Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރުން ލިބުމުގައި ހުރި ދަތިތައް

ޓީޗަރުން ހޯދުމަށް މެދު ރާސްތާގެ "ހިއުމަން ރިސޯސް ޑިވަލަޕްމަންޓް ޕްލޭން"އެއް އެކުލަވާލުމަށް ހުށަހަޅައިފި

މޮޅެތި ދަރިވަރުން މުދައްރިސްކަމަށް ހިތްޖައްސައި، ޝައުގުވެރިކުރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތައާރަފްކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖުލައި 2022 | ހޮނިހިރު 10:12
ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލުން

ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލުން

ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުން ހޯދައި ތަމްރީނުކުރުމަށް މެދު ރާސްތާގެ "ހިއުމަން ރިސޯސް ޑިވަލަޕްމަންޓް ޕްލޭން"އެއް އެކުލަވާލުމަށް ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި، ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި އޭގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައެވެ.

މި ރިޕޯޓުގައި; މުދައްރިސްކަމުގެ ފަށާ ތަމްރީނު ޕްރޮގްރާމުތަކަށް އޮތް ޑިމާންޑް ދަށްވެ، އޭލެވެލް ނިންމާ މޮޅެތި ކުދިން މި ޕްރޮގްރާމުތަކަށް ކުރިމަތިނުލާކަމަށް ވަނީ ބުނެފައެވެ. ތަރައްގީވަމުން އައިސްފައިވާ ބައެއް ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، 1990އާ 2002އާ ދެމެދު ޗިލީގައި މުދައްރިސުންގެ މުސާރަ ވަރަށް ބޮޑަށް ބޮޑުކޮށް، މުދައްރިސުންނަށް ވާން ބޭނުންވި ފެންވަރު ރަނގަޅު ކުދިންނަށް ސްކޮލަރޝިޕް ދިނުމުގެ ސަބަބުން ޗިލީގައި މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި ބައިވެރިވި އަދަދު 39 އިންސައްތައަށް އިތުރުވެފައިވާކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން 2021 ވަނަ އަހަރު ސިއްހީ ދާއިރާއަށް، އަދި 2022 ވަނަ އަހަރު އެކައުންޓިންގ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އަލަށް އިއުލާން ކުރެއްވިފަދަ ޚާއްސަ ސްކޮލަރޝިޕް ސްކީމެއް، ކިޔަވައިދިނުމުގެ ދާއިރާއިން، އެންމެ ބޭނުންތެރި ބޮޑު، ތަމްރީނުވެފައިވާ މުދައްރިސުން ނެތް ދާއިރާތަކަށާއި ދަރިވަރުން ހޯދުމަށް އުނދަގޫ ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން އިއުލާންކުރުން މުހިންމުކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ރިޕޯޓުގައި މިކަމާގުޅިގެން 3 ހުށަހެޅުމަށް ވަނީ ހުށަހަޅާފައެވެ. ފުރަތަމަ ހުށަހެޅުމަކީ ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުން ހޯދައި ތަމްރީނުކުރުމަށް، މެރު ރާސްތާގެ 'ހިއުމަން ރިސޯސް ޑިވަލަޕްމަންޓް ޕްލޭން'އެއް އެކުލަވާލުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މޮޅެތި ދަރިވަރުން މުދައްރިސްކަމަށް ހިތްޖައްސައި، ޝައުގުވެރިކުރުވުމަށްޓަކައި، އޭލެވެލް ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ، ކިޔަވައިދިނުމުގެ ފަންނު ޚިޔާރުކޮށް އެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތައާރަފްކުރުމަށް ހުށަހަޅާފައިވެއެވެ.

ތިންވަނަ ކަމަކަށް ހުށަހަޅާފައިވަނީ ފެންވަރު ރަނގަޅު ދަރިވަރުން ޓީޗިންގ ޕްރޮގްރާމުތަކަށާއި، މިފަންނަށް ހިތްޖައްސުވައި ޝައުގުވެރި ކުރުވުމަށްޓަކައި، ކެރިއަރ ގައިޑެންސް ފުޅާ ދާއިރާއެއްގައި ސްކޫލްތަކުގެ ދަރިވަރުންނަށް ދިނުމާއި، މަސައްކަތުގެ ތަޖުރިބާއާއި އިންޓަރންޝިޕް ފަދަ ކަންކަމުގެ ތެރެއިން، ސްކޫލް ދަރިވަރުން އެ ކުދިން ސްކޫލްތަކުގައި ކިޔަވަމުންދާ ދުވަސްވަރު، ކިޔަވައިދިނުމުގެ ދާއިރާއިން ތައާރަފް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ. އަދި މިކަމުގައި ބެލެނިވެރިންނާއި ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އާންމުކޮށް މުޖްތަމައުގެ ބައިވެރިވުން އިތުރު ކުރުން މުހިންމުކަމުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގެ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއި ކަށަވަރުކުމުގެ ބައިގައި ބުނެފައިވަނީ، ކޯސްތަކުން ދަސްވެނި ވެގެން ނުކުންނަ މުދައްރިސުންގެ ފެންވަރު މިހާރަކަށް އައިސް ދަށްކަމަށް ހޯދުންތަކުން ދައްކާކަމަށެވެ. މީގެ ސަބަބުންތަކުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް، ރާވައި ހިންގުމުގައި ހުރި މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ދަށް އެންޓްރީ ކްރައިޓީރިއާއަކުން ދަރިވަރުން ޕްރޮގްރާމުތަކަށް ވެއްދުމާއި، ޕްރޮގްރާމު މުޅިން ނުނިންމައި، ޕްރޮގްރާމުގެ އެކި ލެވެލްތަކުން ސަނަދު ހާސިލްކޮށްގެން ނުކުމެ މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރެވޭގޮތަށް އޮތުމާއި، ޕްރޮގްރާމުގެ އޮނިގަނޑާއި، ކިޔަވައިދޭ މޯޑާއި މުއްދަތާގުޅޭ ކަންކަން ހިމެނެއެވެ.

މިކަންކަން ރަނގަޅުކުރުމަށް 4 ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މުދައްރިސްކަމުގެ ފަށާ ތަމްރީނު ޕްރޮގްރާމުތަކަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ނުވަތަ އެއާ އެއްފެންވަރުގެ، ދާއިރާއަކާ ގުޅުންހުރި ފައުންޑޭޝަން ކޯހެއްކަމަށް ކަނޑައަޅައި، އޯލެވެލްގެ އިނގިރޭސިން ފާސްވުން ނުވަތަ އެ ފެންވަރު ހުރިކަން ސާބިތުކޮށްދިނުން ކަމުގައި ހަމަޖެއްސުމެވެ. އަދި މެދު ރާސްތާގެ ހިއުމަން ރިސޯސް ޑިވަލަޕްމަންޓް ޕްލޭނެއް އެކުލަވައިލުމެވެ.

ދެވަނަ ހުށަހެޅުމަކީ މުދައްރިސުންގެ ގައުމީ ކޮންޕިޓެންސީ ސްޓޭންޑަރޑް ވީހާ އަވަހަކަށް ނިންމުމާއި ޝާއިއު ކުރުމާއި ތަންފީޒުކުރުމެވެ. އެގޮތުން މުދައްރިސުންގެ ތައުލީމުގެ ޕްރޮގްރާމުތަކުގެ އެކި ލެވެލްތަކުން އެގްޒިޓް ކޮލިފިކޭޝަނެއް ދޭނަމަ، އެލެވެލްއަކުން ފުރިހަމަކުރަންޖެހޭ ނުވަތަ ހާސިލުކުރަންޖެހޭ އެންމެ ކުޑަ މިންވަރެއް (ކޮމްޕިޓެންސީ ސްޓޭންޑަރޑްސް) ހާސިލުވެފައިވާކަން ޔަގީންވާގޮތަށް މި ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމަށް ލާޒިމުކޮށް، އަދި އެގޮތުގެމަތިން ނޫނީ އެ ޕްރޮގްރާމުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފާސްނުކުރުމަށް ވަނީ އެދިފައެވެ.

އަދި ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުން ގެންދާ މުދައްރިސުންގެ ތައުލީމުގެ ޕްރޮގްރާމްތަކުގެ އަވަސް ކޮލިޓީ އޮޑިޓެއް ހެއްދުން ވެސް ހިމެނެއެވެ.

ތިންވަނަ ހުށަހެޅުމަކީ އޭލެވެލް ނުވަތަ އެއާ އެއްފެންވަރުގެ، ދާއިރާއާ ގުޅުންހުރި ފައުންޑޭޝަން ކޯހެއް ހެދުމަށްފަހު، ތިން އަހަރު ދުވަހުގެ ފުރަތަމަ ޑިގްރީއަކާއެކު، އެއް އަހަރު ދުވަހުގެ މުދައްރިސްކަމުގެ ޚާއްސަ ތަމްރީނު ނިންމައި ސަނަދު ހޯދުމަށްފަހު، ނުވަތަ ހަތަރު އަހަރު ދުވަހުގެ ބެޗްލަރ އޮފް އެޑިއުކޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ސްކޫލުތަކުގައި ކިޔަވައިދިނުމަށް ނުކުންނަ ގޮތަށް ހަމަޖެއްސުމެވެ.

4 ވަނަ ހުށަހެޅުމަކީ މުދައްރިސުން ތަމްރީނުކުރާ ޕްރޮގްރާމުތަކުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި، ދަސްކުރާ މުދައްރިސުން ހުށަހަޅާ އެސައިންމަންޓްތައް ޕްލެޖަރިޒަމްއަށް ޓެސްޓްކުރެވޭނެ ނިޒާމެއް މުދައްރިސުންގެ ތަމްރީނުކުރާ ހުރިހާ މަރުކަޒުތަކުގައި ގާއިމްކޮށްފައިވާކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމާއެކު، ގަވާއިދުން މޮނިޓަރކުރުމެވެ.

ޓީޗަރުންމިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
08 ޖުލައި 2025

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
30 ޖޫން 2025

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

30 ޖޫން 2025
ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު
27 ޖޫން 2025

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު