Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައު ސީޕްލޭން ޓަރމިނަލް

ޓްރަޔަލްތައް ނިމުމުން ސީޕްލޭންގެ ހުރިހާ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކުރެވޭނެ – ތޯހާ

މި އަހަރުގެ ފަހުކޮޅު ޓަރމިނަލް ރަސްމީކޮށް ހުޅުވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖުލައި 2022 | ބުރާސްފަތި 13:25
ވެލާނާ އިންޓަރނޭޝަނަލް ޓަރމިނަލްގައި ތަރައްގީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލް

ވެލާނާ އިންޓަރނޭޝަނަލް ޓަރމިނަލްގައި ތަރައްގީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލް

އައު ސީޕްލޭން ޓަރމިނަލްގައި ކުރިއަށްގެންދާ ޓްރަޔަލްތައް ނިމުމުން، ސީޕްލޭންގެ ހުރިހާ އޮޕަރޭޝަންތަކެއް އައު ޓަރމިނަލަށް ބަދަލުކުރެވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ތޯހާ ވިދާޅުވެއްޖެއެވެ.

އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތްތައް ދައްކާލުމަށް ނޫސްވެރިންނާއެކު ބޭއްވި ޓުއަރގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތޯހާ ވިދާޅުވީ، ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ޓްރަޔަލްގައި އައު ސީޕްލޭން ޓަރމިނަލް ބޭނުންކުރަމުންދާކަމަށް ތޯހާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާތަނަށް 14 ވަރަކަށް ޓްރަޔަލް ހިންގާފައިވާކަމަށެވެ.

Advertisement - newsAdvertisement

ތޯހާ ވިދާޅުވީ އެމްއޭސީއެލުން މަސައްކަތްކުރަނީ ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ ހައިއެންޑް ފަރާތްތައް ރިސޯޓްތަކަށް ދާއިރު ލިބޭ އެކްސްޕީރިއަންސް ސީޕްލޭން ޓަރމިނަލުންވެސް ދެވޭތޯކަމަށެވެ.

އަދި 100އެއްހާ ދިވެހި ސްޓާފުން ވައްދައި އެމީހުން ރެކްރޫޓްކޮށް ނިމިފައިވާކަމަށާއި، 100އެއްހާ ދިވެހި ޒުވާނުންނަށް ވަޒީފާ ދީ، ސީޕްލޭން ޓަރމިނަލްގެ އެކިއެކި ޚިދުމަތްތަކަށް ނެރުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްފުޅުހަމަޖެހުމެއް ކަމަށެވެ. ތޯހާ ވިދާޅުވީ ޓަރމިނަލްގައި 50އެއްހާ ރިސޯޓް ލައުންޖް ހުންނާނެ ކަމަށެވެ. އަދި އެ ލައުންޖުތަކުންނާއި، އެމްއޭސީއެލްގެ 2 ލައުންޖް ކަމަށްވާ ކޮމަން ލައުންޖު އަދި ބިޒްނަސް ލައުންޖުން އެންމެ ޒަމާނީ ދިވެހިވަންތަ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗީފް ޑިވަލަޕްމަންޓް އޮފިސަރ މުހައްމަދު ސޮލާހު ވިދާޅުވީ، ބައު ސީޕްލޭން ޓާމިނަލްގައި ހުރި ހުރިހާތަނެއް ރިލޮކޭޓެއް ނުކުރެވޭ ކަމަށެވެ. ނަމަވެސް ހޭންގަރ ރިލޮކޭޓް ކުރެވިފައިވާ ކަމަށާއި، އެ ހޭންގަރ ބޭނުންކުރަމުންދާ ކަމަށެވެ. އަދި ޓީއެމްއޭއިން އޮޕަރޭޓްކުރަމުން ގެންދާ ޓަރމިނަލް، އޭ، ބީ، އަދި ސީ، އައު ޓަރމިނަލް ފުރިހަމައަށް އޮޕަރޭޝަނަށް ގެނެވުމުން ބަދަލުކުރެވޭނެކަމަށެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރު (848.1 މިލިއަން ރުފިޔާ)އެވެ. މި ޓަރނަލް އިމާރާތް އެޅުމަށް ހުޅުލޭ އިރުމަތީ ފަރާތުން 2.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އައު ޓަރމިނަލާއެކު އޮންނަ ފަޅުގެ ސަރަހައްދަކީ އެ ތަނުގައި އެއްފަހަރާ 100 ބޯޓަށް ޚިދުމަތް ދެވޭނެ ޖާގައިގެ ތަނަވަސްކަން ހުރި ތަނެކެވެ.

އައު ސީޕްލޭން ޓަރމިނަލެއް ހަދާފައި މިވަނީ، ޓީއެމްއޭއިން މިހާރު ބޭނުންކުރާ ސީޕްލޭން ޓަރމިނަލްގެ ސަބަބުން، އެއަރޕޯޓުގައި އަލަށް ހަދާފައިވާ ރަންވޭ ބޭނުން ނުކުރެވޭތީއެވެ. އައު ރަންވޭ ބޭނުން ކުރެވެން އަންނަނީ ސީޕްލޭން ޓަރމިނަލް ނަގައި އެ ސަރަހައްދު ސާފުކުރުުމުންނެވެ. އައު ރަންވޭ ބޭނުންކުރަން ފެށުމުން އެއަރޕޯޓުގެ ތޮއްޖެހުމުގެ މައްސަލައަށް ލުއި ލިބޭނެކަމަށް ލަފާކުރެވެއެވެ.

ސީޕްލޭން ޓަރމިނަލް އެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
24 ނޮވެމްބަރު 2025

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!
03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު