Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ އާއިލާއެއް

އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި، ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ ޞާލިޙްގެ ހިތުގެ ޝަކުވާ!

އުޟްޙިޔާ ކަތިލާނެ ފަދަ ތަނަވަސްކަމެއްވެސް މިއަދު އޭނާގެ އަތުގައި ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 07:47
ޞާލިޙްގެ އެދުމަކީ، އިރާޤުގައި ސަރުކާރެއް އެކުލަވާލެވި، ގެދޮރު ގެއްލިފައިވާ މީހުންގެ އިހުސާސްތައް ސަރުކާރަށް ފަހުމްވުން

ޞާލިޙްގެ އެދުމަކީ، އިރާޤުގައި ސަރުކާރެއް އެކުލަވާލެވި، ގެދޮރު ގެއްލިފައިވާ މީހުންގެ އިހުސާސްތައް ސަރުކާރަށް ފަހުމްވުން

ދިގުލާ ދިޔަ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސުންނާފަތިވެފައިވާ އިރާޤުގެ ސުލައިމާނިއްޔާއޭ ކިއުނު އަވަށުގައި އަޅާފައިވާ ވަޤުތީ މިސްކިތުގެ ޖަމާއަތުގައި ޢީދު ނަމާދުކޮށް ނިންމާލުމަށްފަހު، ގެދޮރު ގެއްލިފައިވާ، ޢުމުރުން 50 އަހަރުގެ ޤާސިމް ޞާލިޙް އިނީ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރާށެވެ. އަޟްޙާ ޢީދެއް ކަމަކު، ނާސްތާގައި މާ ބޮޑު ހާއްސަކަމެއް ނެތެވެ. އާދައިގެ ކޭމެކެވެ. އަޝްތީ ކޭމްޕުގައި ދިރިއުޅެމުންދާ ޞާލިޙް ބުނާ ގޮތުގައި، މިއީ ކުރީގެ ޢީދުތަކާ ގާތްވެސް ކުރާ ވަރުގެ ކަމެއް ނޫނެވެ.

ޞާލިޙް ނިސްބަތް ވަނީ ޔަޘްރިބުގެ ޞަލާހުއްދީންއޭ ކިއުނު ޕްރޮވިންސްގެ ކުޑަ އަވަށަކަށެވެ. ނަމަވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ، ހުރިހާ އެއްޗެއް ދޫކޮށް، ހަމަ އެކަނި 2 އަނބިންނާއި ދަރިންކޮޅު ގޮވައިގެން ޞާލިޙް ނުކުތީ 2014 ވަނަ އަހަރުއެވެ.

މިއަދު ނިކަމެތި ހާލުގައި އުޅެން ޖެހިފައިވާ ޞާލިޙްގެ ހަނދާނުގައި، މީގެ ކުރީގެ ޢީދުގެ އުފާވެރި މަންޒަރުތައް ތާޒާވަމުން ދެއެވެ. އަމިއްލަ ވަޒަނުގައި ދުރުތާ ތިމާގެ މީހުންނާވެސް އެކުވެގެން އުފާ ކުރި ދުވަސްވަރުގެ ހަނދާންތަކެވެ. ޢީދަށް ހާއްސަ ބިސްކޯދު ފިހުމާއި، އުޟްޙިޔާ ކަތިލުމާއި، މުޅި އަވަށަށް ދަޢުވަތު ދީ އުޅުނު އުފާވެރި ހަނދާންތަކެވެ. ނަމަވެސް މިއަދު ޞާލިޙް ދިރިއުޅެމުން ދަނީ އެ ހުރިހާ ކަމަކާ ދުރުގައެވެ. އުޟްޙިޔާ ކަތިލާނެ ފަދަ ތަނަވަސްކަމެއްވެސް މިއަދު އޭނާގެ އަތުގައި ނެތެވެ. 13 ދަރިންގެ ބައްޕަ، ޞާލިޙްގެ އުފަލަށް، އޮތް ހާވެސް އެއްޗަކީ، މާޒީވި ޢީދުގެ ފޮނި ހަނދާންތަކެވެ.

ކަން މިހެން އޮތް އިރު، އެ ދިރިއުޅުމަށް ރުޖޫއަވުމަކަށް އަދުގެ ހާލަތު ތަނެއް ނުދެއެވެ. އެންމެ ބޮޑު ހުރަހަކަށް ވަނީ އިޤްތިޞާދީ ތަކުލީފުތަކެވެ. ޞާލިޙްގެ މިއަދުގެ ހުރިހާވެސް އުއްމީދެއް ގުޅިފައި ވަނީ އިރާޤުގެ ސަރުކާރާއެވެ. އޭނާގެ އެދުމަކީ، އިރާޤުގައި ސަރުކާރެއް އެކުލަވާލެވި، ގެދޮރު ގެއްލިފައިވާ މީހުންގެ އިހުސާސްތައް ސަރުކާރަށް ފަހުމްވުމެވެ.  

ޞާލިޙްގެ 3 އަހަރަށް ދާ ދަރިފުޅު އުފަންވީވެސް ރެފިއުޖީ ކޭމްޕަށެވެ. އެ ދަރިފުޅުގެ އުފަން ފަސްގަނޑުގައި ދިރިއުޅުމުގެ ނަޞީބު ލިބިފައި ނުވާ އިރު، އެ ހިސާބަށް ދެވޭނެ ދުވަހެއްވެސް ނޭނގެއެވެ. އެ ދަރިންގެ މުސްތަޤުބަލާމެދު ސުވާލު މާކު ޖެހިފައި އޮތް އޮތުމަކީ، އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި، ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ ޞާލިޙްގެ ހިތާ ހިތުން ކުރަމުންދާ އެންމެ ބޮޑު އެއް ޝަކުވާއެވެ.

ޤާސިމް ޞާލިޙްއިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު