Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވެރިކަމުގެ ނިޒާމު

ރިޔާސީ ނިޒާމެއްގައި ކޯލިޝަނެއް ނުހެދޭނެ: ރައީސް ނަޝީދު

ކޯލިޝަން ހެދުމަކީ އިންތިޚާބަަށް ފަހު ބަރުލަމާނީ ނިޒާމެއްގައި ކުރާ ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 ޖޫން 2022 | ބުރާސްފަތި 16:41
އާސްކް ސްޕީކަރ ޕްރޮގްރާމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ

އާސްކް ސްޕީކަރ ޕްރޮގްރާމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ

ރިޔާސީ ނިޒާމެއްގައި ކޯލިޝަން ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމުގައި ކޯލިޝަން ހެދުމަށް ރައީސް ނަޝީދު ދެކޮޅު ހައްދަވަނީ ކީއްވެގެންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ކޯލިޝަންއަކާއެކު އިންތިކާބު ކާމިޔާބު ކުރެއްވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަޙައްމަދު ސާލިހް ވިދާޅުވަނީ ކުރީގެ ރިޔާސީ އިންތިޚާބުތަކުގެ ނަތީޖާއަށް ބައްލަވާފައި ކަމަށެވެ.

Advertisement - newsAdvertisement

އެއްވެސް އިންތިޚާބަކުން އެއްވެސް ޕާޓީއަކަށް 50 އިންސައްތަ ވޯޓް އާންމުން ދީފައިނުވާ ކަމަށާއި އެހެންކަމުން ޕާޓީއަކަށް އެކަނި އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ސާލިހް ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށާއި އެއީ ބީރައްޓެހި ކަމެއް ކަމަށެވެ. އަދި ކޯލިޝަން ހެދުމަކީ ޤާނޫނު އަސާސީ ވެސް ދަންނަ ކަމެއް ނޫން ކަމަށާއި ކޯލިޝަން ހެދުމަކީ އިންތިޚާބަަށް ފަހު ބަރުލަމާނީ ނިޒާމެއްގައި ކުރާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ އިންތިޚާބުގައި މިހާރުގެ ކޯލިޝަންގެ ބައިވެރިންނާ ގުޅިގެން ވާދަ ކުރައްވައިގެން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އަންނަ އަހަރު އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ވެސް މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެއީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެނގޭ އެއް ކަމަކީ އެކަނި ޕާޓީއެއް ނިކުމުގެން ކާމިޔާބު ނުކުރެވޭނެ ކަން ކަމަށެވެ. އެގޮތުން، ވެރިކަމަށް އަންނަންވާނީ ރައްޔިތުންގެ 50 އިންސައްތަ ވޯޓާއެކު ކަމަށާއި 30 އިންސައްތައާއެކު ވެރިކަމަށް އައުމަށް ތައީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކޯލިޝަން އަކާއެކީގައި އެމްޑީޕީ އިސްވެ އޮވެ އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އެމްޑީޕީއަށް ދެއްވާފައެވެ. ރައީސް އިތުރަށް ވިދާޅުވީ، ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓިގެ ކޮންގްރެސް އިން ކަމަށާއި ގަވާއިދުގައި ޕްރައިމަރީއެއް ބާއްވަން އޮންނަ ނަމަ ކަންތައް އެގޮތަށް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޕްރައިމަރީއެއް ބޭއްވުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް އެފަހަރުގެ އެމްޑީޕީ ކެންޑިޑޭޓް (ރައިސް)އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ކާމިޔާބު ކުރެއްވުނީ އެމްޑިޕީ އިސްވެއޮވެ އެކި ޕާޓީތައް ގުޅިގެން ނިކުމެވަޑައިގެންނެވެ. މީގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ތައީދު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު