Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް

ކޮންގްސްރެސްގައި ބައިވެރިވެވޭނީ 15 ޖުލައިގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް: އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ 19ން 21 އޯގަސްޓަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ޖުލައި 2022 | ބުދަ 06:25
އއ. އުކުޅަހުގައި އެންމެ ފަހުން ބޭއްވި އެމްޑީޕީ ކޮންގްރެސްގެ ތެރެއިން

އއ. އުކުޅަހުގައި އެންމެ ފަހުން ބޭއްވި އެމްޑީޕީ ކޮންގްރެސްގެ ތެރެއިން

19 އޯގަސްޓް 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް 2022 ގައި ބައިވެރިވެވޭނީ، 15 ޖުލައި 2022 ގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެޕާޓީން ބުނެފިއެވެ.

ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް ދީފައިވާ މުއްދަތު 15 ޖުލައި 2022 ވާ ބުދަ ދުވަހަށް ހަމަވާނެއެވެ. އެމްޑީޕީން ބުނީ މިމުއްދަތުގެ ތެރެއަށް ރަސްމީ ބަންދު ދުވަސްތަކެއް ވަންނާތީ މިބަންދު ދުވަސްތަކުގައި ހުށަހަޅާ ގޮފި ފޯމުތަކުގެ ޕީޑީއެފް އަދި ގޮފި ލިސްޓުތަށް އެކްސެލް ފޯމެޓުގައި registrar@mdp.org.mv އަށް ހުށަހެޅޭނެ ކަމަށެވެ.

ހުށަހަޅާ ގޮފި ފޯމްތަކުގެ އަސްލު 17 އަދި 18 ޖުލައި 2022 ގެ މެންދުރު 1:30 ގެ ކުރިން ހުށަހެޅުމަށާއި އޭގެ ފަހުން ހުށަހެޅި ނަމަވެސް ބަލައި ނުގަނެވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ 19ން 21 އޯގަސްޓް 2022 އަށެވެ. 

އެމްޑީޕީން ބުނީ 29 މެއި 2022 ގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ މިދައުރުގެ 4 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ގަރާރުގައިވާ ބުނެފައިވާ ގޮތުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ބަލަމުންދާ ޕާޓީގެ ދަފުތަރުގައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނިފައިވުމުގެ ސަބަބުން އެ ޕާޓީގެ އިންތިހާބުތަކާއި ޕްރައިމަރީތަކުގައި އެ ޕާޓީއާއި ވާދަކުރާ ޕާޓީތަކުގެ މެންބަރުންނަށް ފަހިވާގޮތަށް ކެންޑިޑޭޓުން ހޮވުމުގެ ފުރުސަތު އޮތުމާއި، އެ ޕާޓީއަށް މާލީ އެއްވެސް މަންފާއެއް ނުކުރާގޮތަށް ހަމައެކަނި އިންތިހާބުތަކުގައި އެތައް ހާސް ބަޔަކު އެބަތިބި ކަމަށެވެ.

އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މެންބަރުކަން ބާތިލްވަނީ ޕާޓީގެ މެންބަރު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓިއެއްގައި ބައިވެރިވުމުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތެރިވުމުން ކަމަށާއި ސިޔާސީ ޕާޓީގެ މެންބަރަކަށް ނުހުރެވޭނެކަމަށް އޮންނާތީވެ މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 54،599 މެންބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެންތިބި 39،911 މީހުންނަށް އެމްޑީޕީގެ މެންބަރުކަން ސައްހަކުރުމަށް ތިންމަސް ދިނުމަށާއި، މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެންޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީން ވަކިކުރުމަށް ގަރާރުގައި ބުނެފައިވާ ކަމަށެވެ.

އަދި އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެންބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެންބަރޝިޕް ސައްހަ ކުރުމަށައި، މީގެ އިތުރުން ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްގެ ބައިވެރިންނަށް ވެވޭނީ 30 ޖޫންގެ ނިޔަލަށް އީސީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، އަދި އީސީގެ ދަފްތަރުގައި ހިމެނޭ މެންބަރުން ހިމަނައިގެން އުފައްދާ ގޮފިތަކުގެ ރައީސުންނަށް ކަމަށް މި ގަރާރުގައި ބުނެފައިވާކަމަށެވެ.

މީގެއިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މެންބަރުކަން ގަބޫލުކޮށް 18 ވަނަ މާއްދާގައި ބުނާ ހައްގުތައް ލިބޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން ކަމަށް މި ގަރާރުގައި ބުނެފައިވާކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 10ގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ 4ވަނަ ދައުރުގެ 2ވަނަ ޖަލްސާގައެވެ.

އެމް.ޑީ.ޕީ ކޮންގްރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

20 އޯގަސްޓު 2022
ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

19 އޯގަސްޓު 2022
އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް

އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022
އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު

އެކުގައި މަސައްކަތް ނުކޮށްފި ނަމަ 2023ގައި އެމްޑީޕީ އަށް ލިބޭ މިންވަރު މަދުވާނެ: ރައީސް ނަޝީދު

19 އޯގަސްޓު 2022
ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް

ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން ޑިމޮކްރަސީގެ ދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ – ރައީސް ޞާލިޙް

19 އޯގަސްޓު 2022

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު