Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުން

ހއ. އިން އދ. އަށް ވައިޓް އެލަރޓްގެ މުއްދަތު އިތުރުކޮށްފި

1 ޖުލައި 2022 | ހުކުރު 12:36

އެލަރޓުގެ މުއްދަތު އިތުރު ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 11:00 އާ ހަމައަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖުލައި 2022 | ހުކުރު 12:36
މޫސުން ގޯސް ދުވަހެއް

މޫސުން ގޯސް ދުވަހެއް

ރާއްޖޭގެ އެކި ހިސާބަށް މޫސުންގޯސްވާނެކަމަށް ބަލައި ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ނެރުނު ވައިޓް އެލަރޓްގެ މުއްދަތު އިތުރު ކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެލަރޓްގެ މުއްދަތު އިތުރު ކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުމުގައި ވައި ޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެލަރޓު ނެރެފައިވާ ސަރަހައްދުގެ ރަށްތަކަށް ކަނޑު ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހުކުރު ދުވަހު ހެނދުނު ވެސް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރުނެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު ގިނަވެ، މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިދުވަސްވަރު ރާއްޖެ ސަރަހައްދުގައި ފިނިހޫނުމިން އެންމެ މައްޗަށްދާވަރު، ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ، ކުރިއޮތް ތިން ދުވަހު ވިއްސާރަކޮށް، ގުގުރައި، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާކަމަށެވެ. އަދި ހަފުތާ ބަންދާއެކު، ޚާއްސަކޮށް އުތުރުއާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި މި ދުވަސްވަރަކީ ސްކޫލް ބޮޑުޗުއްޓީގެ ދުވަސްވަރަށްވެފައި ގިނަބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އޮޑިވެރިންނާއި، ކެޕްޓަނުންނާއި، ފަޅުވެރިންނާއި އަދި ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކުންވެސް، ދަތުރުކުރެވެނީ ސަލާމަތްތެރި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރުމަށްފަހު ކަނޑުމައްޗަށް އެރުމަށް ވަނީ އިރުޝާދުދީފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ދެކުނުގެ ބައެއް ރަށްތަކަށް އުދައަރާ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދީފައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
01 މާރިޗު 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި

01 މާރިޗު 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް