Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2023ގެ ރިޔާސީ އިންތިޚާބު

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން: ރައީސް ނަޝީދު

ކުރިއަތް އޮތް ހަފުތާގައި އެކަންތައްތައް ސާފުވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖޫން 2022 | ބުރާސްފަތި 16:36
އާސްކް ސްޕީކަރ ޕްރޮގްރާމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ

އާސްކް ސްޕީކަރ ޕްރޮގްރާމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ކުރިމަތިލެއްވުން އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ރަނގަޅު ގޮތެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑްގައި ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫންކަމަށެވެ. ރައީސް 2018 ވަނަ އަހަރު ކުރިމަތިލެއްވިއިރު ޝާހިދު ބައްދަލުކުރައްވައި، އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމަށް އެދިވަޑައިގެންނެވިކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އޭރު އެންމެ ރަނގަޅު ކެންޑިޑޭޓަކީ ސޯލިހު ކަމަށް ވިދާޅުވިކަމަށާއި، އޭރު މަޑުކުރައްވަން ޝާހިދުގެ އަރިހުގައި އެދިވަޑައިގަތްއިރުވެސް ވެރިކަން ހިންގުމުގެ ހުރިހާ ސިފަތަައް ޝާހިދުގެ ކިބައިގައި ހުރިކަން ސާފުވެވަޑައިގެންނެވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ ޓިކެޓްގައި ނިކުންނަވާނީ ތިންވަނަ ބޭފުޅެއްތޯ އެއީ އެމްޑީޕީގެ މެމްބަރުން ކުރާ ސުވާލެއް ކަމަށާއި، ކުރިއަތް އޮތް ހަފުތާގައި އެކަންތައްތައް ސާފުވެގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ކާމިޔާބު ނުވާނެކަމަށް ނިންމަވައިގެން އެއްވެސް އިންތިޚާބަަކަށް ނުނިކުންނަވާ ކަމަށާއި، ކުރިއަތް އޮތް އިންތިޚާބުތަކަށް ނިކުންނަވާނީ ކާމިޔާބު ކުރެއްވޭނެކަމަށް ނިންމަވައިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީއާއި ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިނުވާކަމަށް ރައީސް އޮފީހުން ވަނީ ދާދި ފަހުން ބުނެފައެވެ. 2023ގެ އިންތިޚާބަށް ރައީސް ސޯލިހަށް ތާއީދުކުރައްވާކަމަށް ވަރަށް ގިނަ ވަޒީރުންތަކެއްވެސް ދަނީ ވިދާޅުވަމުންނެވެ.

2023ގެ އިންތިޚާބަށް ރައީސް ސޯލިހަށް ތާއީދުކުރައްވާކަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ހާމަކުރައްވާާފައިވާއިރު، ސަރުކާރުގެ ގިނަ ވަޒީރުންތަކެއް ދަނީ 2023ގެ އިންތިޚާބަށް އެމަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ. އެގޮތުން ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވެސް ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން ޑީއާރްޕީންވެސް ވަނީ ރައީސް ސޯލިހު އެންޑޯސް ކުރައްވާފައެވެ. އެގޮތުން ޑީއާރްޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ޑީއާރްޕީން ރައީސް ސޯލިހާއެކު ކޯލިޝަނެއް ހަދަން ހުށަހަޅާފައިވާކަމަށާއި 15 ޕަސަންޓަށް އެދިފައިވާނެކަމަށެވެ.

ރައީސްގެ ކޯލިޝަންގައި ތިބި ބަޔަކާއެކު އުޅުއްވާ މަންޒަރު ފެނިވަޑައިގަންނަވާކަމަށް ޖާބިރު ވިދާޅުވިއެވެ. މި ދަނޑިވަޅުގައި ގައުމުގެ ހަމަޖެހުން ވަރަށް މުހިންމުކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، ގައުމުގެ ހަމަޖެހުމަށްޓަކައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވަންޖެހޭކަމަށެވެ.

މޮޅުވާ ޓީމުގައި ހުންނަވަން ބޭނުންފުޅުވާކަމަށާއި، މޮޅުވާނީ ރައީސް ސޯލިހުކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. މީގެއިތުރުން މިފަހަރު ރައީސްގެ ކެމްޕެއިންގައި އަމަލީކޮށްވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު