Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައު ރަންވޭ

އައު ރަންވޭ މިއަހަރުގެ ފަހުކުއާޓަރގައި ބޭނުންކުރަން ފެށޭނެ – ތޯހާ

ޓާރގެޓަކީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާފައި އައު ރަންވޭ ހުޅުވުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖުލައި 2022 | ބުރާސްފަތި 14:12
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކޮށްފައިވާ ކޯޑްއެފް ރަންވޭ މިއަހަރުގެ ފަހު ކުއާޓަރގައި ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ތޯހާ ވިދާޅުވެއްޖެއެވެ.

އައު ސީޕްލޭންޓަރމިނަލްގެ މަސައްކަތްތައް ދައްކާލުމަށް ނޫސްވެރިންނާއެކު ބޭއްވި ޓުއަރގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތޯހާ ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ އައު ރަންވޭ މިއަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފެށުން ކަމަށެވެ. ކުންފުނީގެ ޕްލޭނަކީ މިއަހަރުގެ ފަހު ކުއާޓަރގައި އައު ރަންވޭ ބޭނުންކުރަން ފެށުން ކަމަށާއި، އައު ސީޕްލޭން ޓަރމިނަލްގައި ކުރިއަށް ގެންދާ ޓްރަޔަލްތައް ނިމުމާއެކު ޓީއެމްއޭގެ ހުރިހާ މޫވްމަންޓްސްތަކެއް އައު ޓަރމިނަލަށް ބަދަލުވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ތޯހާ ވިދާޅުވީ އޭވިއޭޝަނަކީ ވަރަށް ބައިވަރު ރެގިއުލޭޓަރީ ރިކުއަރމެންޓްސް އަދި ސެކިއުރިޓީ ރިކުއަރމެންޓްސްތަކެއް ފުރިހަމަކުރަންޖެހޭ ކަމެއް ކަމަށާއި، އެ ހުރިހާކަމެއް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ރެކްރޫޓްކުރާ ސްޓާފުންނާއި އަދި އޮޕަރޭޓަރުންގެ ސްޓާފުންނަށް މި ފެސިލިޓީއަށް ފެމިލިއަރައިޒްކޮށްދީ، އައު ޓަރމިނަލް ބޭނުންކުރަން ދަސްކުރުމާއި ޓްރެއިނިންގަށް ވަގުތުނަގާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ހުރިހާކަމެއް ނިމި އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި އެއްކޮށް އައުޓަރމިނަލް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޗީފް ޑިވަލަޕްމަންޓް އޮފިސަރ މުހައްމަދު ސޮލާހު ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ ރަންވޭ އޮޕަރޭޝަނަށް ގެނައުން ކަމަށެވެ. އަދި މިހާރު ކުރަނީ ރަންވޭގެ ނެވިގޭޝަން ލައިޓްތަކުގެ މަސައްކަތް ކަމަށެވެ.

ރަންވޭ ބޭނުންކުރެވެން އަންނަނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލް އެތަނުން ބަދަލުކުރެވިގެންނެވެ. އަލަށް ހެދި، ރަންވޭ ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އިއްތިހާދުގެ އޭ 380 ބޯޓެއް ޖައްސައި، އައު ރަންވޭ ހުޅުވި ނަމަވެސް އޭގެ ފަހުން މިހާތަނަށް އެ ރަންވޭ ބޭނުން ކޮށްފައެއް ނުވެއެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމުންނެވެ.

އައު ރަންވޭ ހަދާފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްސީޕްލޭން ޓަރމިނަލް އެމްއޭސީއެލް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
24 ނޮވެމްބަރު 2025

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!
03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު