Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެސްޓް ކިޓް ހަދިޔާ ކުރުން

އެމެރިކާއިން ރާއްޖެއަށް ދެލައްކަ ރެޕިޑް އެންޓިޖެންޓް ޓެސްޓް ކިޓް ހަދިޔާކޮށްފި

1 ޖުލައި 2022 | ހުކުރު 04:09

ކިޓްތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޝާހު މާހިރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ޖުލައި 2022 | ހުކުރު 04:09
އެމެރިކާއިން ރާއްޖެއަށް ދެލައްކަ ރެޕިޑް އެންޓިޖެންޓް ޓެސްޓް ކިޓް ހަދިޔާކުރުން

އެމެރިކާއިން ރާއްޖެއަށް ދެލައްކަ ރެޕިޑް އެންޓިޖެންޓް ޓެސްޓް ކިޓް ހަދިޔާކުރުން

އެމެރިކާއިން ރާއްޖެއަށް ދެލައްކަ ރެޕިޑް އެންޓިޖެންޓް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

އެމެރިކާއިން ހަދިޔާކުރި ޓެސްޓް ކިޓްތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޝާހު މާހިރުއެވެ. ކޮވިޑާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާއިން ހަދިޔާ ކޮށްފައިވާ ކިޓުތަކުން ނަތިޖާ ވަގުތުން ލިބޭނެއެވެ.

Advertisement - newsAdvertisement

ކޮވިޑް-19ން ރައްކާތެރިވުމަށް އެމެރިކާގެ ރައްޔިތުންގެ ފަރާތުން ރާއްޖެއަށް 100،000އަށްވުރެ ގިނަ ވެކްސިން ވެސް ވަނީ މީގެ ކުރިން ހަދިޔާ ކޮށްފައެވެ. ކޮވިޑް-19 ފެތުރެންފެށިފަހުން ޔޫއެސް އެއިޑުގެ ފަރާތުން ވަނީ ރާއްޖެއަށް 7 މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ފޯރުކޮށްދީފައެވެ. އަދި 60 ވެންޓިލޭޓަރުވެސް ޔޫއެސް އެއިޑުގެ އެހީގައި ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލާއިރު ހުސްވި ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 1202 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަކީ ޖޫން 19ން ޖޫން 25 ވަނަ ދުވަހާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތަފާސްހިސާބެވެ. މިތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 528 މީހުންނެވެ. އަތޮޅުތަކުން 452 މީހުން ޕޮޒިޓިވްވެފައިވާއިރު އެހެނިހެން ހިސާބުތަކުން ޕޮޒިޓިވްވެފައިވަނީ 222 މީހުންނެވެ. އޭގެކުރީ ހަފުތާގައި ޕޮޒިޓިވްވެފައިވަނީ މުޅި ޖުމްލަ 91 މީހުންނެވެ.

ފާއިތުވި ހަފުތާގައި މުޅި ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 237 މީހުންނެވެ. އެންމެ މަދުން ޕޮޒިޓިވްވެފައިވަނީ ޖޫން 21 ވަނަ ދުވަހުއެވެ. އެއީ 120 މީހުންނެވެ.

މާލެ ސަރަހައްދުން ފާއިތުވި ހަފުތާގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޖޫން 22 ވަނަ ދުވަހާއި ޖޫން 23 ވަނަ ދުވަހުއެވެ. އެންމެ މަދުން މީހުން ޕޮޒިޓިވްވެފައިވަނީ ޖޫން 24 ވަނަ ދުވަހުއެވެ. އެދުވަހު ޕޮޒިޓިވްވީ 46 މީހުންނެވެ.

އަތޮޅުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޖޫން 22 ވަނަ ދުވަހުއެވެ. އެއީ 92 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 181،586ށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 305އެވެ.

ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،865ށް އަރާފައެވެ. ދެޑޯޒް 384،510 މީހުން ޖަހާފައިވާއިރު، ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 163،499ށް އަރާފައެވެ.

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ފަރާތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، މިއީ ކޮމިއުނިޓީ ތެރޭގައި ކޭސްތައް އިތުރުވެފައިވާކަމުގެ ހެތްކެއްކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް