ޖުލައި 2022 | އާދީއްތަ 02:48
ކޯޗު ޕެޕްގާޑިއޯލާއާއެކު ސްޓާލިންގ، ކްލަބާމެދު މައްސަލައެއް ނެތް

ކޯޗު ޕެޕްގާޑިއޯލާއާއެކު ސްޓާލިންގ، ކްލަބާމެދު މައްސަލައެއް ނެތް

ފޯވާޑް ރަހީމް ސްޓާލިންގ ވިއްކާލުމުގެ އަގާމެދު މެންޗެސްޓަރ ސިޓީއާއި ޗެލްސީން އެއްބަސްވުމަކަށް އައިސްފިއެވެ.

މެންޗެސްޓަރ ސިޓީގެ އިނގިރޭސި ފޯވާޑް ސްޓާލިންގ ވިއްކާލުމަށް ދެކްލަބުން އެއްބަސްވެފައިވަނީ 50 މިލިއަން ޕައުންޑަށްކަމަށް ރިޕޯރޓްތައް ބުނެއެވެ. ރިޕޯރޓްތައް ބުނާގޮތުން ސްޓާލިންގ ޗެލްސީއާއެކު ސޮއިކުރާނީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. 27 އަހަރުގެ ފޯވާޑާއެކު ސިޓީން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެއް އަހަރެވެ. ޗެލްސީގެ އިތުރުން އެހެން ބައެއް ކްލަބްތަކުގެ ހުށަހެޅުންވެސް ސިޓީން މިދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގައި މުހިއްމު ހިއްސާއެއްވި ފޯވާޑަށް ލިބިފައިވެއެވެ. ސްޓާލިންގ 2015 ވަނަ އަހަރު މެންޗެސްޓަރ ސިޓީއަށް ބަދަލުވީ ލިވަޕޫލުންނެވެ. ސްޓާލިންގ ވަނީ ސިޓީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި, އެކްލަބަށް 339 މެޗުން 131 ގޯލް ޖަހާފައެވެ. އިނގިރޭސި ޤައުމީ ޓީމަށް 77 މެޗު ކުޅެދީފައިވާ ފޯވާޑް ވެގެންދާނީ ޗެލްސީގެ އާވެރިން ހަވާލުވިފަހުން ކަލަބްގެ ފުރަތަމަ ބޮޑު ޓްރާސްފަރއަށެވެ.

އަންނަ ހަފްތާގައި ޗެލްސީން ޕްރީ ސީޒަން ޓުއަރއަށް އެމެރިކާއަށް ފުރުމުގެ ކުރިން ސްޓާލިންގ ޗެލްސީއަށް ބަދަލުވުމުގެ ކަންކަން ނިމޭނެކަމަށް ރިޕޯރޓްތައް ބުނެއެވެ. ސްޓާލިންގ ކްލަބް ބަދަލުކުރަނީ ސިޓީގައި ލިބޭ ފުރުޞަތު މަދުވުމާއެކު ކެރިއަރުގައި އާ ޗެލެންޖެއް ނެގުމަށެވެ. ސްޓާލިންގެ ކުރިން ސިޓީގެ ބްރެޒިލް ފޯވާޑް ޖީސޫސް ވަނީ އާސެނަލްއަށް ބަދަލުވެފައެވެ. ސިޓީން އެޓީމްގެ ކުރި ބަދަލުކުރީ ނޯވޭގެ ފޯވާޑް ހާލާންޑްއާއި, އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވާރޭޒްގެ ސޮއި ހޯދައިގެންނެވެ.

ރަހީމް ސްޓާލިންޗެލްސީމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު