Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަންގްރިއްލާގެ ހިއްސާ ދޫކުރުން

ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ޝަންގްރިއްލާގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޖުލައި 2022 | ހުކުރު 08:57
އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓް

އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓް

ސަރުކާރުގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލެވޭގޮތަށް ޓުއަރިޒަމް ޤާނޫނަށް ހުށަހެޅި އިސްލާހާއެކު، ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އައު އިސްލާހުގެ ސަބަބުން ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓްތަކުގެ ހިއްސާ ސަރުކާރުން ބޭނުންނަމަ ދޫކޮށްލެވޭނެއެވެ. އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓުގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮތުމާއެކު، އެ ރިސޯޓް ނުހުޅުވި ގިނަ ދުވަސްވެގެން ދިއުމުގެ ސަބަބުން ސަރުކާރަށް ބޮޑު ބުރައެއް އުފުލަން ވަނީ ޖެހިފައެވެ.

Advertisement - newsAdvertisement

30 އިންސައްތަ ހިއްސާ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް މަޖިލީހުން ޓުއަރިޒަމް ގާނޫނަށް ގެނައި 10 ވަނަ އިސްލާހުގެ އަލީގައި ޓުއަރިޒަމް މިނިސްޓްރީން މަސައްކަތް ފެށި ނަމަވެސް އެ ފޯމިއުލާގެ އަލީގައި އެ ރަށުގެ ސައިޒް ބޮޑުކަމުން 80 މިލިއަން ވަރު ޝެއަރ ބަދަލުކުރުމަށް އަރައެވެ. އެހެންކަމުން ޓުއަރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ދަށުން 30 އިންސައްތައް ހިއްސާ އައްޑޫ އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ގަނެވޭނެކަހަލަ ގޮތަކަށް މަގުފަހިވެގެންދާނެއެވެ.

މިކަން މަގުފަހިވާ ގޮތަށް ޓުއަރިޒަމާއި ބެހޭ ގާނޫނަށް ކޮމިޓީން އިތުރު ކުރި އިސްލާހަކީ މި ގާނޫނުގެ 6 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް 6 ވަނަ މާއްދާގެ (ކ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް، އެ އިސްލާހު ބިލުގައި ހިމެނުމަށެވެ.

މި އިސްލާހުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއް ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލަން ބޭނުންވެއްޖެނަމަ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ބަދަލުކުރާނަމަ، އަމަލުކުރާނެ ގޮތް ވަނީ މާއްދާގައި ހިމަނާފައެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން 6 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރަމުން ނިންމީ، މި ގާނޫނުގެ 12 ވަނަ މާއްދާއަށް ކޮމިޓީން ހުށަހެޅި އިސްލާހާ ގުޅިގެން ތިންވަނަ ފަރާތަކަށް އިންވެސްޓްމަންޓް ވިއްކާލާނަމަ، ނުވަތަ އެގްރީމެންޓްގެ ދަށުން ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވީއްލާނަމަ އަމަލުކުރާނެ ގޮތް މި މާއްދާއަށް އިތުރުކުރުމުގެ ގޮތުން އަކުރެއް އިތުރުކޮށް އެ އިސްލާހު ގެނައުމަށް ކޮމިޓީން ނިންމި ކަމަށެވެ.

މީގެ އިތުރުން މި ގާނޫނުގެ 12 ވަނަ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ކޮމިޓީން ހުށަހަޅާފައިވާ އިސްލާހަކީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލެވޭނީ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލެވޭނީ، ނުވަތަ ބަދަލުކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ޝަރުތުތަކެއްގެ މަތިން އަދި ކުއްޔަށް ހިފާ ފަރާތާ ދެމެދު ހެދިފައިވާ އެއްބްސްވުމުގައި ބަޔާންކުރާ ޝަރުތުތަކެއްގެ މަތިން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު